ނަފުރަތުގެ އަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅާ ގޮތަށް ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލު އަނބުރާ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވާލަން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ނިންމައިފިއެވެ.

ސަރުކާރުގެ ފަރާތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި އެ ބިލު ދިރާސާކޮށް ޖުޑިޝަރީ ކޮމިޓީން އެކުލަވާލި ރިޕޯޓް ހުށަހެޅުން މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވެއެވެ.

މަޖިލީހުގެ ޖަލްސާގެ ކުރިން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ބޭއްވި ބައްދަލުވުމުގައި ގިނަ މެންބަރުންގެ ތާއީދުން ނިންމީ ބިލުގައި އަދިވެސް އިސްލާހު ކުރަން ޖެހޭ ގިނަ ކަންކަން ހިމެނޭތީ އަނބުރާ ކޮމިޓީއަށް ފޮނުވާލުމަށެވެ.

އެނގިފައިވާ ގޮތުގައި ބިލު އަނބުރާލަން ފޮނުވާލުމާ މެދު ވޯޓު ދެއްވީ ޕާލިމެންޓްރީ ގްރޫޕްގެ ވަރަށް މަދު މެންބަރުންތަކެކެވެ. މި ކަން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުން ވަނީ ކަށަވަރުކޮށްދެއްވައިފައެވެ.

މަޖިލީހުގައި ކުރިއަށްދާ ޖަލްސާގައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަނީ އެ ބިލު އަދިވެސް އިތުރަށް ދިރާސާ ކުރަން ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާލަން ހުށަހަޅުއްވައިފައެވެ.

މަޖިލީހުގެ މެޖޯރިޓީ ލީޑަރު އާޒިމްގެ ހުށަހެޅުއްވުމަށް އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ތާއީދު ކުރެއްވިއެވެ.

މި ބިލާ މެދު އާންމުންގެ ގިނަ ފާޑުކިއުންތަކެއް އަމާޒުވެފައިވަނީ، އިސްލާމް ދީނާ ޚިލާފަށް މީހަކު އުޅޭ ކަމަށް އާންމު ތަނެއްގައި ތުހުމަތު ކުރުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅަން އޮތުމުންނެވެ.

އާންމު ފަރާތްތަކުންނާއި ދީނީ އިލްމުވެރިންގެ ފަރާތުން ކަންބޮޑުވުން ފާޅުކުރަމުން ދިޔައި އެ މާއްދާ އެ ގޮތަށް އޮތުމުގެ ސަބަބުން ދީނީ ނަސޭހަތް ދިނުމާއި މުންކަރާތް ނަހީ ކުރުމާއި ޚިޔާލު ފާޅު ކުރަން ހުރަސް އެޅިގެންދާނެ ކަމަށް ދެކިގެންނެވެ.

ކޮމިޓީން ގެނައި އިސްލާހުތައް

ބިލަށް ކޮމިޓީން ގެނައި އެއް އިސްލާހަކީ އާގީދާއާ ގުޅިގެން މީހަކާ މެދު ނަފުރަތު އުފެއްދުމަކީ ޖިނާއީ ކުށެއް ކަމަށް އޮތް އިސްލާހެވެ. އޭގެ ބަދަލުގައި ވަރަށް ތަފްސީލް ގޮތެއްގައި ބަޔާން ކޮށްފައިވާ މާއްދާތަކެއް ބިލަށް އިތުރުކުރިއެވެ.

މި ގޮތުން އިސްލާމް ދީނުގައި ހިމެނޭ ކަންކަމުގައި އިލްމުވެރިންގެ މެދުގައި ޚިލާފް އުފެދިފައިވާ ކަމެއްގައި ވަކި ގޮތެއް މީހަކު ނެގުމުން އޭނާ ކާފަރު ކުރުމުގެ ތުހުމަތު ކުރުމަކީ ކުށެއް ކަމުގައި ލިޔުނެވެ.

