ކޮވިޑް-19 އާއި ގުޅިގެން މާލޭ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތަކަށް ދިން ލުއިތަކާއި އެކީ މާސް ނާޅާ އުޅެވޭނެ ތަންތަން ދައްކުވައިދޭ ލިސްޓެއް ކަމަށް ވިދާޅުވެ ހުސް ގަނޑެއް ފުލުހުން އާއްމު ކޮށްފިއެވެ.
މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް ދިނުމާއި އެކީ ގިނަ ބަޔަކު މިހާރު އިންތިޒާރު ކޮށްގެން ތިބީ މާސްކު ނާޅާ އުޅެވޭނެ ދުވަހަކަށެވެ.
އެގޮތަށް އިންތިޒާގައި ތިއްބާ ފުލުހުން މިއަދު ކުރި ޓުވިޓުގައި ވިދާޅުވެފައި ވަނީ ފިޔަވަޅުތަކަށް ދިން ލުއިތަކާއި އެކީ ގިނަ ބަޔަކު ތިބީ އުފަލުން ކަމަށާއި ބޭރުގައި ކަސްރަތު ކުރުމަށް މާސްކު ނާޅާ އުޅެވޭނެ ކަމަށެވެ.
އެޓުވިޓުގައި ފުލުހުން އިތުރަށް ވަނީ ހުސް ގަނޑެއް އާއްމުކޮށް، އެއީ ދެން މާސްކު ނާޅާ އުޅެވޭނެ ތަންތަން ކަމަށް ވިދާޅުވެފައެވެ.
While we all are super excited to enjoy the new ease in #COVID19 related restrictions; apart from exercising outdoors, here is THE LIST of times and places you can be out without wearing a mask.#MaskUp and keep the curve flattened. pic.twitter.com/uv8RrIV3et
— Maldives Police (@PoliceMv) July 8, 2021
ފުލުހުން މިފަދަ ޓުވިޓެއް ކޮށްފައިވަނީ މާސްކު ނާޅައި ބޭރުގައި މީހުން އުޅެތީ އެފަދަ ފަރާތްތަކުން ހޭލުންތެރި ކުރުމަށް ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.
ކޮވިޑް-19 އާއި ގުޅިގެން މާލޭ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތަކަށް އިއްޔެ ވަރަށް ބޮޑެތި ލުއިތަކެއް ވަނީ ދީފައެވެ. އެގޮތުން ކާފިއު އުވާލައި ވިޔަފާރިތަކަށްވެސް ލުއިތަކެއް ދީފައެވެ.
މީގެ އިތުރުން ވެކްސިން ފުރިހަމަކޮށްފައި ތިބި މީހުންނަށް ކަރަންޓީނު ނުވެ މޮނިޓަރިންގަ ނެތް ރަށްރަށަށް ދެވޭނެ ގޮތަށް އުސޫލުތަކަށް ވަނީ ބަދަލު ގެނެސް، ކެފޭ ރެސްޓޯރެންޓުތަކުން ޑައިނިންގެ ހިދުމަތް ރޭގަނޑު 11:30 ވަންދެން ދިނުމުގެ ހުއްދަ ދީފައިވާއިރު، ފިހާރަތައް ރޭނގަޑު 10:00 ވަންދެން ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ ވަނީ ދީފައެވެ.
އޭގެ މާނަޔަކީ ހުރިހާތަ ތަނެއްގައިވެސް އުޅެންޖެހޭނީ މާސްކު އަޅައިގެން.
ފިލް އިން ދަ ބުލޭންކްސް! ދެން ޓޭކް ދަ ލިސްޓު ވިތު ޔޫ! މިހާރުވެސް މުޅި މާލޭގައި ބިދޭސީން އެ އުޅުއްވަނީ ދަތްދޮޅިދަށުގައި މާސްކު އަޅުއްވައިގެން. ހުއްޓުވޭބާ؟؟؟
އަސްލު ދެން އެހާ މަޖައެއް ނޫން މި މީހުންއެއް.!
މާނަ އަކީ މާސްކު އަޅާކަށް ނުޖެހެޔޭ! މިހާ މާސްކުނޭޅިޔަސް އޯކޭވާނެ!
ނޫން. އޭގެ މާނައަކީ އެއްވެސް ތަނެއްގައި މާސްކް އަޅަން ނުޖެހޭނެވާހަކަ