ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ނިރުބަވެރި ހަމަލާގެ ކުރިން ބަޔަކު މީހުން އެމަނިކުފާނަށް ފާރަލާ ކަމުގައި މައުލޫމާތު ލިބިފައިވާ ކަމަށް މަޖިލީހުގެ އިންކުއަރީ ރިޕޯޓުން ބުނެފިއެވެ.

ގާތްގަނޑަކަށް 270 ގަނޑުގެ ރިޕޯޓުގައި ނަޝީދަށް ހަމަލާ ދިނުމުގެ ކުރިންނާއި ހަމަލާދިން ދުވަހު އަދި އޭގެ ފަހުން ކަން ހިނގާފައިވާ ގޮތުގެ ވަރަށް ތަފްސީލީ މައުލޫމާތު ހިމަނައިފައެވެ.

އެ ރިޕޯޓުގައި ބުނެފައިވަނީ މިދިޔަ އަހަރުގެ ތެރޭގައި ރައީސް މުހައްމަދު ނަޝީދު އޭރު ދިރިއުޅުއްވި މ. ޔާގޫތުގޭ ކައިރީގައި ރައީސް ނަޝީދަށް ފާރަލުމަށް ބަޔަކު ތިބޭ ކަމަށް ފާހަގަ ކުރެވިގެން ނަޝީދުގެ ސެކިއުރިޓީން އެކަން އެމްއެންޑީއެފް އަށް އަންގާފައިވާ ކަމަށާއި، ފުލުހުން މެދުވެރިކޮށް އެމީހުން އެތަނުން ދުރަށްލާފައިވާ ކަމަށް ވެސް މި އިންކުއަރީއަށް އެމްއެންޑީއެފްއިން މައުލޫމާތު ދީފައިވާ ކަމަށެވެ.

އަދި އެކި ފަރާތްތަކުން ރައީސް ނަޝީދު އަވަހާރަ ކޮށްލާނެ ކަމަށް ބުނެ ރޭވުންތައް ރޭވި ކަމަށް ވެސް ރިޕޯޓްގައި ވަނީ ބުނެފައެވެ.

"2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ސުޕްރީމް ކޯތަށް އަންހެން ފަނޑިޔާރުން އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ނިންމުމާއެކު އެ ނިންމުމާ އެއްކޮޅަށް ވޯޓުދޭ މަޖިލިސް މެމްބަރުން މަރާލާނެ ކަމަށާއި އޭގެ ތެރެއިން ރައީސް ނަޝީދަކީ ފުރަތަމަ ޓާގެޓް ކަމުގެ ތްރެޓް އެމްއެންޑީއެފް އަށް ލިބިފައިވެއެވެ. އެހެން ކަމުން ރައީސް ނަޝީދުގެ ތްރެޓް ލެވެލް "ސަބްސްޓޭންޝަލް" ކަމަށް ކަނޑައެޅި" ރިޕޯޓްގައި ބުނެފައިވެއެވެ.

މީގެ އިތުރުން ހަމަ އެއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ރައީސް ނަޝީދު މަރާލަން ބަޔަކު ރާވަމުންދާ ކަމުގެ މައުލޫމާތު މާފުށި ޖަލުގައި ހުރި ހަރުކަށި ފިކުރުގެ މީހެއްގެ ފަރާތުން ލިބިފައިވާ ކަމަށް ބުނެ އަމިއްލަ ފަރުދަކު ކޮށްފައިވާ ޓުވިޓަކުން އެމްއެންޑީއެފްއަށް އެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ނަޝީދު ބޮލަށް ވަޅިއެއް އަދި މެޔަށް ފުރޯއެއް ޖަހާފައި ހުރި ގޮތަށް ހޯދާފައިވާ ފޮޓޮއެއް 'އެންމެން އެކުގައި ދިވެހި' މިނަމުގައި ހިންގާ ފޭސްބުކް ޕޭޖްއެއްގައި ޝާއިއު ކޮށްފައިވާ ކަމަށް ވެސް އެމްއެންޑީއެފްއަށް މައުލޫމާތު ލިބިފައިވާ ކަމަށް ރިޕޯޓްގައި ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ލައްލާ

  މީނައަދިވެސް މައިތިރިނުވޭތާ ހަމަދޮގުހެދުމުގަ

  12
  4
 2. އަމީދު

  މީނާގެ ކިބައިން ދީނާއި ގައުމާއި ދައުލަތާއި ވަތަން އަބަދައްޓަކައި މިންޖުކޮއްދެއްވުމައް އެދި ދުއާކުރަން.

  13
  3
 3. ޝަމްސޫނާ

  ސިޔާސީ ޝައިތާނުން ތިބޭނީ އަބަދުވެސް އެކަކު އަނެކަކައް ފާރަލާލާ ނޫންތޯ. ތިޔައިގަ މީހަކު ހައިރާންވާވަރުކަމެއް އަދިޔެއް ނެތް.