އަތޮޅު ތެރޭގެ ރަށަކުން އެންމެ ގިނަ ކޮވިޑް-19ގެ ވޭދަނަތައް ފެނުނު ރަށްކަމުގައިވާ ޅ. ނައިފަރު އާއްމު ހާލަތަށް ގެނެސްފިއެވެ.

އެ ރަށް މޮނީޓަރިންގ އަށް ލީ މާރިޗް 23 ވަނަ ދުވަހުއެވެ. އެ ދުވަހުން ފެށިގެން މިއަދާއި ހަމައަށް ވެފައި މި ވަނީ 108 ދުވަހެވެ.

އެހެންކަމުން އެރަށަކީ މިހާތަނަށް އެންމެ ގިނަ ދުވަސް ވަންދެން ކޮވިޑާއި ގުޅިގެން ބަންދުކޮށްފައި އޮތް ރަށެވެ. މިއާއެކު އެރަށުގެ ރައްޔިތުންނަށް މާލީ ގޮތުން ބޮޑެތި ދަތިކަމަކާއި ކުރިމަތިލާން ޖެހުނެވެ.

ކޮވިޑްގައި ނައިފަރުން ހަތަރު މީހަކު ނިޔާވެފައިވެއެވެ. ބަލި ޖެހުން މީހުންގެ ޖުމްލަ އަދަދު 921 ކަށް އަރާފައިވާ އިރު 97 އިންސައްތަ މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު