ރައްޔިތުންގެ މަޖިލީހުގައި އޮތީ ވެރިކަން ކުރާ އެމްޑީޕީގެ ސުޕަ މެޖޯރިޓީއެއް ނޫން ކަމަށާއި މިއީ "ފިނޑި" މެޖޯރިޓީއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލު އަނބުރާ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާލަން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ވަނީ ނިންމައިފައެވެ.

ނަފުރަތުގެ އަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅާ ގޮތަށް ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލު ދިރާސާކޮށް ޖުޑިޝަރީ ކޮމިޓީން އެކުލަވާލި ރިޕޯޓަށް ބަހުސް ކުރަމުން މީކާއީލް ވަނީ ސަރުކާރުން އެ ބިލު ދިފާއު ކުރަން އެއްވެސް މަސައްކަތެއް ނުކުރައްވާތީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

މީކާއީލް ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރައްވަމުން ވިދާޅުވީ ދިވެހި ރައްޔިތުން އެމްޑީޕީއަށް ސަރުކާރާއި މަޖިލީހުގެ އަޣުލަބިއްޔަތު ދިނީ އިންސާފު ހޯދުމުގެ އުއްމީދުގައި ކަމަށެވެ.

އިންތިޚާބުތަކާ ދިމާކޮށް އެމްޑީޕީގެ ކޮންމެ މެންބަރަކު ވެސް ދެއްކެވީ މަރާލާފައިވާ ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަފްރާޝީމް އަލީއާއި، ނޫސްވެރިޔާ އަހްމަދު ރިލްވާންއާއި، ބްލޮގަރު ޔާމީން ރަޝީދުގެ އާއިލާތަކަށް އިންސާފު ހޯދުން ކަމަށެވެ،

އެކަމަކު މިއަދު އެ ފަރާތްތަކަށް ނުރައްކާތެރިކަން އައި ސަބަބު ނައްތާލަން ހުށަހެޅުނު ބިލެއް "އޮޅާލާ ޖަހަން" ފޮނުވާލުމުން ދައްކާނެ ވާހަކައެއް ނެތް ކަމަށް މީކާއީލް ވިދާޅުވިއެވެ.

"އެމްޑީޕީގެ ސުޕަ މެޖޯރިޓީއެއް ނޫން، ސުޕަ 65 މެންބަރުންނެއް ނޫން، ފިނޑި މެޖޯރިޓީއެއް، ފިނޑި 65 މެންބަރުން މި ތިއްބެވީ،" މީކާއީލް ވިދާޅުވިއެވެ.

އެ ބިލަކީ މެންބަރު ހިސާން ހުށަހެޅުއްވި ބިލެއްގެ ގޮތުގައި ސިފަ ކުރާތީ ވެސް މީކާއީލް ވަރަށް ބޮޑަށް ސަރުކާރަށް ފާޑުވިދާޅުވިއެވެ.

އެ ގޮތުން އެ ބިލަކީ މެންބަރު ހިސާންގެ ބިލެއް ނޫން ކަމާއި ރައީސް އިބްރާޙީމް މުހައްމަދު ސޯލިހްއާއި އެމަނިކުފާނުގެ ކޯލިޝަން ބައިވެރިންގެ ބިލެއް ކަމަށް މީކާއީލް ވިދާޅުވިއެވެ.

"މިއީ އިބްރާހީމް މުހައްމަދު ސޯލިހްގެ ބިލް، އެ ކޯލިޝަންގައި ހިމެނޭ ގާސިމް އިބްރާހީމާއި އިމްރާން އަބްދުﷲ ގެ ބިލް، ހިސާންގެ ބިލެއް ނޫން މިއީ،" މީކާއީލް ވިދާޅުވިއެވެ.

