ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވާހަރަކޮށްލަން ދިން ބޮމުގެ ހަމަލާއާ ގުޅިގެން މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) ގައި ހިންގި އިންކުއަރީގެ މައްޗަށް އެކުލަވާލި ރިޕޯޓްގައި އާންމު ކުރާ ބައިތައް މިއަދު އާންމު ކުރާނެ ކަން އެނގިއްޖެއެވެ.

މަޖިލިހުގެ ކޮމިޓީން ރޭ ބޭއްވި ޖަލްސާގައި، ކޮމިޓީގެ ފަރާތުން ދައުލަތުގެ ބާރުތަކަށް ހުށަހަޅާނެ 45 ހުށަހެޅުމެއް ހިމެނޭ ގޮތަށް ފާސްކުރި ކޮމިޓީ ރިޕޯޓް އަދި މަޖިލީހުގެ ވެބްސައިޓްގައި އާންމުކޮށްފައެއް ނެތެވެ.

މަޖިލީހުގެ ނައިބު ރައީސް އަދި 241 ކޮމިޓީގައި ވެސް އިންނަވާ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވީ، މިއަދުގެ ވަގުތެއްގައި ކޮމިޓީ ރިޕޯޓް އާންމު ކުރާނެ ކަމަށެވެ.

ފަންސާހަށް ވުރެ ގިނަ މީހުން ހާޒިރުކޮށް ހިންގި މި އިންކުއަރީގެ މައްޗަށް އެ ކޮމިޓީން އެކުލަވާލީ 236 ސަފްހާގެ ރިޕޯޓެކެވެ. އޭގައި 45 ހުށަހެޅުން ކޮމިޓީން ހިމަނާފައިވާއިރު، ދައުލަތުގެ ބާރުތަކުގެ ވެރިންނަށް މި ރިޕޯޓް އަރުވާނެއެވެ.

ނަޝީދުގެ ސެކުއިރިޓީއަށް ހުރި ހުށަހެޅުންތައް

  1. ނަޝީދުގެ ތްރެޓް ލެވެލްއާ އެއްވަރަށް ސެކުއިރިޓީ ފޯރުކޮށްދިނުން.
  2. ޑިފެންސް އިންޓެލިޖެންސް ސާވިސްގެ ތްރެޓް އެސަސްމަންޓްތަކަށް ފަހު ދެވޭ ހުށަހެޅުންތައް ތަންފީޒު ކުރުން.
  3. ނަޝީދުގެ ކްލޯސް ޕްރޮޓެކްޝަން ޓީމުގެ ހުރިހާ މެންބަރުންނަށް ގަވާއިދުން ތަމްރީންތައް ދިނުން.
  4. ނަޝީދު ގޭގައި އުޅުއްވާ ވަގުތާއި ބޭރުގައި އުޅުއްވާ ވަގުތު ވެސް ގާޑުން ހަތިޔާރާއެކު ތިބުން.
  5. ނަޝީދުގެ ގެކޮޅުގެ ސަރަހައްދު ސިސީޓީވީން މޮނިޓާ ކުރުން.
  6. ނަޝީދުގެ ގެކޮޅުގެ ކްލޯސް ޕްރޮޓެކްޝަން ޕްރޮސީޖާ ކަނޑައަޅައި އެއަށް ގާޑުން ތަމްރީން ކުރުން.
  7. ނަޝީދަށް ރައްކާތެރިކަން ދޭން ޖެހޭ ހާލަތްތަކުގައި ފުލުހުންގެ އެހީތެރިކަން ހޯދުން.
  8. ނަޝީދުގެ ކާރުކޮޅަކީ ސްޓެންޑަޑް އާމަން ކާރުކޮޅެއް ކަން ކަށަވަރު ކުރުން.
  9. ނަޝީދުގެ ކްލޯސް ޕްރޮޓެކްޝަން ޓީމުގައި އީއޯޑީ ތަމްރީން ހުރި ފަރާތްތައް ހިމެނުން.
  10. ނަޝިދުގެ ކްލޯސް ޕްރޮޓެކްޝަން ޓިމުގެ ފަރާތްތައް އަހަރަކު އެއް ފަހަރު މުރާޖައާ ކުރުން.

ހަރުކަށި ފިކުރު ފެތުރުން ހުއްޓަން ހުރި ހުށަހެޅުންތައް

  1. ހަރުކަށި ފިކުރު ފަތުރަން ޚަރަދު ކުރާ މީހުނާއި ހަރަކާތްތަކުގައި ބައިވެރިވާ މީހުންގެ މައުލޫމާތު ޑޭޓާބޭސްއެއް ނުވަތަ ވޮޗްލިސްޓްއެއް ގާއިމް ކުރުން
  2. އިސްލާމިކް މިނިސްޓްރީއާއި ޔޫތު މިނިސްޓްރީއާއި އެޑިއުކޭޝަން މިނިސްޓްރީއާއި، ޖެންޑާ މިނިސްޓްރީގެ މަސައްކަތްތަކުގެ ދާއިރާގައި ހިމެނޭ ކަންކަމަށް ޚާއްސަ ސަމާލުކަމެއް ދީގެން ކުރުން
  3. ހަރުކަށި ފިކުރު ރާއްޖޭގައި ފެތުރުނަ ނުދޭން ކުރާ މަސައްކަތުގައި ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނު ހަރުދަނާކޮށް ތަންފީޒުކުރުން
  4. ހުރިހާ އިދާރާއެއް މެދުގައި މި މީހުންގެ ތަހުގީގު މަރުހަލާ، ޝަރުއީ މަރުހަލާ، ބަންދުގެ މަރުހަލާ މޮނިޓާ ކުރެވޭނެ ނިޒާމެއް ގާއިމް ކުރުން
  5. ހަރުކަށި ފިކުރުގެ މީހަކު ފާހަގަވުމުން ރިޕޯޓް ކުރާނެ ގޮތާއި އަމަލު ކުރާނެ ގޮތް އާންމުންނަށް ސާފުކޮށް އޮޅުން ފިލުވައިދިނުން
  6. ހަރުކަށި ފިކުރަށް މަގުފަހި ވެދާނެ ގޮތަށް ތައުލީމީ ނިޒާމުގައި ހިންގާ އެކި ކަންކަން ދެނެގަނެ އެ ކަން ހުއްޓުވަން ފިޔަވަޅުތަކެއް އެޅުން
  7. ޖަލުތަކުގައި ހަރުކަށި ފިކުރު ފަތުރަމުންދާ ގޮތް ދެނެގަނެ، ހަރުކަށި ފިކުރުގެ މީހުން ބަންދު ކުރަން ޚާއްސަ އިންތިޒާމެއް ހަމަޖައްސައި ބެލެހެއްޓުން
  8. ޖަލުގައި ހިންގާ ޕްރޮގްރާމްތަކުގައި ދީނީ ހަރުކަށި ފިކުރުގެ ފަލްސަފާ ފަތުރާ މީހުން ދަރުސް ދިނުމުގައި ބައިވެރިނުވާ ކަން ކަށަވަރު ކުރުން

އިންޓެލިޖެންސް ނިޒާމަށް ހުރި ހުށަހެޅުންތައް

  1. ޓެރަރިޒަމްގެ ގާނޫނުގައި ބަޔާން ކުރާ އިންޓެލިޖެންސް ބަދަލު ކުރެވޭ އޮނިގަނޑު ވީހާވެސް އަވަހަކަށް ފާސްކޮށް އެއަށް އަމަލު ކުރަން ފެށުން
  2. ގައުމީ ސަލާމަތުގ މައުލޫމާތު އިދާރާތަކުގެ މެދުގައި ޚިއްސާކުރާނެ ހާމަނައިޒްޑް ޑާޓާ ސިސްޓަމްއެއް ގާއިމް ކުރުން
  3. އިންޓެލިޖެންސް ބަދަލު ކުރުމުގައި އިދާރާތަކުގެ މެދުގައިވާ ފުށު އެރުންތައް ނައްތާލަން ނޭޝަނަލް އިންޓެލިޖެންސް އެކްޓްއެއް އެކުލަވާލުން
  4. އެމްއެންޑީއެފްއާއި ފުލުހުން މަޝްވަރާކޮށް ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދިނުމަށް ނޭޝަނަލް ސެކުއިރިޓީ އެޑްވައިޒަރެއް އައްޔަން ކުރުން
  5. ހައިބްރިޑް ތްރެޓް އެންވަޔަރަމަންޓްގައި މަސައްކަތް ކުރެވޭ ސެކުއިޓީ އެނަލިސިސްއާއި އިންޓެލިޖެންސް ދާއިރާއިން މީހުން ބިނާ ކުރުން
  6. އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަށް ލިބޭ މައުލޫމާތުތައް ޕްރޮސެސް ކުރަނީ މެނުއަލްކޮށް ކަމުން، މި ކަމަށް ބޭނުންވާ އޮޓޯމެޓޭޑް ޓޫލްސްތައް ހޯދަން ބަޖެޓް ފޯރުކޮށްދިނުން

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ލައިލާ

    އެއްވެސް މުހިންމުކަމެއް ތިކަމުން މިރާްއްޖެއަކައް

  2. ޅ.ނޫރާނީއާގޭ

    ބޭނުމެއްނޫން

  3. ވިލޭ

    ބޭކާރުހަރަދުތަކެއް ކީއްކުރާނީ

  4. ލައިލާ

    އަޅެފަހެމީދެންކޮންކަމެއް

  5. މާރިޔާ

    އެއްވެސްއަސާސްއެއް ނެއް ބޭކާރު

    5
    1
  6. ޔާމިން

    ނަޝީދަށް ދިން ހަމަލާގެ އިންކުއަރީ ރިޕޯޓް މިއަދު އާންމު ކުރާނެ ކީކޭދޯދެންބުނާނީ

  7. ލައިލާ

    ނަޝީދުގެ ކާރުކޮޅަކީ ސްޓެންޑަޑް އާމަން ކާރުކޮޅެއް ކަން ކަށަވަރު ކުރުން. ނުޖެހޭ ބަލާކައް

  8. ޙިންނަވަރުސޮރު

    ހިޔަޅުގޭމްގެ ފައިނަލް އެޕިސޯޑް ފެށުނީ.

  9. މާރިޔާ

    ނަޝީދު ގޭގައި އުޅުއްވާ ވަގުތާއި ބޭރުގައި އުޅުއްވާ ވަގުތު ވެސް ގާޑުން ހަތިޔާރާއެކު ތިބުން.ހެހެ މިހާރުވެސް އެއިންކޮންމެމީހެއްގެއަތުގާއޮންނާނެ ހަތިޔާރު ބޭނުންޖެހޭވަގުތު ބޭނުންކުރިކަންހުންނާނެލިޔެކިޔުންތަކުންފެންނައް .

  10. ވިލޭ

    މިގައުމްއަކައްބޭނުމެއްނޫން ތިކަލޭގެއެއް

  11. ލައިލާ

    ކޮންފަދަނޮހޮރުއްޕާނެއްދޯމީ

  12. ބިންގޯ

    ވަރަށް ފައްކާ ފޮޓޯ އެއް.

  13. ޢުމަރު ނަސީރު

    ވަގުތު ވިކިއްޖެ