ނަފުރަތުގެ އަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅާ ގޮތަށް ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލު ހުށަހަޅައިގެން ހާސިލްވި ހަމައެކަނި ކަމަކީ އެ ބިލު ސްޕޮންސާ ކޮށްދެއްވި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ނުރައްކަލަށް ލުން ކަމަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސްގެ މަގާމު ވެސް ފުރުއްވާ ހިސާން ހުށަހެޅުއްވި އެ ބިލުގައި އިސްލާމް ދީނަށް ޚިލާފަށް އުޅޭ ކަމުގެ ތުހުމަތު މީހަކަށް ކުރުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅަން އޮތުމުން ގިނަ ބަޔެއްގެ ފާޑުކިއުން އަމާޒުވިއެވެ.

ބިލު ދިރާސާކުރި ޖުޑިޝަރީ ކޮމިޓިން ބިލަށް ބަދަލުތަކެއް ވެސް ގެނައެވެ. އެކަމަކު އެ ބަދަލުތަކަށް ވެސް ޕާޓީގެ ބައެއް މެންބަރުންގެ ތާއީދު ނެތުމުންނާއެކު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ އަޣުލަބިއްޔަތުން ނިންމެވީ ބިލު އަނބުރާ ކޮމިޓީއަށް ފޮނުވާލުމަށެވެ.

ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލަކަށް ސަރުކާރުން ދިފާއު ނުކުރާތީ އެމްޑީޕީގެ ބައެއް މެންބަރުން ވަރަށް ބޮޑަށް ނުުރުހުން ފާޅުކުރެއްވިއެވެ. އެ ބިލަކީ "ހިސާން ބިލް" ގެ ގޮތުގައި ވާހަކަ ދެކެވޭތީ އެ މެންބަރުން ވަރަށް ބޮޑަށް ނުރުހުން ފާޅުކުރެއްވިއެވެ.

އެމްޑީޕީ މެންބަރުންގެ ބަހުސަކީ "ސަކަރާތެއް" ގެ ގޮތުގައި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އާދަމް ޝަރީފް ސިފަ ކުރެއްވުމުން އޭނާގެ ވާހަކަ ހުއްޓުވައި ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ ވާހަކަ ދެއްކެވިއެވެ.

އީވާ ވިދާޅުވީ އެއީ އޭނާއާއި އެމްޑީޕީގެ ގިނަ މެންބަރުންތަކަކަށް "ސަކަރާތެއް" ނޫން ކަމަށެވެ. ސަރުކާރުން ފޮނުވި ބިލަކަށް ކޮމިޓިން އިސްލާހުތައް ގެނައީ ވެސް ސަރުކާރުން ހުށަހަޅައިގެން ކަމަށާއި އެކަމަކު ބިލުގެ ދިފާއުގައި ސަރުކާރުގެ ގިނަ ބޭފުޅުން ވާހަކަ ނުދައްކަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އީވާ ވިދާޅުވި ގޮތުގައި، ބިލު ދިފާއުގައި ވާޙަކަ ދެއްކެވި ހަމައެކަނި ބޭފުޅަކީ ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތެވެ. އިތުރު އެއްވެސް ބޭފުޅަކު ބިލުގެ ދިފާއުގައި ސަރުކާރުން ވާހަކަ ދައްކަވާފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެންވެގެން މި ބިލުން ހާސިލްވި ހަމައެކަނި ކަމަކީ ބިލު ސްޕޮންސާ ކޮށްދެއްވި ކަމަށް ޓަކައި މެންބަރު ހިސާން ނުރައްކަލަކަށް ލުން،" އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ، ހިސާން ބިލް ހުށަހެޅުއްވި ފަހުން މަރުގެ ގިނަ އިންޒާރުތައް ލިބުނު ކަމަށެވެ. ދިރިއުޅުއްވާ ގެކޮޅުގެ އެއް ފަންގިފިލާއިން އަނެއް ފަންގިފިލާއަށް ދަތުރު ކުރަން ޖެހެނީ ވެސް ސެކުއިރިޓީއާ އެކީ ކަމަށް އޭނާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ އޭނާ ހިތާމަ ކުރުމަކީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ތެރެއިން ވެސް އެ ކަންކަމަށް ދިފާއުގައި ވާހަކަ ނުދެކެވޭތީ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އައްމަޑޭ