މީގެ އިތުރުން ބިލުގެ ފުރަތަމަ މާއްދާއަށް އޮތް ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމުގެ ގޮތުން އެއަށް އަކުރެއް ވަނީ އިތުރުކޮށްފައެވެ. އެއީ ކުށަކަށް ނުވާނެ ގޮތުގެ އިސްތިސްނާ ހާލަތެއް ކަމުގައި ބަޔާން ކުރާ އަކުރެކެވެ.

އެއީ މީހަކު ކަނޑައެޅިގެން ކުފުރުގެ އަމަލެއް ނުވަތަ ބަހެއް ގަސްތުގައި ފާޅު ކުރުމާއި، ފާޅުގައި ދީނުން ބޭރުވެ މުރުއްދަތުވާނެ އަމަލެއް ކޮށްފިނަމަ އެ ކަމުގެ ތުހުމަތު ކުރުމުގެ ހާލަތެވެ. އެހެންކަމުން އެ ހާލަތުގައި ކާފަރަށް ގޮވުމުގެ ހުއްދަ ލިބޭނެއެވެ.

ޔައުގޫބްގެ ފަރާތުން އިސްލާހުތަކެއް

ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ގެ ފަރާތުން އިތުރު އިސްލާހުތަކެއް ހުށަހެޅުއްވީ ވެސް ކޮމިޓީން އިސްލާހުތައް ގެނައި މައިގަނޑު މާއްދާތަކަށެވެ.

އެނގިފައިވާ ގޮތުގައި ކޮމިޓީއަށް ބިލު އަނބުރާ ފޮނުވާލާތީ ޔައުގޫބްގެ އިސްލާހުތައް ވެސް ވަނީ އަނބުރާ ނަގައިފައެވެ.

މި ގޮތުން ޚިލާފް އުފެދިފައިވާ ކަންކަމުގައި ވަކި ރައުޔަތަކަށް މީހަކު ތާއިދޫ ކުރުމުން އިސްލާމީ ޝަޚްސިއްޔަތު ކަތިލާ ގޮތަށް ސިފަ ކުރުމުގެ ކުށަށް އިސްލާހެއް ހުށަހެޅުއްވިއެވެ. އޭގައި ވަނީ އިސްލާމީ ޝަޚްސިއްޔަތަށް އުނިކަން ދީ އޭނާއަށް އަނިޔާވެރިވާން ގޮވާލުމަކީ ކުށަކަށް ހެދުމަށެވެ.

މުރުތައްދުވެއްޖެ ކަމަށް ދައުލަތުގައި ސާބިތުވާ މީހަކާ ދިމާއަށް ކާފަރު ގޮވުމުގެ އިސްތިސްނާ ހާލަތުގެ މާއްދާއަށް ވެސް އިސްލާހެއް ހުށަހެޅުއްވިއެވެ. އޭގައި ވަނީ، ކުށަކަށް ވާނީ މުރުތައްދު ވެއްޖެ ކަމަށް އިސްލާމީ ޝަރީއަތުގައި ކަނޑައެޅުމަށް އޮތް މިންގަނޑުން ބޭރުން އެ ތުހުމަތު ކުރުމެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ހައިރާން

  ކިހާ ބޮޑުވެއްްޖެ ކަމެއް. ބިލަކާ އަޅައިގަނެގެން ނެއްޓެން ނޭނގިގެންތަ މިއުޅެނީ؟ ތިބިލު ޑަސްބިނަށް ލާފަ ގައުމުގަހުރި އިޖުތިމާއީ މައްސަލަތައް ހައްލުކޮށްްބަލަ.

