ރާއްޖެ އަށް ކާޑުގެ ބާވަތްތައް އެތެރެކުރަން އިންޑިއާ އިން ދޭ ކޯޓާ ދަށް ކުރިޔަސް، ކާޑުގެ ބާވަތްތައް މަދު ނުވާނެ ކަމަށް ރާއްޖެ އަށް ގިނަ އަދަދަކަށް ކާޑުގެ ބާވަތްތައް އެތެރެކުރާ ކުންފުނިތަކުން ބުނެފި އެވެ.

ރާއްޖެ އާއި އިންޑިއާގެ ސިޔާސީ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވަނިކޮށް އިންޑިއާ އިން ވަނީ ކާޑުގެ ބާވަތްތަކާއި އަލުވި، ފިޔާ އަދި ބިހުގެ ކޯޓާ ވެސް ވަރަށް ބޮޑަށް ދަށްކޮށްފަ އެވެ. އޭގެ އިތުރުން ހަވާދުގެ ބާވަތްތަކުގެ ކޯޓާ ވެސް މަދުކޮށްފައިވެ އެވެ.

އެނގިފައިވާ ގޮތުގައި ކާޑުގެ ބާވަތްތަކުން ކޯޓާ ދަށްކޮށްފައިވަނީ އެއީ މިހާރު އިންޑިޔާ އިން ރާއްޖެ އެތެރެ ނުކުރާ އެއްޗަކަށް ވުމުންނެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ރާއްޖޭގައި ކާޑުގެ ވިޔަފާރި ކުރާ އެސްޓީއޯ އިން ވެސް ކާޑު އެތެރެ ކުރަނީ އިންޑިޔާ އަކުން ނޫނެވެ.

އޮގޮތުން ކާޑުގެ ބާވަތްތަކުގެ ތެރެއިން ހަނޑޫ ފިޔަވައި އެހެން ބާވަތްތައް މިހާރު ގެންނަނީ އިންޑިއާ ފިޔަވައި އެހެން ގައުމުތަކުންނެވެ. ރާއްޖެ އަށް ހަކުރު އެތެރެ ކުރަނީ ދުބާއީންނެވެ. ފުށް އެތެރެ ކުރަނީ ތުރުކީން ކަމަށް މައުލޫމާތު ލިބެއެވެ.

އިންޑިއާގެ "ދަ ވަޔާ" ނޫހުގައި ބުނެފައިވާ ގޮތުން ކާޑުގެ ބާވަތްތަކުން މި އަހަރާއި އަންނަ އަހަރަށް ރާއްޖެ އަށް ކޯޓާގެ ގޮތުގައި ކަނޑައަޅާފައި ވަނީ 24،581.07 ޓަނުގެ ހަނޑުލާއި 946.21 ޓަނުގެ ފުށާއި 338.47 ޓަނުގެ ހަކުރެވެ. ބިހުގެ ކޯޓާ ވެސް ވަނީ 111،809،090 އަށް ދަށްކޮށްފަ އެވެ. ހަވާދުގެ ބާވަތްތަކުގެ ކޯޓާ ވެސް ވަނީ 122.2 ޓަނުން 31.5 ޓަނަށް ދަށްކޮށްފަ އެވެ.

އެ ނޫހުގައި ވާގޮތުން ކުރިއަށް އޮތް އެއް އަހަރަށް ބޭނުންވާ އަސާސީ ކާބޯތަކެތި އިންޑިއާ އިން ރާއްޖެ އަށް އެކްސްޕޯޓް ކުރާނެ މިންވަރު ކަނޑައެޅީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. ނަމަވެސް، ކުރިން ދޫކޮށްފައިވާ ކޯޓާއާ އެއްގޮތަށް އަންނަ އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް އެ ބާވަތްތައް އެތެރެކުރެވޭނެ ކަމަށް ވެސް އެ ނޫޙުގައި ވެ އެވެ.

