މާލޭގައި އިއްޔެ އާއި މިއަދު ކުއްލި ގޮތަކަށް ދެމީހަކު މަރުވެއްޖެއެވެ.
"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އިއްޔެ ވެސް އަދި މިއަދުވެސް ކުއްލި ގޮތަކަށް މަރުވެފައި ވަނީ ދިވެހި ދެފިރިހެނުންނެވެ. އެމީހުން މަރާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ބަލާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް އެއްވެސް މަރެއްގައި ތަހްގީގު ކުރަން ޖެހޭ އިތުރު ކަންތައްތަކެއް ހުރިކަން ފާހަގަ ކުރެވިފައި ނުވާކަމަށް ވެސް ވެއެވެ. މިދެމަރާއި ގުޅިގެން ފުލުހުން އެއްވެސް މައުލޫމާތެއް ނުދެއެވެ.
ދެމީހުންގެ މަރާއި ގުޅިގެން ވެސް އިތުރު އެއްވެސް ތަފްސީލެއް އެހެން އިދާރާއަކުން ވެސް އަދި މިހާތަނަށް ނުލިބެއެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި އަމިއްލަ އަށް މަރުވުމުގެ ހާދިސާތައް ގިނައިން ހިނގަނީ ނަފްސާނީ މައްސަލަތައް ކުރިމަތިވެގެންނެވެ. ދަން ޖެހުން ފަދަ ކަމެއް ކުރަން ހިތައް އަރާނަމަ ނުވަތަ ނަފްސާނީ އުނދަގުލެއް ވާނަމަ ލަސްނުކޮށް އެކަން އެހެން މީހަކާއި ހިއްސާކޮށް ނަފްސާނީ އެހީތެރިކަން ހޯދަން ވާނެއެވެ.
ހިލޭ ކައުންސިލިން ދޭ ތަންތަނުގެ ތެރޭގައި ދަމަނަވެށި ނަންބަރު:3318901 ސޮސައިޓީ ފޮ ހެލްތް ސައިންސަސް (ޝީ) ނަންބަރު:3318804 ،7976325 ޔޫތް އެންޑް ސްޕޯޓްސް ސެންޓަރު ނަންބަރު: 3313755 ،3323860
އަމިއްލަ އަށް މަރުވުމަކީ އިސްލާމްދީނުގައި ވެސް ވަރަށް ބޮޑަށް ޙަރާމް ކުރައްވާފައިވާ ކަމެކެވެ.
ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (لَا ضَرَرَ وَلَا ضِرَارَ) މާނައަކީ: "ގެއްލުން ދިނުމެއްވެސް، އަދި ގެއްލުން ލިބިގަތުމެއްވެސް ނުވެއެވެ."
ދުނިޔަވީ މުސީބާތްތަކަކީ އެކަމަށް ކެތްތެރިވުމުގެ ސަބަބުން ﷲގެ އަޅާއަށް ސަވާބާއި ދަރުމަ އިތުރުކޮށްދެއްވައި އަދި ފާފަތައް ފުއްސަވައި ﷲގެ ރުހިވޮޑިގަތުން ދެއްވާ ކަމެކެވެ.
ހިތާމައެއް ކުރިމަތިވެފައިވާ މީހަކު ނުވަތަ ހިތްދަތިކަމެއްގައިވާ މީހަކު އެނގޭނަމަ އެމީހަކަށް އެހީތެރިވުމަށާއި އެމީހެއްގެ ހިތަށް ތަސައްލީއެއް ދެވޭތޯ ވީ މިންވަރަކުން އެހެން މީހުން ވެސް މަސައްކަތް ކުރަން ވާނެއެވެ.
ތިޔަ ހިލޭ ކައުންސިލިން ދޭ ތަންތަނާއި ގުޅައިގެން އާންމު ރައްޔިތުންނައް ހިދުމަތެއް ނުލިބޭ.. ނަން ލިސްޓް ކޮއްގެން އެތައް ދުވަހެއް ނަގާ. އޭރު ހުންނަނީ ވަގުތު ފާއިތުވެ ވާނި ގޮތެއް ވެ ނިމިފަ.
ހިތާމައެއް ކުރިމަތިވެފައިވާ މީހަކު ނުވަތަ ހިތްދަތިކަމެއްގައިވާ މީހަކު އެނގޭނަމަ އެމީހަކަށް އެހީތެރިވުމަށާއި އެމީހެއްގެ ހިތަށް ތަސައްލީއެއް ދެވޭތޯ ވީ މިންވަރަކުން އެހެން މީހުން ވެސް މަސައްކަތް ކުރަން ވާނެއެވެ. - ތި އީ މި ފަސްގަނޑުގައި ނުވާނެ ކަމެއް! ވަކިން ހާއްސަކޮށް އައްޑޫ ސިޓީ ހިތަދޫ! ދޭ ދޭ އަވައްޓެރިންގެ މެދުގައި ވެސް ނޯވޭ ގުޅުމެއްވެސް.
ކުއްލި ގޮތަކަށް މަރުވީ ދަން ޖެހިގެން ތޯ ؟