 2. އަބްދޫ

  މިއަދު ތިޔަބައިމީހުން ނޫން ބަޔަކު ދޮގު ނަހަދާނެ.ގާނޫނެއްފާސްކޮށްގެން ދޮގުހެދުމަކީ އިސްލާމްދީން ހުއްދަކުރާނެ ކަމެއްބާ ؟މިއަދު ގުރްއާނާއި ހަދީސް އެހުރީ އޭގެ މާނަ ބަލަން ބޭނުންވާ އެންމެނަށް ލިބެން ކޮންމެ މީހެއްގެ އަތުގަ އޮންނަ ފޯނުގަ ވެސް އެހުރި. މީހަކު ކާފަރަކު ކަން ސާބިތުވަނީ އެމީހާ ގެ އަމަލުންނާއި އިއުތިރާފް ބަހުން. ނުވަތަ އެހެން މީހަކު ދޭ ހެކީގެ އިބާރާތުން. މިދެންނެވިގޮތަށް ސަރީއަތުން ހުކުމެއްނުކުރިޔަސް އޭނާގެ އަމަލާއި ބަހުން އެމީހާ ހުރީ އިސްލާމްދީނުން ބޭރުވެފާކަމަށް ބެލެވޭ މިންވަރަށް އެމީހާގެ އަމަލާއިބަހުން އެގިއްޖެ ހިންދު އެއީ މުސްލިމަކު ކަމަށް ބުނުމަކީ ކަނޑައެޅިގެން ދޮގުހެދުން .ތެދުބަހުން ވާހަކަދެއްކުމަކީ ކޮންމެ މުސްލިމަކަށް ވަޖިބު ކަމެއް. ވީމާ ގާނޫނަކުން ދޮގުހެދުން ލާޒިމެއްނުކުރެވޭނެ. އޭރުން އެ ވެވެނީ އިސްލާމްދީނުގެ އަސްލަކާއި ހިލާފު .އެހެން ވެއްޖެނަމަ އެ ގާނޫނު އުފެދުމުގާ ވެސް ވަނި ބާތިލްވެފާ.

  • ބޭބެ

   ތިބިލު އޮތަސް އަދި ނެތަސް މަރުވާ ބަޔަކު މަރުވާނެ! ތިބިލު އޮތަސް އަދި ނެތަސް މީހުންގެ ހަރަކާތްތަކާ ޢަމަލުތައް ނުހުއްޓުވޭނެ! އަނގަ ބަންދުކުރެވިދާނެ ފަހަރެއްގަ ބިލު ޢޮތުމުން! އެކަމަކު އަގީދާ ދުއްވައެއް ނުލެވޭނެ! ވަރަށް ސަލާމް!

 3. ހީކޮށްތޭ

  ނަފްރަތުގެ ބިލް ފުރަތަމަ ނަމުން ރައްޔިތުންގެ މެދުގައި މާތްވެގެންވާ އިސްލާމްދީނާއި މެދު ނަފްރަތު އުފައްދާ ބިލެއް މިރާއްޖޭގެ އިސްލާމް ދީނާއި އަދި ގައުމުގެ މިނިވަން ކަން ދިފާއު ކުރަން ގަންދީ ހުވާ ކޮށްގެން ތިބި ވެރިކަން ކުރާ ޕާރޓީގެ އެމްޕީން އެހުވަ އާއި ޚިލާފަށް އިސްލާމް ދީނުގެ ހުރިހާ ރުކުން ތަކާއި އަދި އުސޫލު ތަކާއި ޚިލާފަށް ބުދަށާއި ގެރިއަށް އަޅުކަން ކުރާ މީހުންނަށް ރާއްޖޭގައި މިނިވަން ކަމާއި އެކު އެތަކެއްޗަށް އަޅުކަން ކުރެވޭނެ ގޮތަށް ބިލް ފާސް ކުރަން އުޅެނީތޭ އޭ ކެނެރީގެ ނަޝީދު ތިބާ އަށް ބާރު ލިބުމުން ފައިސާގެ ބޭނުމުގައި ރާއްޖޭގެ މިނިވަން ކަން އިންޑިއާ އަށް ވިއްކާލާ އަދި ރާއްޖޭގެ ދިވެހިން ބޮލަށް އިންޑިއާ ސިފައިން ލައްވާ ބަޑިޖަހާ މަރާ ދިވެހިން ދިވެހިރާއްޖޭން ހުސްކޮށްލާ އިންޑިއާ އަށް ދިވެހިރާއްޖެ ވިއްކާލަން އުޅެނީ ތިބާއަށް ލިބިފައިވާ ބާރު އެބާރު ދެއްވި ފަރާތުން ނުގެންދަވާނެ ކަމަށް ހީކޮށްތޭ ހީކޮށްތޭ ހީކޮށްތޭ ހީކޮށްތޭ ހީކޮށްތޭ ހީކޮށްތޭ ހީކޮށްތޭ ހީކޮށްތޭ ހީކޮށްތޭ ހީކޮށްތޭ ހީކޮށްތޭ ހީކޮށްތޭ ހީކޮށްތޭ ހީކޮށްތޭ ހީކޮށްތޭ ހީކޮށްތޭ