އިސްލާމް ދީނާ ޚިލާފަށް މީހަކު އުޅޭ ކަމުގެ ތުހުމަތު ކުރުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް އޮތުމުން ދީނީ އިލްމުވެރިންނާއި، ލޯކަލް ކައުންސިލްތަކާއި، ގިނަ ޖަމިއްޔާ ޖަމާއަތްތަކުންނާއި، އާންމުންގެ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ކޮރަލް

    ދީނާ ހިލާފް ބިލް ތަކަށް ޕާޓީ ވެރީން ވޯޓް ދޭން ބުންޔަސް މަޖްލިސް ގިނަ މެމްބަރުން ވޯޓް ނުދޭނެ އެވެ.

    34
    3
  2. އިސްތިއުފާއޭ

    މީކާއީލް އިސްތިއުފާ ދޭންވީއޭ ރާއްޖެ އަށް ބަރުލަމާނީ ނިޒާމެއް ގެންނައިރު ގަލޮޅު ދެކުނު ދާއިރާގައި ހުންނަން ޖެހޭނީ ޕީޕީއެމް މެމްބަރެކޭ މީކާއިލް ރުހުމުގައި އިސްތިއުފާ ދޭންވީއޭ އެއިރުން ތަމެންނަށް ލިބޭނެއޭ މިނިސްޓްރީ އޮފް ފަހާފޮށީގެ ތިނޯހަށް ރޮދިލައްވާ މިނިސްޓަރު ކަން އިނގޭތޭ މީކާއީލް އިސްތިއުފާ މީކާއީލް އިސްތިއުފާ މީކާއީލް އިސްތިއުފާ މީކާއީލް އިސްތިއުފާ މީކާއީލް އިސްތިއުފާ މީކާއީލް އިސްތިއުފާ މީކާއީލް އިސްތިއުފާ މީކާއީލް އިސްތިއުފާ މީކާއީލް އިސްތިއުފާ މީކާއީލް އިސްތިއުފާ މީކާއީލް އިސްތިއުފާ މީކާއީލް އިސްތިއުފާ މީކާއީލް އިސްތިއުފާ މީކާއީލް އިސްތިއުފާ މީކާއީލް އިސްތިއުފާ މީކާއީލް އިސްތިއުފާ މީކާއީލް އިސްތިއުފާ މީކާއީލް އިސްތިއުފާ މީކާއީލް އިސްތިއުފާ މީކާއީލް އިސްތިއުފާ މީކާއީލް އިސްތިއުފާ މީކާއީލް އިސްތިއުފާ މީކާއީލް އިސްތިއުފާ މީކާއީލް އިސްތިއުފާ މީކާއީލް އިސްތިއުފާ މީކާއީލް އިސްތިއުފާ މީކާއީލް އިސްތިއުފާ މީކާއީލް އިސްތިއުފާ މީކާއީލް އިސްތިއުފާ މީކާއީލް އިސްތިއުފާ މީކާއީލް އިސްތިއުފާ

    26
    3
  3. ހައިވާން

    100% އިސްލާމީ ގައުމެއްގައި އިސްލާމްދީނާއި ފުށުނާރާގޮތަށް ގާނޫނު ހަދަން ހައިވާނުންތަކެއް ބެއިތިއްބިޔަސް ދައްކާނީ ތިަކަހަލަ ވާހަކަ. އަހަރެންނަށް އިނގޭ އެއްޗަކީ މިގައުމުގެ %75 މީހުން ތިބިލުގެ ސަބަބުން ޖަލަށް ދާންޖެހޭނެކަން. އެޢީ ތިބިލުގައި ތިމަނާކުރާ ކަންކަމަކީ ދީނީ މިންގނޑުން ބޭރުކަންކަން.

    9
    2
  4. ޤާދިރު

    މިކަހަލަ ލާދީނީ މީހުން މަޖިލީހުން ބޭރުކުރަންޖެހޭ

    11
    2
  5. ރަދީފް

    މީއްކޮ ދޭބަލަ މަހަށް.ކޮސް މެޖޯރިޓީ.

