ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ދިރިއުޅުއްވާ މުލިއާގޭ ކައިރިއަށް ދިޔަ ދެ މީހަކު ގެންގުޅުނު ފޮށިގަނޑެއްގައި ބޮމެއް އޮތް ކަމަށް ބުނެ އިންޒާރު ދިނުމުން އެމީހުން ހައްޔަރުކޮށް، ސެކިއުރިޓީ ވަރުގަދަކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މުލިއާގެ ކައިރިއަށް ދެ މީހަކު ގޮސް، އެމީހުން ގެންގުޅުނު ފޮށިގަނޑެއްގައި ބޮމެއް އޮތް ކަމަށް ބުނެފައިވާ ކަމަށެވެ. އެކަމާ ގުޅިގެން އެ ސަރަހައްދުގައި ފުލުހުންނާއި ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އެމީހުން އިންޒާރު ދިނީ މުލިއާގެ ގޮއްވާލާނެ ކަމަށް ބުނެއެވެ.

ފުލުހުން ވިދާޅުވީ ބޮމެއް އޮތް ކަމަށް ބުނި ދެ މީހުން މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

މުލިއާގޭ ސަލާމަތީ ކަންކަން ބަލަހައްޓަނީ އެމްއެންޑީއެފް އިންނެވެ. އެ ތަނުގެ ބޭރުގައި އާއި އެތެރޭގައި ވެސް ސިފައިން ހަރަކާތްތެރިވަމުންދެއެވެ.

މިދިޔަ މެއި މަހުގެ ހަ ވަނަ ދުވަހުގެރޭ، ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާ އަށް ފަހު، މާލޭގެ ބައެއް ސަރަހައްދުތަކުގެ ސެކިއުރިޓީ ވަރުގަދަކޮށްފައިވާ އިރު، އޭގެ ތެރޭގައި މުލިއާގެ ވެސް ހިމެނެއެވެ. އެގޮތުން މުލިއާގެ ބޭރުގައި ސިފައިން ހަތިޔާރާ އެކު، ފޯރިމަރަމުންދެއެވެ.

ނަޝީދު އަވަހާރަކޮށްލަން ނިރުބަވެރި ހަމަލާއެއް ދިން ފަހުން، މަޖިލިސް އިދާރާ ގޮއްވާލާނެ ކަމަށް ބުނެ މީޑިއާގައި ކޮމެންޓްކުރި މީހަކު ވެސް ހައްޔަރުކޮށްފައި ވާއިރު ސަލާމަތީ ގޮތުން އިތުރު ފިޔަވަޅުތައް ވެސް ވަނީ އަޅައިފައެވެ. އަދި ދާދި ފަހުން އިންޑިއާ ހައި ކޮމިޝަން ގޮއްވާލާނެ ކަމުގެ އިންޒާރު ދިން ދިވެއްސަކު ވެސް ވަނީ ހައްޔަރުކޮށްފައެވެ.

ނިރުބަވެރިކަމަށް ހިތްވަރު ލިބޭ ގޮތަށް ތަންތަނަށާއި މީހުންނަށް ގެއްލުން ދޭނެ ކަމަށް ބުނެ މީސް މީޑއާ އާއި އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް އިންޒާރުތައް ދޭ މީހުންގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވަނީ ކުރިން ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. މއކ

    އެކަމަކުވާދޯ ތިހުންނަނީ މަޖަލަށްވެ ދައްކަން ނުވާވަރު ވާހަކަ

    16
    1
    • ޏަވިޔަނި

      ޑްރާމާ ސަރުކާރު

  2. ވިއްކާލީއޭ

    އެމްޑީީޕީގެ ކޮންމެ ވެރިކަމެއްގައި ރާއްޖެ ވަނީ އެމެން ހަފުސް އަރުވާލާ އަދި ރާއްޖޭގެ މިނިވަން ކަން އިންޑިއާ އަށް ވިއްކާލާ ދިވެހި ރައްޔިތުންނަށް އެތައް ގެއްލުމެއް ދީފައޭ ރައީސް ނަޝީދު ވެރިކަމުގައި އިންޑިއާގެ ކައްޕަޅި ފަގީރު ކުންފުންނަކަށް ވެލާނާ އެއާރޕޯރޓް ވިއްކާލީ އެމަނިއްޕުޅު ކަނޑުފައްތާ ފިލްމް ކުޅެގެން އެއިރު އެމަނިއްޕުޅު ގައިގައި ހުރި ދަ ބަނޑުއަކިރި ކަން ފިލުވާލަންއޭ މި ސަރުކާރުގައި ފާޅުކަން ބޮޑު ގޮތެއްގައި އުތުރު ތިލަފަޅު އިންޑިއާ އަށް ވިއްކާލާ ރާއްޖޭގެ މިނިވަން ކަން ގެއްލުވާލީއޭ...

