ކޮވިޑް-19 ފެތުރޭތީ މޮނިޓަރިންގެ ގެ ހާލަތުގައި ނެތް ރަށްތަކަށް ވެކްސިން ފުރިހަމަކުރި މީހުންނަށް ކަރަންޓީނު ނުވެ ދަތުކުރެވޭ ގޮތަށް ހަމަޖެއްސި ނަމަވެސް 29 ރަށަކަށް މިހާރު ވެސް އަރައިފޭބުން މަނާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ވިދާޅުވެއްޖެއެވެ.

އިއްޔެ އިއުލާނު ކޮށްފައިވާ ލުއިތަކާއި އެކީ ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށް، 14 ދުވަސް ވެފައިވާނަމަ، ނައްސި ޕީސީއާރު ޓެސްޓާއި އެކީ މޮނިޓަރިންގެ ނެތް ރަށްތަކަށް ދަތުރު ކުރެވޭނެއެވެ.

މިގޮތަށް ދަތުރު ކުރެވޭނެ ގޮތަށް ހެދި ނަމަވެސް، މިއަދު ހެނދުނާއި ހަމައަށް 29 ރަށެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށް އެޗްޕީއޭއިން ވިދާޅުވެފައި ވެއެވެ. އެހެންކަމުން މިރަށަށްތަކަށް ކަރަންޓީން ނުވެ ދާން މަނާ ވާނެއެވެ.

އެގޮތުން މިހާރު މޮނީޓަރިންގ ހާލަތުގައި ތިބި ރަށްތަަކަކީ ހއ. ދިއްދޫ، ހދ. ހަނިމާދޫ، ނ. މިލަދޫ، ނ. ވެލިދޫ، ރ. ފައިނު، ރ. އަލިފުށި، ރ. މީދޫ، ރ. ދުވާފަރު، ޅ. ނައިފަރު، ކ. ހިންމަފުށި، ކ. ގުރައިދޫ، އއ. ތޮއްޑޫ، އދ. މާމިގިލި، މ. މުލި، ފ. ފީއަލި، ލ. އިސްދޫ، ގއ. ވިލިނގިލި، ގއ. ކޫއްޑޫ، ގއ. މާމެންދޫ، ގއ. ގެމަނަފުށީ، ގއ. ކޮލަމާފުށި، ލ. މާދަށް، ލ. ކަލައިދޫ، ލ. ގަން، ލ. ފޮނަދޫ، ގދ. ތިނަދޫ، ގދ. ގައްދޫ، ޏ. ފުވައްމުލައް އަދި އައްޑޫސިޓީގެ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫ އެވެ.

ވެކްސިން ފުރިހަމަކުރި ނަމަވެސް އެ މީހުންނަށް ކަރަންޓީނު ނުވެ، ދަތުރުކުރެވޭތީ އެ މީހަކު ހުރި ރަށެއްގެ ފައްސިވާ އިންސައްތަ ފަހަކުން ދަށް ނަމަ އެވެ. މިވަގުތު މާލޭގެ ފައްސިވާ އިންސައްތަ ހުރީ ފަހަކުން ދަށުގައި ކަމުން، މާލޭގައި އުޅޭ މީހުންނަށް ކަރަންޓީނު ނުވެ، މޮނިޓަރިންގައި ނެތް ރަށްރަށަށް ދެވޭނެ ކަމަށް އެޗްޕީއޭއިން ވަނީ ވިދާޅުވެފައެވެ.

އެހެން ނަމަވެސް ފައްސި ރޭޓު މަތިވެއްޖެނަމަ، ހަތް ދުވަހުގެ ކަރަންޓީނުގެ މުއްދަތެއް ފުރިހަމަކުރަން ޖެހޭނެ އެވެ. އަދި އެ އިންސައްތަ 10 އަކުން މައްޗަށް ގޮސްފިނަމަ، މިވަގުތު ފުރިހަމަކުރަމުންދާ ގޮތަށް 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތެއް ފުރިހަމަ ކުރަން ޖެހޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހެއްވާ...

    މޮނީޓަރިންގަ އޮތް ރަށަކުން މީހަކު އެހެން ތަނަކަށް ދާނަމަ އެންނު ކަރަންޓޯނު ވާން ޖެހޭނީ.. މޮނީޓަރިންގ ނެތް ރަށަކުން އޮތް ރަށަކަށް ދާނަމަ ކަރަންޓީނުވުން ހަމަޖެހޭތަ...
    އަޅެ ފަހެ މީހަކު އަޖައިބު ނުވާނެ ތަ...