    9
    3
  6. މއކ

    މިކާއިލްތީ ހަމަޖެހޭމީހެނޫން

    26
    1
  7. ހުސެން

    މެޖޯރިޓީ 65 ފިނޑިންގެ ތެރޭގައި މީނާ ވެސް ވާނީ ފިނޑިއަކަށް ދޯ.މި ނުވޭތަ ނަފްރަތަކަށް .

    10
    1
  8. އަހުމަދު

    ރައީސް ނަޝީދުގެ މައްސަލާގައި މަޖިލީހުން ކުރި މަސައްކަތް އެހެންކަ ކަންތައްތަކަށް ކުރިނަމަ މިއަދު ކުރިނަމަ މިއަދު ހުރިހާ ކަމެއްގައި އިންސާފު ލިބުނީސް

    8
    1
  9. ލޫޓުވާ

    އިސްލާމްދީން މާމަތިވެރިވާނެ ލާދީނީ ފިކުރުގެ ވެރިންނަށްވުރެ. މެޖޯރިޓީގެ މާނައަކީ ބޭނުންހާކަމެއް ކުރެވޭނެއެކޭނޫން.

    10
    2
  10. ރާއްޖެމީހާ

    ތިޔާ ވަރަށް ބޮޑަށް ހިނިއަރާ ގޮލައެއް ތިރިވެދާނެ އިސާހިތަކު

    16
    2
  11. ޒަބީބު

    "ހިސާން އެކްޓް" އިން ދިވެހިރައްޔިތުންނަށް ޙާސިލުކުރެވުނު ކަމަކީ އެމްޑީޕީ ތެރޭގައި ތިބި ސެކިއުލާ ފިކުރުގެ މީހުންގެ ހުނިޖަހާލެވުން. ދިވެހި ރައްޔިތުންގެ ވޯޓު ހޯދައިގެން ދިވެހިރާއްޖޭގެ ޤާނޫން ހަދާ މަޖިލިހަށް ވަދެ ތިބި ހުޅަނގުގެ ފޮރުވިފައިވާ އޭޖެންޑާގެ އޭޖެންޓުން ފާހަގަ ކޮށްލެވުން. ދެން ސޯލިހުގެ ބިލޭ ޤާސިމުގެ ބިލޭ އިމްރާނުގެ ބިލޭ ކިތައްމެ ވަރަކަށް ގޮވިއަސް ދިވެހިން ޤަބޫލެއް ނުކުރާނެ. ތިޔަތިބީ ހުނިޖަހާފަ ފާހަގަ ކޮށްފައި. ދެން ނަޝިދުއާއި އައުވާނުން ތިބެންޖެހޭނީ ތިޔަހެން ފިލިބަސްޓަރ ދަންތުރަ ޖަހައިގެން ރައީސް ޔާމީންއާއި ބަރުލަމާނީ ޑިލްހެދޭތޯ އާދެސްކޮށްކޮށް ތިބެން. އެކަމަކު މުޅިއެތި ދެން ވާނީ އިތުރަށް ތުނި. އާޚިރުގައި ތިބޭމީ މީކާއީލާއި ބޮންޑޭއާއި ހަސަނު އެކަނި. ޚުދު އީވާވެސް ...... ވަރަށް ދެރަދޯ!

    10
    1
  12. ޙހހހ

    ދެން ސަރުކާރު ބިލެއް ވީމަ ސަރުކާރުން ނެގީމަ ކީއްވެތޯ ތިޔަ ފަޔަށް ހިނިއަރަނީ ، ހިރުވާނީ ކަމެއްވާތީ ނޫންތޯ

    4
    1
  13. ޙހހހ

    ސަރުކާރު ބިލެއްވީމަ ސަރުކާރަށް ގެންދެވޭނެ ނޫންތަ ، ދެން ކީއްވެ ފަަޔަށް ހިނިއަރާގެން ތި އުޅުއްވަނީ ، ތަނެއް ހިރުވަނީތޯ

    7
    1
  14. ޚަލީލު

    މި މީކާއީލް މަޖިލީހަށް ހޮވީވެސް ބޯގޮވާފައި ތިބި ބައެއް.

    8
    1