    އެއްވެސް މީހަކީ ނުރައްކަލަށް ހުށަހެޅެން ޖެހޭނެ މީހެއްނޫން. ނަމަވެސް ގަބޫލުކުރަންޖެހޭ ހަގީގަތަކީ ބާރެއް ލިބިފަ އޮތަސް އެބާރުގެ ބޭނުންކުރަންޖެހޭނީ ޒާތީ މަސްލަހަތަށްވުރެ އާންމު މަސްލަހަތަށް ވިސްނައިގެންނޭ. ހިސާނު ހުށަހެޅި ބިލަކީ ދިވެހި މުޖުތަމައު ގަބޫލުކުރާ ބިލެއްނޫން. އެބިލުން ހާސިލްވަނީ ވަކި ބައެއްގެ ޒާތީ މަސްލަހަތު. ދިވެހި އުއްމަތް ސަލާމަތް ކުރެވެން އޮތީ މުންކަރާތްތައް ނަހީކޮށް ހެޔޮ ކަންތައްތަކަށް އަމުރުކޮށްގެން ކަން އެއީ މިއަދު އެންމެންވެސް ގަބޫލުކުރާ ހަގީގަތެއް. މީހަކާ ދިމާލަށް ކާފަރެކޭ ބުނެގެން އެމީހާއަށް އަދަބު. ދިނުމަށްވުރެ އެހެންބުނަން ޖެހުނު ސަބަބު ނައްތާލަންޖެހޭ ކަން ހިސާނުވެސް އަދި ބިލު ހުށަހެޅި ފަރާތުންވެސް ގަބޫލުކުރަންޖެހޭ.

    18
    2
  2. ސސ

    އެބިލަކީ ނަޝީދާއި ހިސާން ހުށަހެޅި ބިލެއް، އެމްޑީޕީގެ ދީނީ ކޮމޮޓީގެ މަޝްވަރާނެތި އެހެންވީމާ ސަރުކާރު ޖެހޭތޯ އޭތި ދިފާއުކުރަން ނުޖެހޭ !

    12
    2
  3. ޚަލީލު

    ޢައުރަ ނިވާނުކޮށް އުޅޭ މީހުންނާ ދޭތެރޭ ބުނާނީ ކީކޭބާ؟

  4. ބޯގޯސް

    އަމިއްލަޔައް ބޮއެގެން އުޅޭ ބޮނޑިއެއްތިޔައީ ބައި ކޮޅައް މުޅިންވެސް ގޯލް ޖަހަނީ ލޮލް

  5. ސަމާސަ

    ހިސާން ކީޢްކުރަން ދީނާ ހިލާފު ކަންކަންމަށް ބާރުއަޅާ ބިލެއް ހުށަހެޅީ.
    އޭނާގެ މައްސަލަ ޕޮލިހަށް ހުށަހަޅަން ފެނޭ.

  6. އިންޑިއާ އައުޓް

    ކަނބުލޯގަޔާ ﷲގެ ހަޒްރަތުން ރައްކާތެރިކަން ނުލިބިއްޖެ މީހަކު ދައްކާކަށް ނުރައްކަލެއްގެ ވާހަކަ އެވެދާނެބާ އަވަހައް ތެދުމަގައް އެނބުރި އެކަލާނގެ ހަޒްރަތުން މަދަދާ ރައްކާތެރިކަމައް އެދި ދަންނަވާ

  7. މެސީ

    ބޯހަމަ ނުޖެހޭނީކަންނޭންގެ