މާލެ އާއި ހުޅުލެ އާއި ހުޅުމާލެ ކަރަންޓުގެ އެއް ވިއުގައަކުން ގުޅުވާލުމަށް ކުރިއަށްގެންދިޔަ އިންޓަ ކަނެކްޝަންގެ އަމަލީ މަސައްކަތް ނިންމާލައިފިއެވެ.

މި ކަނެކްޝަން ގުޅުވާލުމަށް މޭލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ހެނދުނު ވަނީ ކަރަންޓު ކަނޑާލައިފައެވެ. އަދި އެ މަސައްކަތް ނިންމުމަށް ފަހު މިހާރު ވަނީ ކަރަންޓު ދީފައެވެ. ކަރަންޓު ކަނޑާލާފައި ވަނީ ހެނދުނު 7:00 އިން ފެށިގެން 9:00 އާ ހަމައަށެވެ.

ސްޓެލްކޯ އިން ވިދާޅުވީ މިމަޝްރޫއުގެ ދަށުން ތިން ސަރަޙައްދުގައި ބަހައްޓާފައިވާ ޓްރާންސްފޯމަރުތަކާއި ކަނެކްޝަންތައް ގުޅާލުމުގެ ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާ ކަމަށެވެ. އެއްވިއުގައަކުން ކަރަންޓު ގުޅާލުމުގެ މަސައްކަތުގެ ދަށުން މާލެ އާއި ހުޅުމާލޭގައި ވަނީ 95 އެމްވީއޭގެ ޓްރާންސްފޯމަރު ބަހައްޓައިފައެވެ. އަދި ހުޅުލޭގައި ވަނީ އަށް އެމްވީއޭގެ ޓްރާންސްފޯމަރެއް ބަހައްޓައިފައެވެ.

ސްޓެލްކޯ އިން ވިދާޅުވީ މި މަޝްރޫއުގެ އަމަލީ މަސައްކަތް ނިމިފައިވާއިރު ދެން އޮތީ "އެނަޖައިޒް" ކުރުމުގެ މަސައްކަތް ކަމަށެވެ. މި މަސައްކަތް އަންނަ ހުކުރު ދުވަހު ނިންމާލެވޭނެ ކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.

ހުޅުމާލޭގައި އަޅާފައިވާ 50 މެގަވޮޓުގެ އިންޖީނުގެ އިން 50 މެގަވޮޓުގެ ކަރަންޓު އުފައްދާއިރު، މިހާރު ހުޅުމާލެ އަށް ބޭނުން ވަނީ އެންމެ 15 މެގަވޮޓްގެ ކަރަންޓެވެ. އެހެންވެ، ބާކީ އުފައްދާ ކަރަންޓު މި ވިއުގަ މެދުވެރިކޮށް މާލެ ސަރަހައްދަށް ބަހާލާނެއެވެ.

ސްޓެލްކޯ އިން މިފަދަ މަޝްރޫއެއް ހިންގުމުގެ ބޭނުމަކީ މާލެ އަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ އަށް ހައްލު ހޯދައި ދިނުމެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ޑޯޒީނ

  ޓެންކިޔު ޔާނުބެ

  10
 2. އަލީ

  ޔާމިން ގެ ޕޮލިސީގެ ދަށުން ސިނަމާލެ ބުރިޖް އެޅުމުގެ ފައިދާ.

 3. ޝުކުރިޔާ

  ރައީސް ޔާމީންގެ މަސައްކަތްޕުޅު ޝުކުރިޔާ ރައީސް ޔާމީން

 4. ލޯބިވާ ވަޠަން

  މި ފެންނަނީ ވިޜަނަރީ ލީޑަރެއްގެ މަސައްކަތާއި ޙިކުމަތު އަމަލީ. މިއަދު ގައުމުގެ ހުންގާނުގައި ތިބި މީހުންނަށް މިގައުމަށްޓަކައި އެއްވެސް ކަމެއްކޮށެއް ނުދެވޭ. ޝުކުރީއްޔާ ރ.ޔާމީން. މަނިކުފާނަށްޓަކައި މިގައުމު އަބަދު ވެސް ފަޚްރުވެރިވާނެ.

 5. ތުއްތުނާ

  މިކަމުންވެސް ކުރެޑިޓްނަގާނީ އެމްޑީޕީކަން ޔަގީން!!