ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ޕީޕީއެމް އިން ކުރިއަށްގެންދާ "ގޯއްޗަށް" ޕްރޮގްރާމް ގއ.ކޮލަމާފުށީގައި ފަށައިފިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ރައީސް ޔާމީނަށް ތާއީދު ހޯދުމަށް " ގޯއްޗަަށް " މި ނަމުގައި ފަށާފައިވާ ހަރަކާތުގައި ކޮލަމާފުށީގެ ގިނަ ގެތަކަށް ޕީޕީއެމްގެ ކެމްޕެއިން ޓީމުތަކުން ވަނީ ޒިޔާރަތް ކޮށްފައެވެ. ކޮލަމާފުށީގެ ދޮރުން ދޮރަށް ހިންގާ މި ކެމްޕެއިންގައި ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއީރާގެ މެންބަރު ޖަމީލް އުސްމާނުވެސް ދަނީ ބައިވެރިވަމުންނެވެ.

 

" ވަގުތު " އަށް މައުލޫމާތު ދެއްވަމުން ކޮލަމާފުށީގައި މި ހަރަކާތް ހިންގުމުގައި އިސްކޮށް އުޅުއްވާ އަހުމަދު ނަރީޝް ވިދާޅުވީ އަންނަ ހޯމަ ދުވަހާއި ހަމަޔަށް ކުރިއަށްދާ މި ހަރަކާތުގައި އެންމެ ފުރަތަމަ ވަނީ ކޮލަމާފުށީގެ ސިއްހީ މަރުކަޒުގެ ހާލަތު ދެނެގަތުމަށް އެ މަރުކަޒުގެ މުވައްޒަފުންނާއި ބައްދަލުކޮށްފައިވާ ކަމަށެވެ.

"މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ރައްޔިތުންގެ ހާލަތާއި ބޭނުންތައް ދެނެގަނެ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން އަށް ވޯޓް އިތުރުކޮށް ރައީސް ޔާމީންގެ ސަރުކާރުގައި ކޮލަމާފުއްޓަށް ގެނެސްދީފައިވާ ގިނަގުނަ ތަރައްގީ ބަލައިގަނެ އަދި އިންތިހާބު ރައީސް ޔާމީންއަށް ކާމިޔާބު ކޮށްދިނުން " ނަރީޝް ވިދާޅުވިއެވެ.

" ގޯއްޗަަށް " މި ނަމުގައި ރައީސް ޔާމީނުގެ އަބިކަބަލުންގެ އަނބިކަނބަލުންގެ އިސްނެންގެވުމާއެކީ 2000 އަށް ވުރެ ގިނަ ވޮލަންޓިއަރުން ބައިވެރިވާ ޑޯޓު ޑޯ ހަރަކާތެއް މާލޭގައި މިހާރުވެސް ދަނީ ހިނގަމުންނެވެ.

ގޯއްޗަށް ކެމްޕޭނުގައި ސަރުކާރުގެ ވަޒިރުންނާއި ޕީޕީއެމްގެ މަޖިލިސް މެންބަރުންނާއި ސަރުކާރުގެ ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެ އެވެ. އަދި މި ކެމްޕޭނުގެ ތެރެއިން މާލޭގައި ދިރިއުޅޭ ރަށްރަށުގެ މީހުންނާވެސް ބައްދަލުކުރާނެ ކަމަށް ރައީސް ޔާމީންގެ ކެމްޕޭން އޮފީހުން ބުނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޙަހަަ

    ސަޅި ހަމަ އެއްލަކިން އިންޝާﷲ

  2. ސައްޕޭ

    ކަލޯމެނޭ ތިކަމެއް ނުވާނެ، އެމްޑީޕީން ކަމެއްކުރީމަ ކޮޕީކުރެވޭތޯބަލާތި، ކުރިވައްކަން ނޭގޭ ދިވެހިރައްޔިތެއް މިޤައުމުގައިނެތް.

  3. ....