ވިޔަފާރި ކުރުމަށް ފަހު ތަކުރާރުކޮށް ސައްހަ ނޫން ސްލިޕް ފޮނުވި މީހެއް ފުލުހަށް ހާޒިވާން އަންގައިފިއެވެ.

ފުލުހުން ވިދާޅުވީ، އެކި ދުވަސް މަތިން ތަފާތު ފިހާރަތަކުން ވިޔަފާރި ކުރުމަށް ފަހު ސައްހަ ނޫން ޓްރާންސެކްޝަން ސްލިޕް ފޮނުވައިފައިވާ މައްސަލައިގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރު ކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށެވެ.

އެގޮތުން ފުލުހުން ހާޒިރުވުމަށް އަނގާފައިވަނީ ހއ. ދިއްދޫ، ވިނޯލިޔާ، އިބްރާހީމް ޚަލީލް (32އ) އެވެ.

އެމީހާގެ އައިޑީ ކާޑު ނަންބަރު ވެސް ފުލުހުން އާއްމު ކޮށްފައިވާއިރު، ފުލުހުން ވިދާޅުވީ، އޭނާ ހާޒިރު ކުރަނީ އެކި ދުވަސް މަތިން ތަފާތު ފިހާރަތަކުން ވިޔަފާރި ކުރުމަށް ފަހު ސައްހަ ނޫން ޓްރާންސެކްޝަން ސްލިޕް ފޮނުވައިފައިވާ މައްސަލައެއްގެ ތަހުގީގުގައި ސުވާލުކުރުމަށް ކަމަށެވެ.

މި މައްސަލައިގައި ހާޒިރު ކުރެވޭ ފަރާތް ހާޒިރުވާން ޖެހޭނީ ޝަހީދު ޙުސައިން އާދަމް ބިލްޑިންގް އަށް މިމަހުގެ 15 ވަނަ ދުވަހުގެ 16:00 އަށް ކަމަށް ފުލުހުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މހމމ

    👀