ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސެކުއިރިޓީ ފޫއަޅުވާލި ގޮތުގެ މައްޗަށް ހިންގާ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން އެކުލަވާލި ރިޕޯޓްގެ ބައެއް ސިއްރު ކުރަން އެ ކޮމިޓީން ނިންމައިިފިއެވެ.
ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އެންމެ ފުރަތަމަ ވެސް ވިދާޅުވަމުން ގެންދަވާ ގޮތުގައި ސިއްރު ކުރާނީ އެ ރިޕޯޓްގައި ހިމެނޭ ގައުމީ ސަލާމަތާ ގުޅުން ހުރި މައުލޫމާތުކުގެ ބައިތައް އެކަނި ކަމަށެވެ.
ފަންސާހަށް ވުރެ ގިނަ މީހުން ހާޒިރުކޮށް ހިންގި މި އިންކުއަރީގެ މައްޗަށް އެ ކޮމިޓީން އެކުލަވާލީ 236 ސަފްހާގެ ރިޕޯޓެކެވެ. އޭގައި 45 ހުށަހެޅުން ކޮމިޓީން ހިމަނާފައިވާއިރު، ދައުލަތުގެ ބާރުތަކުގެ ވެރިންނަށް މި ރިޕޯޓް އަރުވާނެއެވެ.
ރިޕޯޓް އާންމު ނުކުރި ނަމަވެސް، ރޭ ބޭއްވި ކޮމިޓީ ބައްދަލުވުމުގައި އަސްލަމް ވަނީ އެ އިންކުއަރީގެ މައްޗަށް ބިނާކޮށް ދައުލަތުގެ ބާރުތަކަށް އެ ކޮމިޓީން ހުށަހަޅަން ބޭނުންވާ ހުށަހެޅުންތައް ވިދާޅުވެދެއްވައިފައެވެ.
މި ރިޕޯޓް ޚިއްސާ ކުރަން ކޮމިޓީން ނިންމާފައިވަނީ ދައުލަތުގެ ތިން ބާރުގެ ވެރިން ކަމުގައިވާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއާއި މަޖިލީހުގެ ރައީސް ނަޝީދާއި، އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާންއަށެވެ.
ނަޝީދުގެ ސެކުއިރިޓީއަށް ހުރި ހުށަހެޅުންތައް
- ނަޝީދުގެ ތްރެޓް ލެވެލްއާ އެއްވަރަށް ސެކުއިރިޓީ ފޯރުކޮށްދިނުން.
- ޑިފެންސް އިންޓެލިޖެންސް ސާވިސްގެ ތްރެޓް އެސަސްމަންޓްތަކަށް ފަހު ދެވޭ ހުށަހެޅުންތައް ތަންފީޒު ކުރުން.
- ނަޝީދުގެ ކްލޯސް ޕްރޮޓެކްޝަން ޓީމުގެ ހުރިހާ މެންބަރުންނަށް ގަވާއިދުން ތަމްރީންތައް ދިނުން.
- ނަޝީދު ގޭގައި އުޅުއްވާ ވަގުތާއި ބޭރުގައި އުޅުއްވާ ވަގުތު ވެސް ގާޑުން ހަތިޔާރާއެކު ތިބުން.
- ނަޝީދުގެ ގެކޮޅުގެ ސަރަހައްދު ސިސީޓީވީން މޮނިޓާ ކުރުން.
- ނަޝީދުގެ ގެކޮޅުގެ ކްލޯސް ޕްރޮޓެކްޝަން ޕްރޮސީޖާ ކަނޑައަޅައި އެއަށް ގާޑުން ތަމްރީން ކުރުން.
- ނަޝީދަށް ރައްކާތެރިކަން ދޭން ޖެހޭ ހާލަތްތަކުގައި ފުލުހުންގެ އެހީތެރިކަން ހޯދުން.
- ނަޝީދުގެ ކާރުކޮޅަކީ ސްޓެންޑަޑް އާމަން ކާރުކޮޅެއް ކަން ކަށަވަރު ކުރުން.
- ނަޝީދުގެ ކްލޯސް ޕްރޮޓެކްޝަން ޓީމުގައި އީއޯޑީ ތަމްރީން ހުރި ފަރާތްތައް ހިމެނުން.
- ނަޝިދުގެ ކްލޯސް ޕްރޮޓެކްޝަން ޓިމުގެ ފަރާތްތައް އަހަރަކު އެއް ފަހަރު މުރާޖައާ ކުރުން.
މުޅި ޤައުމުގެ މަސްލަހަތު ހިމެނޭކަމެއް! އެކަމަށް މުޅި ޤައުމުހުއްޓުމަކަށް އައިސް އެތައް ވަގުތަކާއި ފައިސާއެއް ޚަރަދުކޮށް ކުރި މަސައްކަތް ސިއްރުކުރީ؟؟؟؟؟؟؟؟؟؟؟؟
ތި ހީވަނީ ތި ޑްރާމާގެ ފަހު އެޕިސޯޑުހެން
ހާމަކޮއްފިއްޔާ ފަލީހ ހަތްވާނީ ހަމަ ތިޔަބައިގަނޑު ވިއްޔަ ލޮލް
ތި ނުވާނެ ތާކުން ތާކު ޖެހޭ އެއް ޗަކަށް އެހެންވެ ތިޔަ ސިއްރު ކުރީ. އެހެން ނޫންނަމަ ތިޔަ ހުރިހާ ނޫސް ތަކަށް ދީ ރާއްޖެ ޓީވީއާ ޓީވީއެމުން ރިޕީޓް ކޮށްކޮށްފަ 24 ގަޑިއިރު ދެއްކީސް ކަން ޔަގީން
ސިއްރު ކުރަންޖެހޭ ކަމެއް ނޯންނާނެ އެދަނީ ހަގީގަތް ފޮރުވަން
ތިކަހަލަ ކަންތަކުން ދިވެހިރާއްޖޭގަ ހަލާކުގެ ތެރެއަށް ވެއްޓިފަ މިއޮތީ. އެމެރިކާގެ ކަޅުމީހެއްގެ ސަރީއަތ ދާދި މިދާކައްދުވަހު ކުރީ ދުނިޔެއަށް ލައިވް ކޮއްގެން .އެތާކު ނެތް ފޮރުވަން ޖެހުނުކަމެއް.