 4. އިސްތިއުފާ

  ދިވެހި ސަރުކާރަކީ އެއީ ރައްޔިތުން ހޮވާފައިވާ ސަރުކާރެއް އެއީ އިންތި ހޮވި ސަރުކާރެއް ނޫނޭ ސަރުކާރުން ކަންކަން ކުރަން ޖެހޭނީ ވެރިކަން ކުރާ ޕާރޓީގައި ތިބި ކޮރަޕްޓް އެމްޕީން ބުނާ ގޮތަށް ނޫނޭ ސަރުކާރުން ކަން ކުރީ ރަނގަޅަށޭ ނަފްރަތުގެ ބިލް ބޭރުކުރޭ މަޖްލީހުން ބޭރުކުރޭ ބޭރުކުރޭ ދެން އިންތި އިސްތިއުފާ ދޭންވީއޭ އިންތި އިސްތިއުފާ އިންތި އިސްތިއުފާ އިންތި އިސްތިއުފާ އިންތި އިސްތިއުފާ އިންތި އިސްތިއުފާ އިންތި އިސްތިއުފާ އިންތި އިސްތިއުފާ އިންތި އިސްތިއުފާ

 5. އިންކާރުކުރަނީތޭ

  ނަފްރަތުގެ ބިލަށް ތާއީދު ނުކުރީ އެއީ ދިވެހި ސަރުކާރުން ނޫނޭ އެއީ ދިވެހި ރައްޔިތުންނޭ އިންތި މެން ދެން ސައިޒު އޮޅިގެން ނޫޅުނިއްޔާއޭ ރަނގަޅުވާނީ ތިޔާ މަޖްލީސް މެމްބަރު ކަމަކީ އެއީ އިންތިގެ މައިންބަފައިންގެ ފަރާތުން ވާރުތަ ވެގެން އައިސްފައިވާ މުދާ ގަނޑެއް ނޫނޭ އެއީ ރައްޔިތުން ދިން ވަޒީފާ އެކޭ އެވަޒީފާ އަދާ ކުރަން ޖެހޭނީ ރައްޔިތުން ރުހޭ ގޮތަށޭ ތިބާ އަށް ބާރުދެއްވި ފަރާތުން ބާރުގެންދަވަން ލަސްނުވާނެއޭ ތަމެން މިކަމަށް އިންކާރުކުރަނީތޭ އިންކާރުކުރަނީތޭ އިންކާރުކުރަނީތޭ އިންކާރުކުރަނީތޭ އިންކާރުކުރަނީތޭ އިންކާރުކުރަނީތޭ އިންކާރުކުރަނީތޭ އިންކާރުކުރަނީތޭ އިންކާރުކުރަނީތޭ އިންކާރުކުރަނީތޭ އިންކާރުކުރަނީތޭ އިންކާރުކުރަނީތޭ އިންކާރުކުރަނީތޭ އިންކާރުކުރަނީތޭ އިންކާރުކުރަނީތޭ އިންކާރުކުރަނީތޭ އިންކާރުކުރަނީތޭ އިންކާރުކުރަނީތޭ އިންކާރުކުރަނީތޭ އިންކާރުކުރަނީތޭ އިންކާރުކުރަނީތޭ އިންކާރުކުރަނީތޭ އިންކާރުކުރަނީތޭ އިންކާރުކުރަނީތޭ އިންކާރުކުރަނީތޭ އިންކާރުކުރަނީތޭ އިންކާރުކުރަނީތޭ އިންކާރުކުރަނީތޭ އިންކާރުކުރަނީތޭ