އެ ނޫހުގައި ބުނެފައި ވަނީ އިންޑިއާ އިން އާ ކޯޓާތަކެއް ކަނޑައެޅީ ރާއްޖެ އިން މިދިޔަ ތިން އަހަރު އެ ބާވަތްތައް ބޭނުންކުރި މިންވަރަށް ބެލުމަށް ފަހު ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ތިކަން ކުރިމަ ގެއްލުންވާނީ ހަމަ އިންޑިއާއަށް. ޢަވައްޓެރި އެހެން ގައުމުތަކުން ތިއެއްޗިހިލިބޭ. އިންޑިއާ ބޯ ގޮވައިފި. ޙަދާނެ އެއްވެސް ގޮތެއް ނެތް

    • ގަމާރު މީހުން

      ކަލޯ އިންޑިޔާއިން ގެނައިމަ ލިބޭ އަގުގަތަ އެހެންތަންތަނުން ލިބެނީ.. ކަލޭ ގެ ޖީބަށް ހަމަ ބާރު ބޮޑުވަނީ އެހެންތަންތަނުން ގެނެސް އަގުބޮޑުކޮށް ހުންނަ އެއްޗެހި ގަންނަންވީމަ

      • އިންޑިޔާއިން އެތެރެކިރާލެއްގިމަކަމުންދޯ ޑޮލަރު އަގުބޮޑުކުރީ!!

  2. އިންޑިޔާ އަށް އޮންނާނެ ރާކަނިމަސް ކެވިފައި.

  3. ރާއްޖޭގައި ހިންގާ އިންޑިޔާ ކަލްޗަރަލް ސެންޓަރު ހަމަވަގުތުން ވަގުތަށް ބަންދުކުރަން ގޮވާލަން. އެތާގައި ޔޯގާ ކުލާހުގައި "ސޫރިޔާ ނަމަސްކާރު" (އެއީ ކޯޗެއްކަން ހޯދާލާ!) ޖައްސާއިރު، ރޭ ބޭއްވި ލަވަޔާ މިޔުޒިކު ހަފުލާގައި ސޭހުންވެސް ތިއްބާ ފެނުނު.

  4. އިންޝާ ﷲ . ތި ރޭޕިސްތާނުގެ ނުބައި ރޭވުމުން ރާއްޖެ ސަލާމަތް ކޮއްދެއްވާންދޭވެ. ޖީ އެމް އާރު މައްސަލަ އަށް ފަހު ސަރުކާރުން އަޅާފައިވާ އެންމެ ހަރުދަނާ ފިޔަވަޅަކީ ޕްލޭން ބީ ރެޑީ ކުރުން. އެހެންކމުން ދިވެހިންނަށް އިންޑިޔާއިން ކުރާ ޖެއްސުމުގެ އަސަރު ކުޑަ ކުރެވޭ.

  5. ބޯހަލާކު.

  6. މުޅި ދުނިޔޭގައިވެސް މިހާރު އެންމެ ގިނައިން ހަކުރު އުފައްދަނީ ތައިލެންޑަގައި ، އެގައުމުގައި މިހާރު ފޮނިކާ އެއްޗެހި ވަރަށް ގިނަވާނެ އެއީ ހަކުރު އަގުހެޔޮވުމުން ،

  7. އަބްދުއްލާ

    އިންޑިޔާ އިން ދޫކޮށްފަ އޮންނަ ކޯޓާ އާ އެއްވެަރަށް އިންޑިޔާއިން ރާއްޖެ އަށް މުދާ އިމްޕޯޓް ނުކުރާތީ މިވޭތިވެދިޔަ 3 އަހަރު އިމްޕޯޓް ކުރި މިންވަރު ބަލާ އިތުވާ މިންވަރު ކޯޓާ އިންވަނީ އުނިކޮށްފަ. 2012 ވަނަ އަހަރުން ފެށިގެން އިންޑިޔާއިން އަޅާފިޔަވަޅުތަކުގެތެރެއިން ކާބޯތަކެއްޗަށް ލޮޅުން އެރިޔަނުދިނުމަށްޓަކާ އިންޑިޔާ ނޫންގައުމުތަކުން ރާއްޖެއަށް މުދާ އިމްޕޯޓްކުރަންވަނީ ފަށާފަ. ވީމާ އިންޑިޠާއިން އަޅާ މިފަދަ ފިޔަވަލަކުންވެސް އިންޑިޔާގެ މުށުތެރެއަކަށް ރާއްޖެ ނުގެންދެވޭނެ .އިންޑިޔާ އިން އަޅާ ކޮންމެފިޔަވަޅަކަށްއެގައުމުގެ ދަނޑުވެރިންނަށް ގެއްލުންވެގެންދާނެ.

