12 އަހަރުން މަތީގެ ކުދިންނަށް ފައިޒާ ވެކްސިން ޖެހުމުގެ ހުއްދަ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިވްއެޗްއޯ)އިން ދިނުމާއި އެކު ރާއްޖޭގައިވެސް އެ އުމުރުފުރާގެ ކުދިންނަށް ވެކްސިން ޖަހަން ހުއްދަ ދީފިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން (އެމްއެފްޑީއޭ)އިން ވަނީ މި އުސޫލުގެ ދަށުން ރާއްޖޭގައިވެސް އެ އުމުރު ފުރާގެ ކުދިންނަށް ފައިޒާ ވެކްސިން ޖެހޭނެ ކަމަށް ކަނޑައަޅާފައެވެ. މި ހުއްދަ ދީފައިި ވަނީ އިއްޔެގެ ވަގުތެއްގައެވެ.

އެހެންނަމަވެސް މިވަގުތު ރާއްޖޭގައި ފައިޒާ ވެކްސިން ހުރީ ވަރަށް މަދުން ކަމަށްވެއެވެ. އެހެންކަމުން މި އުމުރުގެ ކުދިންނަށް ވެކްސިން ޖަހަން އަދި ފަށާފައެއް ނުވެއެވެ.

ފައިޒާ ވެކްސިން ހޯދުމަށް މިހާރު މަސައްކަތް ކުރަމުން ދާއިރު އަދި އެއްވެސް ތަނަކުން އެ ވެކްސިން ލިބޭނެ ކަމުގެ ޔަގީންކަން ދީފައި ނުވާ ކަމަށް ޑރ. ނަޒްލާ ރަފީގް ވިދާޅުވެއެވެ.

ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ދީފައިވާއިރު ވެކްސިން ނުޖެހި ތިބީ 17 އަހަރުން ދަށުގެ އުމުރުފުރާގެ ކުދިންނެވެ. ކުރިއަށް އޮތް ތަނުގައި ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑުވާނީ މި އުމުރުގެ ކުދިންނަށް ކަމަށް ގިނަ ސިއްހީ މާހިރުން ބުނެއެވެ.

ވެކްސިން ދެމުން އަންނަ ބޮޑެތި ގައުމުތަކުގައިވެސް މިހާރު އެންމެ ގިނައިން ބައްޔަށް ހުށަހެޅުމުން ދަނީ ވެކްސިން ނުދޭ އުމުރުފުރާގެ ކުދިންނެއެވެ. އެ ބިރުވެރިކަން ރާއްޖެއަށްވެސް އޮތްކަން ޑރ. ނަޒްލާ ފާހަގަކުރައްވާފައިވެއެވެ.

ރާއްޖޭގެ ތަފާސްހިސާބުތަކަށް ބަލާއިރުވެސް މިހާތަނަށް 10 އަހަރުން ދަށުގެ 7600 އަށް ވުރެ ގިނަ ކުދިން ކޮވިޑަށް ފައްސިވެފައިވެއެވެ. އަދި އުމުރުން 10 އަހަރާއި 20 އަހަރާއި ދެމެދުގެ 7500 އަށް ވުރެ ގިނަ ކުދިން ބައްޔަށް ހުށަހެޅިފައިވާކަން ފާހަގަކޮށްލެވެއެވެ.

މި ބަލިމަޑުކަމުގައި މިހާތަނަށް 213 މީހަކު ނިޔާވެފައިވާއިރު، 18 އަހަރުން ދަށުގެ ކުއްޖަކަށް ރާއްޖެއިން މިހާތަނަށް ނިޔާވެފައި ވަނީ ސިިއްހީ އިދާރާގެ އިހުމާލުން ނިޔާވި އުމުރުން 10 އަހަރުގެ ފާތިމަތު މިޝްކާއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަފޭ

    އޮޓޯ ކޮއް ނުފެނި ހުއްޓާ ތޯ ވެކްސިން ޖެހެނީ މަމިހުރީ ފުރަތަމަ ޑޯޒްޖަހައިގެން ދެވަނަޑޯޒްގެ ހަބަރެއް ނެތް މަށައްހީވާ ގޮތުން ދެވަނަޑޯޒް ޖެހެމުން މިދަނީ ނުވެސް އެގިހުއްޓާ ދެވަނަ ޑޯޒް އަކީ ރޫޙާނީ ޑޯޒެއްތަ

  2. އަފޭ

    ދާދި ދެއްމެޔަކު އަހަރެމެން ގޭގައި ތިބި 11 އަހަރު ކުދިންނައް ވެކްސިން ޖެހެމުންދާ ވާހަކަ އެބަދައްކާ ތިކޮޅުން އިންޓާކުރަނީ ގޭގެ އެޑްރެސް އައްތަ ؟

  3. ރަތުނާ

    ފައިޒާ ވެކްސިން ހޯދުމަށް މިހާރު މަސައްކަތް ކުރަމުން ދާއިރު އަދި އެއްވެސް ތަނަކުން އެ ވެކްސިން ލިބޭނެ ކަމުގެ ޔަގީންކަން ދީފައި ނުވާ ކަމަށް ޑރ. ނަޒްލާ ރަފީގް ވިދާޅުވެއެވެ.
    ސާބަހޭ އިބުރާހިމާ

  4. ވާފިރު

    ކުޑަކުދިން، މާބަނޑުމީހުން ގަޔަށް އެކްސްޕެރިމެންޓަލް އެއްވެސް ވެކްސިނެއް ޖެހުމަކީ މެޑިކަލް ދާއިރާގަ ބޮޑު ޖަރީމާ އެއް.
    އެކަމް މިހާރު މިވާހަކަ ދައްކާނެ މީހަކުވެސް ނެތް.
    ކިހިނެތްވެފަ ތަ އިންސާނުންނަށް މިތިބީ؟

  5. ދިދަ ދަނޑި

    ރާއްޖޭގެ ކޮންތާކު ޖަހަން ފެށީ؟ ތިޔަ އެއްޗެއް ނުލިބޭނެ ދެރަ ނިކަމެތި މީހާގެ ދަރިއަށް ޖަހާކަށް.. މިހާރު ހުރި އެތިކޮޅު ބޮޑުންނާ އެވެރިންގެ ތިމާގެ މީހުންގެ ދަރިންނަށް ޖަހާ އަވަހަށް ހުސްކޮށްލާ