އައްޑޫ ސިޓީގެ ކަނޑުގެ ސަރަހައްދުން ފަތުރުވެރިއަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައި އޮއްވާ ފެނިފައިވާ އެ މީހާއަކީ އީކުއެޓަރ ވިލެޖުގެ ފިރިހެން ފަތުރުވެރިއެކެވެ. އޭނާގެ ހަށިގަނޑު ފެނިފައިވަނީ އީކުއެޓަރ ވިލެޖުގެ އިރުއުތުރު ފަރު ބޭރުންނެވެ.

އޭނާ މަރުވެފައިވަނީ ސްނޯކްލިންގ އަށް ފައިބައިގެން އުޅެނިކޮށް ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

މި ހާދިސާއާއި ގުޅިގެން އެމްއެންޑީއެފުން ވިދާޅުވީ، އެ މީހާގެ ހަށިގަނޑު ޑައިވަރުންނަށް ފެނިގެން އޭނާގެ ހަށިގަނޑު ފޭދޫއަށް ގެންގޮސްފައިވާ ކަމަށެވެ.

އަދި މިހާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިއަދު މެންދުރުފަހު 15:30 ގައި ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މިކަން މިހާރު ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މހމމ

    ނިއުޒް ހެޑްލައިން - 1
    މީ - 0

  2. ހިތާމަ

    ހިތައް އަރަނީ އެމީހާގެ އަށިގަނޑުގައި ހިފަހައްޓައިންގެން ލޯޗުގައި އެއިން ކޯސްޓްގާރޑް މީހާގެ އިހުސާސުތައް