  8. އިންޑިޔާއިން ކޯޓާދައްކުރީ ރާއްޖޭން މިހާރުބޭނުންނެތިގެން އެއެއްޗިއްސައް އޯޑަރުނުދޭތީ. ދެންކޮބާތަ މައްސަލަޔަކީ؟؟؟ މިހާރު ވެރިކަމުގަހުރި ރ.ޔާމިނައް އެންގޭ އިންޑިޔާއަކީ ކިހާވަރެއްގެ ބައެއްކަން އެހެންވެގެން މާކުރިންއޮތީ އިންޑިޔާއައް ބަރޯސާވުންދޫކޮއްލާ އެހެންގައުމުތަކުން ފުށާ، ހަނޑުލާ، ބިހާ އަލުވި އެތެރެ ކުރަންފަށާފަ. މިދިޔަ 3 އަހަރު ރާއްޖެއައް ކާޑުގެގިނަބާވަތްތައް އެތެރެކުރީ އެހެންގައުމުތަކުން، އަގުވެސްހެޔޮވީ. އެހެންވީމަ ދިވެހިން ހަމައުފާކުރަންވީ ރ.ޔާމިނުފަދަ ވެރިޔެއްލިބުނީމަ.

  9. އިންޑިއާ ހަމަ ތެޅި ތެޅި ތިބެން ޖެހޭނީ ތަމެން ކޯޓާ ދަށް ކުރި ނަމަވެސް މިވެރިކަމެއް ނުވެއްޓޭނެއޭ އަދި ހަމަ ރާއްޖޭގެ ރިސޯރޓްސް ތަކުން ތަމެންނަށް ވާރކް ވިސާ ނުދޭނަމޭ މިބުނީ ނޫންތޭ ވަރަށް ސާފު ކޮށް ދެން ލަންކާ އަދި އިންޑިއާ މީހުންނަށް ރާއްޖޭގެ ރިސޯރޓްސް ތަކުން ވާރކް ވިސާ ދިނުން ނިމުނީއޭ ސަބަބަކީ ރާއްޖޭގެ ރިސޯރޓްސް ތަކުގައި ހުރި ވަޒީފާ ތަކަކީ އެއީ ދިވެހި ދަރިންނަށް ހުރި ވަޒީފާ ތަކޭ އެއީ އިންޑިއާ އަދި ލަންކާ މީހުންނަށް ހުރި ވަޒީފާ ތަކެއް ނޫނޭ އިންޑިއާ އަށް އަދި ކުޑާ ކޮށް އިންޑިއާގެ ސައިޒު އޮޅިގެން ނޭ ތިޔާ އުޅެނީ މިފަހަރު އިންޑިއާ ވެސް ސައިޒުން ކަނޑާ ތިރި އަރުވާނަމޭ އަދި ލަންކާ ވެސް ސައިޒުން ކަނޑާތިރި އަރުވާނަމޭ މީ މަމެންގެ ވެރިކަން އަދި މީ މަމެންގެ ގައުމު ޓު މީ އައި އޭމް ބޮދަރޑް އޮން ދިސް އައި ކާންޓް ޓޭކް ދިސް ސްޓަފް ނޯމޯރ. ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ...

  10. ގަމާރުމޯލްޑިވިއަން

    އަހަރެމެން ޔޫރަޕުން ފިޔާ ބިސް ގެންނާނީ

  11. މާމިގިލީ މީހާ

    ރާއްޖެ ދެން ޖެހޭނީ. ބަނޑައް..

  12. އިންޑިއާއިން ކާބޯތަކެތި ނުގެނައިއްޔާ މާ ރަނގަޅު އިންޑިއާއިން ކާބޯތަކެތި ޔޫރަޕަށްވެސް އެތެރެ ނުކުރާނެ ސަބަބަކީ ސާފުތާހިރު ނުވުން ހައިޖިންގެ މައްސަލް ވަރަށްބޮޑު ދިވެހިންނަކީ އަބަދުވެސް ސާފުތާހިރު ކަމަށް ލޯބިކުރާބައެއް.

  13. ނަޖިސް އިންޑިއާގެ މުދާ ރާއްޖެއަށް އެތެރެ ނުކުރުމަކީ މަމެން އުފާ ކުރާކަމެއް އިންޑިއާގެ މުދަލަކީ ދުނިޔޭގައި ޑީ ގުރޭޑު މުދާ.

