ފެހި ގާނޫނުއަސާސީ އަށް އަމަލު ކުރަން ފެށި ފަހުން އެންމެ ފުރިހަމަ ތަހުގީގެއްގެ ގޮތުގައި ފެންނާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ މެއި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ދިން ހަމަލާގެ ތަހުގީގު ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

"ރާއްޖެ ޓީވީ" ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން ފުލުހުންގެ އެންމެ އިސް ވެރިއެއްގެ ގޮތުގައި ހުންނެވި ވަޒީރު އިމްރާން ވިދާޅުވީ، ބޮމުގެ ހަމަލާގެ ތަހުގީގު މިހާތަނަށް ގޮސްފައިވާ މިންވަރާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ.

އިމްރާން ވިދާޅުވީ އެ ތަހުގީގަކީ އެއްވެސް ޒާތެއްގެ ނުފޫޒެއް ނުވަދެ ފުލުހުންނަށް ފުރިހަމަ އިހުތިޔާރާއި މިނިވަން ކަމުގައި ހިންގަމުންދާ ތަހުގީގެއް ކަމަށެވެ. އެ ތަހުގީގުގައި ވަސީލަތްތައް ބޭނުން ކުރަމުން ދަނީ ބޭކާރު ނުކޮށް ވަރަށް ރަނގަޅު އިންތިޒާމެއްގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ތަހުގީގު ހިނގަމުން ދަނި ބައިނަލް އަގްވާމީ އެހީތެރިކަން ލިބިގެން، ސަރުކާރުގެ ފަރާތުން ޕޮލިސީ ލެވެލްގައި ލިބެން ޖެހޭ ހުރިހާ އިރުޝާދެއް ލިބިގެން ކަމަށް އިމްރާން ވިދާޅުވިއެވެ.

"ސިޔާސީ ޕާޓީތަކަށް ޖާގަ ދެވިގެން، ޑިމޮކްރެޓިކް އުސޫލުތަކުން، އާ ގާނޫނުއަސާސީއެއްގައި ގައުމު ހިންގަން ފެށި ފަހުން، ހިންގި އެންމެ ފުރިހަމަ ތަހުގީގަށް މި ތަހުގީގު ވާނެ،" އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ ފުލުހުންގެ އަމާޒަކީ ޝަރުއީ މަރުހަލާގައި އިންސާފު ލިބޭނެ ކަން ކަށަވަރު ކުރެވޭ ވަރުގެ ފުރިހަމަ ތަހުގީގެއް ނިންމުން ކަމަށެވެ.

އިމްރާން މިހެން ވިދާޅުވާއިރު، ހަމަލާއަށް ޚަރަދުކޮށް ފަންޑު ކުރި މީހުން ހޯދުން ލަސްވަމުންދާތީ ރައީސް ނަޝީދުގެ ސަޕޯޓަރުންނާއި އާންމު ރައްޔިތުންގެ ކަންބޮޑުވުންތައް އިންތިހާއަށް އެބަ އެބަ އޮތެވެ.

ހަމަލާއަށް ޚަރަދު ކުރި މީހުން ހޯދަން ކުރާ މަސައްކަތް މަދު ކަމަށް އިނގިރޭސި ވިލާތުގައި ހުންނަވައިގެން، އާންމު ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވެސް ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އިސްރާއީލް

    ފަލަސްތީން އާއި ހަގުރާމަ ކޮށްގެން މަރުވާ އިސްރާއީލްގެ ސިފައިންނަ ކީ އެގައުމުގެ ޝަހީދުން. ލައް ކަ ވާހަަ ކަ

  2. އަބޫ

    ތި ކަހަލަ ފުރިހަމަ ތަހުގީގެއް ކަލޭގެ މައްޗައް ހިންގައިފިއްޔާ ކިހިނެތް ވާނެބާ؟

  3. Anonymous

    ތަހުގީގު ރަގަޅު ނުރަގަޅު ތިހެން ކަޑަެ އެޅޭނިީ މަތީ ތައުލީމު އެބަިން ކިޔަވާފަ ހުރިނަމަ ކަލޭ ވަރު ދޮގުވެރިއެއް ރާއްޖެ ނުދެ ކޭ

  4. ހުސޭނުބޭ

    ކޮބައިހޭ ފުރިހަމަ ތަޙްޤީޤެއްކަމުގެ ޑޮކިއުމެންޓްތައް! ކޮންމެވެސް ހުސް ކަރުދާސްބޮނޑިއެއްނަމަވެސް ދައްކާބަލަ!