ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މެއި މަހުގެ 06 ވަނަ ދުވަހުގެ ރޭ ދިން ހަމަލާ އާއި ގުޅިގެން މަޖިލީހުގެ 241 ކޮމެޓީން ކުރިއަށް ގެންދިޔަ އިންކްއަރީ ރިޕޯޓް މަޖިލީހުން ފާސްކޮށްފިއެވެ. މަޖިލީހުން އެރިޕޯޓް ފާސްކުރީ ރޭ ފަތިހު 04:00 އާއި ހަމައަށް ކުރިއަށް ގެންދިޔަ ޖަލްސާގައެވެ.

ރޭގެ ޖަލްސާއަށް ފަހު މަޖިލިސް ވަނީ މިއަހަރުގެ ދެވަނަ ދައުރު ނިންމާ، ޗުއްޓީއަށް ގޮސްފައެވެ. ރިޕޯޓު ރޭ ފަތިހު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެމްބަރުންގެ އިއްތިފާގުންނެވެ.

ރޭ އާންމު ކުރި އިންކުއަރީ ރިޕޯޓުގައި 45 ރެކޮމެންޑޭޝަނެއް ދީފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ކުރުމަށް ދީފައިވާ 29 ރެކޮމެންޑޭޝަނަކާއި ނަޝީދުގެ ސެކިއުރިޓީއާ ގުޅޭ 10 ރިކޮމެންޑޭޝަނަކާއި ފައިނޭންޝަލް އިންޓެލިޖެންސާ ގުޅޭ ހަ ރެކޮމެންޑޭޝަނެކެވެ.

ނަޝީދުގެ ސެކިއުރިޓީ ބެލެހެއްޓުމުގައި ހާއްސަކޮށް އެމްއެންޑީއެފް އިން ހަދާފައި ހުރި ގިނަ ގޯސްތަކެއް ރިޕޯޓްގައި ފާހަގަ ކޮށްފައި ވެއެވެ. އަދި ހަމަލާއެއް ދީފާނެ ކަމުގެ އިންޒާރުތައް، ނުވަތަ ނިޝާންތައް ފެންނަމުން ދިޔައިރު ވެސް އެކަމަށް އެމްއެންޑީއެފް އިން އެކަށީގެންވާ ވަރަށް ތައްޔާރުވެފައި ނެތްކަމާއި، ފިޔަވަޅުތައް ވެސް އަޅާފައި ނުވާކަން ރިޕޯޓުން އެނގެއެވެ.

ރިޕޯޓާއި ގުޅިގެން އަދި މިހާތަނަށް ސަރުކާރުން އެއްވެސް އެއްޗެއް ނުބުނެއެވެ.

ދިރާސީ އާ އަހަރަށް ދާދިފަހުން ގެނައި ބަދަލާ އެއްގޮތް ކުރަން މަޖިލިސް ޗުއްޓީއަށް ދާ ދުވަސްތައް ވެސް ބަދަލުކުރުމާ ގުޅިގެން، މަޖިލީހުގެ ތިން ވަނަ ދައުރު ފެށޭނީ އަންނަ މަހުގެ 16 ވަނަ ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހާރޫނު

    ފުކެއް ބޮޑުވަރު...އަލައްތަ މީހަކަަށް އަނިޔާވެގެން މިއުޅެނީ...ބަލަ ތި ހާދިސާގަ އަނިޔާވިއޭ އާންމު ރައްޔިތަކަށް ވެސް...ކީއްވެތަ އޭނަގެ ހައްގުގަ ނުތެދުވަނީ....ހީވަނީ ތީ ތަހުގީގު ކުރާ ތަނެއް ހެން .....މަށަކަށް ނުފެނޭ ދެން މި ގައުމުގަ ޕޮލިހުންނާ ސިފައިން ތިބޭކަށް...ހުރިހާ ކަމެއް މަޖިލީހުން ކުރާނުއް...ބޯ ހަލާކު ސަހާދެއް!!🤦‍♀️

    11
  2. ސސ

    ޑރ އަފުރާޝީމް އަލީ ޝަހީދު ކޮށްލި މައްސަލަ ތިޔަ ހަރުގެއިން ތިޔަގޮތަށް ނުބެލުނީ ކީއްވެތޯ ؟ ފަހުގެ ތާރީހެއްގައި މިރާއްޖޭގައި ހިންގި އެންމެ ބޮޑު ޖަރީމާ އެމްޑީއެން ރިޕޯޓް އޮއްބާލަން ނެރޭ ޗަރުކޭސް ރިޕޯޓް !