    49
    2
  3. ތުއްތުނާ

    ތިވެސްވާނީ އެމްޑީޕީ ބައެއްކަމަށް .. އަވަހަށް ޕާޓީންވަކިކޮށްލާ !!

    42
    1
  4. ނެތޭނެތޭނެތޭ

    މުލިއާގެ ކައިރީގައި ބޮމުގެ ހަމަލާ އެއް ދޭނެ ކަމުގެ އިންޒާރު ދިނުމުން އެއިން އެގިގެންދާ އެއްޗަކީ ދެން މިވެރިކަމުގައި ރާއްޖޭގެ ރައްޔިތުންނަށް އަމާން ކަމެއް ނެތް ކަމަށޭ މިކަން ކަން ބަދަލު ކުރަން އެބަޖެހޭ ކޮންމެ ގޮތެއް ހަދައިގެން ނަމަވެސް އެގޮތުން މިސަރުކާރުގެ މިހާރު އޮތް ދޯހަޅި ދެއުއިޅި އެއް ނުވާ ވާހަކަ ދައްކާ އިރު އަތް ބުޅި ކޮށްފައި މަކުނު ވާހަަކަ ދައްކާ އުސޫލުން ވާހަކަ ދައްކާ ކެބިނެޓް އެބަޖެހޭ ކަން ބަދަލު ކުރަން އެނޫންނަމަ ރައްޔިތުންނަށް އަމާން ކަމެއް ނެތޭ ނެތޭ ނެތޭ...

    29
    2
  5. ސަމްސިއްޔާ

    ކޮންބައެއްތަދެން މާ ގައްޑާވެގެން މިއުޅެނީ. ތިޔަ ޖަހާ ޖަމަލު ފޮޑިތަ ގޮވާނީ.

    19
    1
  6. އަމީ

    އިންޑިއާ ބައެއްތަ؟

    14
    • ޜަނާ

      ޢިނޑިއަން ްއެމްބަސީ ގޮއްވާލަން ބުނެގެން އުޅެނީ އެމްޑިޕީގެ އެކްޓިވިސްޓެކޯ މިފަހަރު ކާކުބާ ބޮންޑާމެން ފިތިނަ އުފައްދަނީ މަޖްލިސްގަ ތިބެގެން

  7. ހައްމާ

    ނޭންގެ ވެދާނެ

  8. ހާޝިރު

    ތަންތަން ގޮއްވާ ތަންތަނުގަހުޅުޖެހުން އެއީ އެއގޮތަކައްވެސް ކޮއްގެންވާނެ ކަމެއްނޫން އެކަންކަން އަހަރެމެން ދެކޭކައް ބޭނުމެއްނޫން ނަމަވެސް އެކަންކަމަކީ މީގެކުރިން ފަޚުރުވެރިކަމާއެކު ބަޔަކުމީހުން ކޮއްފައޮތްކަމެއް

  9. Anonymous

    އިންޑިޔާގެ ރެވުން އިންޑިޔާ ސިފައިން ގެންނަން

  10. Anonymous

    މިއީ ލާދީނީ އެމްޑީޕީ އިން ލާދީނީ ބިލާ ދެކޮޅައް ވާހަކަ ދައްކާ މީހުންގެ ނަޒަރު އެހެން ދިމާލަކައް ބަދަލު ކުރަން ވެގެން ޖައްސާ ގޭމް.

  11. އައްޑޫ ޝަކުވާ ބޯޓު

    މިއީ ހަމަ ސީދާ ކެރަފާ ނަޝީދު ކުޅުވާ ޑްރާމާ.
    މިއުޅެނީ ކޮންމެވެސް ނުބައެއް ހަދަން!
    ޖލ

  12. Anonymous

    ތިވާނީ ޔާމިނުގެ އަޅުބޯ އި އަކަށް