ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދެމުންދާ އިންޒާރުތަކާއި ގުޅިގެން ނުރައްކާ އިތުރުވި ކަމުގެ އިންޓެލް އެމަނިކުފާނުގެ ގާޑުންނަށް ނުދޭ ކަން ހާމަވެއްޖެއެވެ.

އެފަދަ މައުލޫމާތެއް ރައީސް ނަޝީދުގެ ބޮޑީގާޑުންގެ ޓީމަށް ދީފައި ނުވާކަން ހާމަކޮށްފައިވަނީ އެހަމަލާއާއި ގުޅިގެން މަޖިލީހުގެ 241 ކޮމިޓީން ސެކިއުރިޓީ ބްރީޗްވި ގޮތް ބެލުމަށް ކުރިއަށް ގެންދިޔަ އިންކުއަރީގެ ފައިނަލް ރިޕޯޓުގައެވެ.

އެ ރިޕޯޓުގައި ބުނެފައި ވަނީ ޑީއައިއެސް އިން ތައްޔާރުކޮށްފައިވާ "ތްރެޓް އެސެސްމަންޓް" ރިޕޯޓާއެކު ރެކޮމެންޑޭޝަންތަކެއް ދީފައިވާ ކަމަށެވެ. ނަމަވެސް އެ ރެކޮމެންޑޭޝަންތަކުގެ މައުލޫމާތު ކްލޯސް ޕްރޮޓެކްޝަން ޓީމަށް ލިބިފައި ނުވާ ކަމަށެވެ.

"ރައީސް ނަޝީދަށް އަބަދުވެސް ތްރެޓް އޮންނަކަމަށް ބުނެ، އަދި އެންމެ މަތީ ދަރަޖައިގެ ސެކިއުރިޓީ ދޭން ތަކުރާރުކޮށް ޓީމަށް ކިޔައިދިން ނަމަވެސް ހަމަލާއެއް ދިނުމުގެ ބިރުވެރިކަން އިތުރުވެފައިވާ ކަން އެއީ ހަމަލާއެއް ދިނުމުގެ އަޒުމުގައި، އަދި ހަމަލާއެއް ދިނުމުގެ ޤާބިލިއްޔަތު ހުރެ ބަޔަކު ހަރަކާތްތެރިވާ ކަން ޓީމަށް ކިޔައި ނުދީ އޮތުމަކީ ރައީސް ނަޝީދަށް ރައްކާތެރިކަން ފޯރުކޮށް ނުދެވުނު އެއް ސަބަބުކަން ފާހަގަ ކުރަން"

ރިޕޯޓްގައި ބުނެފައިވަނީ ރައީސް ނަޝީދަށް އަބަދު ވެސް ވަރަށް ތްރެޓް އޮންނަ ކަމަށާއި އެމަނިކުފާނަށް ރައްކާތެރިކަން ދިނުމަށް އަބަދު ވެސް ސަމާލުވުމަށް އެސް.ޕީ.ޖީ ގެ ކޮމާންޑަރުން ޕީއެސްއޯއިންނަށް ކިޔައިދެއްވާ ކަމަށެވެ.

އެހެން ނަމަވެސް އެ މައުލޫމާތުގެ ތެރޭގައި ލިބޭ ތްރެޓްގެ ތަފްސީލް ހާމައެއް ނުކުރެއެވެ. އެގޮތުން މިދިޔަ މާޗް މަހުގެ 3 ވަނަ ދުވަހު އެމަނިކުފާނުގެ ޓްރެޓް ލެވެލް "ސިވިއާ" އިން "ކްރިޓިކަލް" އަށް މަތިކޮށްފައިވާ ކަން ވަނީ އެސްޕީޖީއަށް އަންގާފައެވެ. ނަމަވެސް އެކަން އެމަނިކުފާނުގެ ކްލޯސް ޕްރޮޓެކްޝަން ޓީމަށް ހާމަނުކުރާ ކަމަށް އެ ރިޕޯޓުގައި ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ނާހިދު

    އަޑުއަހަން ސަލްމާން ރުޝްދީއަށްވެސް ވަރަށްބޮޑާށް ތުރެޓް އޮންނަވާހަކަ އެއީވެސް ސަބަބުތަކެއް ހުރީމަކަށޤގަބޫލުކުރެވެނީ...

    9
    2
  2. ރައްޔަތުންގެ

    މާރިޔާ އިސްތިއުފާ. މާރިޔާ ކިހިނެއް ރައްޔިތުން ނާމެދު ވިސްނާނީ. އުޅުއްވަނީ ވަރައްބިޒީ ކޮއް އަންޑިޔާއައް ގައުމު ވިއް ކާލާ ޖީބުތައް އަވަސް އަރުވާލައިގެން ފުރުމުގަ

    12
  3. އަލީ

    ބޮޑުތަނުން ފެއިލްވެފައި. މާރިޔާ އިސްތިއުފާދީ!!!!

    11
    1
  4. ތަންޑާ

    ކޮބާ ހީވޭ ކަމެއްހެން. އެމް.އެން.ޑީ.އެފުން ވަކިވަކި ސިފައިން ކޮމެޓީއަށް ހާޒިރުކުރަން އުޒުރުވެރިވި ސަބަބު މިފެންނަނީ. ކޮމެޓީން ބޭނުންވީ އެމް.އެން.ޑީއެފްގެ ކޮމާންޑް އެންޑް ކޮންޓްރޯލާއި ޗެއިން އޮފް ކޮމާންޑަށް ލޮޅުން އަރުވާލާން. ކޮމެޓީން އެކަން ހާސިލްކޮށްފި. ދެން ނިކުންނާނެ ނަތީޖާއެއްގެ ޒިންމާ ކޮމެޓީއަކުން ނުނަގާނެ. އެހެންވެ މިބުނަނި މިލިޓަރީ ކޯޓެއް ރާއްޖޭގަ އުފައްދަން އެބަޖެހެޔޭ. މިލިޓަރީއަކީ އެއްވެސް ބަޔަކަށް އަތް ބޭނެންޖެހޭ ތަނެއްނޫން.

    13
    4