  14. ތިދަތިތައް ކުރިމަތިނުވެގެން އުޅުނުމީހުނައް ތިއެއްޗެހިތައްދީ މިސަރުކާރައް ހީވެސްނުވާނެ އެކަމާކަންބޮނޑުވެގެން އުޅެނީ މާޑިމޮކުރެޓިކް ވެގެންއުޅޭ މީހުން އަހަރުމެން އަގުބޮޑަސް ގަނެގެން ކާގެންތިބޭނީ މިސަރުއޮތީޔާ އެވަރައްލިބޭނެ ނުލިބިގެން ކޯޓާމަދުވެގެން އުޅުޒަމާން މާޒީވެއްޖެއް އިންޑިޔާ ބޭނުންހާ އެއްޗެއްމިގައުމަކައް ނެހެދޭނެ ދިވެހިރާތްޖެވެސް ދުނިޔެއައްލޯ ދަމާލާފައޮތީ އިންޑިޔާއިންވެސް އެކަންވިސްނުނީތީ ވަރަތްރަނގަޅު އިނދިކޮޅޭމެނައް ހީވެގެންއުޅެނީ އިންޑިޔާނޫނީއްޔާ މިގައުމައް އެއްޗެއްދޭނެބަޔަކުނެތްހެން

  15. ކާޑުގެ ބާވަތްތައް ރާއްޖެ އެތެރެ ކުރަނީ އިންޑިޔާ އަކުން ނޫން ކަމަށް ވާނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ އިންޑިއާ އަށް ޖެހޭނީ މަހަށް ދާން މިފަހަރު އިންޑިއާ އަށް ދައްކާލާނަން މަމެން އިންޑިއާ އާލާތުން ކާރޑް އާއި ކޮމޯޑިޓީސްގެ ކޯޓާ ސްޓްރީމް ލައިން ކުރި ނަމަވެސް މަމެން ޕިންކީން އިންޑިއާ އާލާތުންނަށް ލުޔެއް ނުދޭނަމޭ. އިންޑިއާ އާލާތުން މިކަން މިކުރަނީ އެއީ ގަންޖާބޯ ބުނެގެން ރާއްޖެ އަށް އިގްތިސާދީ ގޮތުން ދަތިވާނެ ކަމަށް ރައްޔިތުންނަށް ދައްކާ ރައްޔިތުންގެ ތެރޭން އަޕްރައިޒިންގް އެެއް އަންނާނެ ކަމަށް ހީކޮށްހޭ ކުޅަދާނަ އެއް ނޫނޭ އެކަން އެގޮތަށް ވާން މަމެން ޕިންކީންގެ ވެރިކަމުގައި އެކަން ގަންޖާބޯ ބޭނުންވާ ގޮތަށް ވިޔަ ނުދޭނަމޭ. މީ މަމެންގެ ވެރިކަން އަދި މީ މަމެންގެ ގައުމު ދޯ. މަމެން ޕިންކީންގެ ބިއުޓިފުލް ސަރުކާރު ހޯލްޑް އިޓް ކްލޯސް ޓިލް ޔޫ ގެޓް އިޓް ގަންޖާބޯ ތިއަރީ އިޒް އޯލްވޭޒް ވޭސްޓް ޓު ދަ ގާރބޭޖް ޔޫ ނޯ އައި ޑޯން ވޮނާ ވޭސްޓް އެނީ ޓައިމް އޮން ހިޒް ނޮންސެންސެސް ވީ ވިލް ގްރޯ އިން ނަމްބަރސް އެކޯ އިން އެން އެރައުންޑް ދަ އޯޑިއެންސް ސޭސް ވީ ޕިންކީސް އާރ ގްރޯވިންގް ސީ ދަ ހޮރައިޒަން ވީ އާރ ޓާރނިންގް އިން ނަމްބަރސް އިންޓް ތައުޒަންސް ވެއަރ އޭޒް ގަންޖާބޯއިއަންްސް ޓާރނިން ޓު ޓެންސް ކަމޯން ސްޓޭންޑް އަޕް ފްރޮމް ދަ ޗެއަރ އެން ޕުޓް ޔުއަރ ހޭންޑްސް އިން ދި އެއަރ އެން ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް...