މިއަދު ރާއްޖެ އިން އިތުރު 124 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު މާލެ އިން 26 މީހުން، އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 73 މީހުން ފައްސިވިއެވެ. އޭގެ އިތުރުން ރިސޯޓްތަކުން ނުވަ މީހުން، ސަފާރީތަކުން ތިން މީހުން އަދި ތަރައްގީ ކުރަމުންދާ ރިސޯޓްތަކުން 13 މީހުން މިއަދު ފައްސިވިއެވެ.

މިއަދު 5048 މީހުން ކޮވިޑަށް ޓެސްޓް ކުރިއެވެ. މިއަދު ޓެސްޓް ކުރި މީހުންގެ ތެރެއިން ކޮވިޑަށް ފައްސިވެފައި ވަނީ %2.46 މީހުންނެވެ. މިއަދަކީ ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން ފައްސިވި މީހުންގެ ނިސްބަތް އޭޕްރީލް މަހުގެ 13 ވަނަ ދުވަހަށް ފަހު އެންމެ ދަށަށް ދިޔަ ދުުވަހެވެ.

މިއަދަކީ އަތޮޅުތެރެއިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު 100 އިން ދަށުގައި ހުންނަތާ ތިން ވަނަ ދުވަހެވެ. ފާއިތުވި ދެމަސް ދުވަހުގެ ތެރޭގައި މިނޫނިއްޔާ އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު 100 އިން ދަށުގައި ހުރެ ތިން ދުވަސް ހޭދަވެފައެއް ނުވެއެވެ.

ރާއްޖޭގައި މިހާރު ކޮވިޑް ޖެހިފައި ތިބީ 2865 މީހުންނަށެވެ. އޭގެތެރެއިން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ގެންދަނީ 22 މީހުންނަށެވެ.

ކިޔުންތެރިންގެ ހިޔާލު