ކޮންމެ ހަތަރު އަހަރަކުން އެއް އަހަރަކު އަންނަ ފުޓްބޯޅަ އީދު ކަމަށްވާ ފީފާ ވޯލްޑް ކަޕާއި ދިމާކޮށް ދުނިޔޭގެ އެތަށް ބައެއްގެ މަގުބޫލްކަން ހޯދައިފައިވާ "ކްލިއާ މެން" ޝޭމްޕޫގެ ޕްރޮމޯޝަނެއް ބެސްޓްބައި މޯލްޑިވްސް (ބީބީއެމް) އިން ފަށައިފި އެވެ.

ދުނިޔޭގެ އެންމެ ކޮލިޓީ ރަނގަޅު އަދި އެންމެ ގިނަ އުފެއްދުންތައް ބާޒާރަށް ނެރޭ، ޔުނިލިވާގެ މި ޝޭމްޕޫ ރާއްޖެ އަށް އެތެރެ ކުރަނީ ބީބީއެމްއިން ނެވެ.

މި ޝޭމްޕޫއަކީ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ޕޯޗްގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެމްބެސެޑަރުކަން ކުރާ ޝޭމްޕޫ އެކެވެ.

"ކްލިއާމެން ޕްރެޒެންޓް ފީފާ ވޯލްޑް ކަޕް 2018" ގެ ނަމުގައި ކުރިއަށް ގެންދާ މި ހާއްސަ ޕްރޮމޯޝަން ކުރިއަށްގެންދަނީ ހުޅުމާލޭގައި ހުންނަ ތަޕާސް ކެފޭއާ އާއި ބީބީއެމް ގުޅިގެންނެވެ. މި ޕްރޮމޯޝަންގެ ދަށުން ތަފާސް ކެފޭގައި ވޯލްޑް ކަޕް ބަލަންދާ މީހުންގެ މެދުގައި ގުރުއަތެއް ނަގައި، ނަސީބުވެރި ކޮންމެވެސް އެއް ފަރާތަކަށް ކޮންމެ ދުވަހަކު ދެ ޕިއްޒާ ލިބިގެންފާނެއެވެ.

މި ޕްރޮމޯޝަން މިމަހުގެ 25 އިން ޖުލައި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާއިރު ޕްރޮމޯޝަންގެ މުއްދަތުގައި ކްލިއާ މެން ޝޭމްޕޫ ވަރަށް ހެޔޮ އަގުގައި ލިބިގެންދާނެއެވެ.

ބެސްޓް ބައި މޯލްޑްވްސް (ބީބީއެމް) އަކީ ތަފާތު އަދި މަޝްހޫރު އުފެއްދުންތައް ރާއްޖެ އެތެރެކޮށް ވިއްކާ ކުންފުންޏެވެ. ބީބީއެމް އިން އެތެރެކޮށް ވިއްކާ އުފެއްދުންތަކަކީ ރާއްޖޭގެ އިގްތިސާދުގެ މައި ދޮރުކަމުގައިވާ ފަތުރުވެރިކަމުގެ ދާއިރާއާއި ލޯކަލް މާކެޓްގައިވެސް ބޮޑު ތަރުހީބެއް ހޯދައިފައިވާ އުފެއްދުންތަކެކެވެ.