 6. ވިސްނަނީތޭ

  އޭއި މަޖްލީސް މެމްބަރުންނޭ ތަމެން ވޯޓް އޮޅުވާލައިގެން ވިޔަސް އަދި ވޯޓް އިން ވައްކަން ކޮށްގެން މަޖްލީހުގެ މެމްބަރުކަމަށް އައި ނަމަވެސް ތަމެންގެ މައިންބަފައިންނަކީ އެއީ އިސްލާމް ދީން ގަބޫލުކުރާ ބަޔެކޭ އަދި ތަމެންނަކީ ވެސް އިސްލާމް ދީން ގަބޫލުކުރާ ބަޔެކޭ ދެން ތަމެން އިސްވެ ތިބެ އިސްލާމް ދީނުގެ އުސޫލު ތަކާއި ޚިލާފަށް އިސްލާމް ދީން މިރާއްޖޭގައި ފަތުރަން މަސައްކަތް ކުރާ މީހުން އެއީ ދީނީ ހަރުކަށި ފިކުރުގެ މީހުން ކަމަށް ހަދާ އެބައިމީހުން ޖަލަށް ލާން ވިސްނަނީތޭ ވިސްނަނީތޭ ވިސްނަނީތޭ ވިސްނަނީތޭ ވިސްނަނީތޭ ވިސްނަނީތޭ ވިސްނަނީތޭ ވިސްނަނީތޭ ވިސްނަނީތޭ ވިސްނަނީތޭ ވިސްނަނީތޭ ވިސްނަނީތޭ ވިސްނަނީތޭ ވިސްނަނީތޭ ވިސްނަނީތޭ ވިސްނަނީތޭ ވިސްނަނީތޭ ވިސްނަނީތޭ ވިސްނަނީތޭ ވިސްނަނީތޭ ވިސްނަނީތޭ ވިސްނަނީތޭ ވިސްނަނީތޭ ވިސްނަނީތޭ ވިސްނަނީތޭ ވިސްނަނީތޭ ވިސްނަނީތޭ ވިސްނަނީތޭ ވިސްނަނީތޭ ވިސްނަނީތޭ ވިސްނަނީތޭ ވިސްނަނީތޭ ވިސްނަނީތޭ ވިސްނަނީތޭ ވިސްނަނީތޭ ވިސްނަނީތޭ ވިސްނަނީތޭ

 7. އިސްތިއުފާ

  މަޖްލީހުގެ ނައިބް ރައީސް ކަމުގައި އީވާ ހުރެމެ ނަފްރަތުގެ ބިލެއް މަޖްލީހުން ފާސް ކުރަން އުޅުން އެއީ ދިވެހިރައްޔިތެއްގެ ހައިސިއްޔަތުން ކޮށްގެންވާނޭ ކަމެއް ކަމަށް ނުވާތީވެ މިހާރުން މިހާރަށް މަޖްލީހުގެ ނައިބް ރައީސް ކަމުގެ މަގާމުން އީވާ އިސްތިއުފާ ދޭންވީއޭ އީވާ އިސްތިއުފާ އީވާ އިސްތިއުފާ އީވާ އިސްތިއުފާ އީވާ އިސްތިއުފާ އީވާ އިސްތިއުފާ އީވާ އިސްތިއުފާ އީވާ އިސްތިއުފާ އީވާ އިސްތިއުފާ އީވާ އިސްތިއުފާ އީވާ އިސްތިއުފާ އީވާ އިސްތިއުފާ އީވާ އިސްތިއުފާ