ތަފާތު އެކިވައްތަރުގެ ކެމިކަލްސް ރާއްޖެއަށް އެތެރެކުރުން ގިނަވެފައި ވިނަމަވެސް، ރައްކާތެރި ގޮތުގައި ނުރައްކާތެރި ކެމިކަލްސް ނައްތާލުމަކީ ރާއްޖެއަށް ދިމާވެފައިވާ ވަރަށްބޮޑު ގޮންޖެހުމެއް ކަމަށް އެންވަޔަރަމަންޓް މިނިސްޓަރ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ޝައުނާ މިހެން ވިދާޅުވީ، ކެމިކަލް މެނޭޖުކުރާ ފެސިލިޓީއެއް މާލެ ސަރަހައްދުގައި ގާއިމްކުރުމަށްޓަަކައި ބޭނުންވާ ފީސިބިލިޓީ ސްޓަޑީ ތައްޔާރުކުރުމަށް ބަޔަކާއި ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުންނެވެ.

ޝައުނާ ވިދާޅުވީ، ރާއްޖޭގައި ރައްކާތެރި ގޮތެއްގައި ކެމިިކަލް ނައްތާނުލެވުމަކީ އިންސާނާގެ ސިއްހަތާ، ވަށައިގެންވާ ތިމާވެއްޓަށް އޭގެ އަސަރުކުރާ ކަމެއް ކަމަށެވެ.

އަދި ރާއްޖެއަށް ކުރިމަތިވެފައިވާ ތަފާތު އެކި ގޮންޖެހުންތަކުގެ ތެރެއިން ރަނގަޅު ގޮތުގައި ކެމިކަލް މެނޭޖްކުރުމަކީ ނުހަނު ސަމާލުކަން ދޭން ޖެހިފަވާ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، މިއަދު ސޮއި ކުރެވުނު އެއްބަސްވުމުގައި ހިމެނޭ މުހިންމު ކަންތައްތަކުގެ ތެރޭގައި ދެމެހެއްޓެނިވި ގޮތެއްގައި ފެސިލިޓީ ހިންގޭނެ އިންތިޒާމުތައް ބަލައި ދިރާސާކުރުމާއި، ފެސިލިޓީގެ އިންޖިނިއަރިންގ ޑިޒައިން ތައްޔާރު ކުރުން ހިމެނޭ ކަމަށެވެ. އަދި ފެސިލީޓީ ގާއިމުކުރުމުން ނުރައްކާތެރި ކުނީގެ ބާވަތްތައް ވަކި ކުރެވި ނުރައްކާތެރި ކުންޏާއި ކެމިކަލްސް މެނޭޖުކުރުމަށް ރާއްޖެއިން ކަނޑައަޅާފައިވާ ސިޔާސަތުތަކާއި ކަމާބެހޭ ގާނޫނުތަކާއި ގަވާއިދުތަކާއި އެއްގޮތަށް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭގޮތަށް ތިމާވެއްޓަށް ގެއްލުން ކުޑަކޮށް ކެމިކަލްސް އަދި ނުރައްކާތެރި ކުނި މެނޭޖުކުރެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޝައުނާ ވިދާޅުވީ، ރައްކާތެރި ގޮތުގައި ކެމިކަލްސް ބޭނުންކުރުމާއި ކެމިލަސް މެނޭޖްމަންޓް ހަރުދަނާ ކުރުމަކީ މި ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށާއި، އަދި ވަރަށް ބޮޑު އަހުމިއްޔަތު ކަމެއް ދީގެން ކުރާކަމެއް ކަމަށެވެ.

"ރައްކާތެރި ގޮތުގައި ކެމިކަލްސް މޭންޖްކުރުމަށް ޕޮލިސީ،ޕްލޭން އަދި ސްޓްރެޖީސް އެކުލަވާލުމުށް ސަރުކާރުގެ ސްޓްރެޖެކް އެކްޝަންޕްލޭންގައި ވަނީ ހިމަނާފައި. ރާއްޖޭގައި މެނޭޖުނުކުރެވޭނެ ފަދަ ކުނީގެ ބާވަތްތައް (މަރކުއިރީ އެކުލެވޭ ކުނީގެ ބާވަތް ތަކުގެ ތެރޭގައި ހިމެނޭ ސިއްޚީ ދާއިރާގައި ބޭނުންކުރާ ތަރމޯމިޓާރ،ބީޕީ އެޕަރަޓަސް ފަދަ ތަކެތި) މި ފެސިލިޓީގައި ގައި ވަގުތީ ކޮށް ސްޓޯރ ކޮށް ބޭރުގެ ފެސިލިޓީތަކަށް ގެންގޮސް ރައްކާތެރި ގޮތުގައި މެނޭޖްކުރުމަށްވެސް މިނިސްޓްރީން ވަނީ ރާވާފައި.". އޭމާ ވިދާޅުވިއެވެ.

މީގެއިތުރުން (ޕެސްޓިސައިޑް ބޭނުންކޮށްފައި ހުންނަ ކަންވާރު،ދަވާދު ހުސްވާ ފީފާ ނުވަތަ ކޮންޓެއިނަރ،ލެބޯރެޓަރީތަކުގައި ބޭނުންކުރާ މުއްދަތު ހަމަވެފައިވާ) ކެމިކަލްގެ ބާވަތްތައް ދެމެހެއްޓެނިވި އުސޫލުތަކާއި އެއްގޮތަށް މެނޭޖުކުރުމަށް މަގުފަހިވެގެންދާނެ ކަމަށާއި، މާހައުލީ ނިޒާމަށް މި ފަދަ ނުރައްކާތެރި ކުނި އަދި ކެމިކަލްތަކުގެ ބާވަތްތައް ބޭރުވުމުގެ ސަބަބުން ފަސްގަނޑާށާއި ކަނޑުގެ ދިރުންތަކަށް ދިމާވެދާނެ ނޭދެވޭ އަސަރުތައް ކުޑަކުރެވި މި ރާއްޖޭގެ ގުދުރަތީ ރީތި ކަން ދަމަހައްޓައި ރައްކާތެރި ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޏަވިޔަނި

    މިނިސްޓަ ރު ފާޑު ނުޖަހާ ... ކުޅޭ ކުޅޭ ކުދިން ލައިގެން ހުސް ހެޑްލައިން ހަދަނީ.... ގޮންޖެހުން ތަކުން އަރަން ވީނުން... ގޮންޖެހުމޭ ނުކިޔާ

    3
    1
  2. އޮޅާލާ

    މިސަރުކާރުގެ ގިނަ މިނިސްޓްރީ ތަކަކީ އެއީ ނަމެއްގައި ހުންނަ ތަންތަނޭ އެމްޑީޕީގެ އެކްޓިވިސްޓުން މިިނިސްޓަރުންނަށް ތިބޭ މިނިސްޓްރީ ތަކުން ކަންކަންކުރަނީ ކޮރަޕްޝަނާއި ފަސާދައިގެ ތެރޭންނޭ އެގޮތުން ރައީސް ނަޝީދުގެ ބޭބެ އަކީ ތިމާވެށި މިނިސްޓަރުގެ ކޮންސެލްޓެންޓެކޭ ދެން އޭނާގެ ކުންފުންނަށް ދިރާސާ ހަދަންދީ އޭނާ އަމިއްލަ އަށް އެދިރާސާ ގަބޫލުކުރާ ގޮތަށް ހެދުމުން ޒީރޯ ޓޮލެރެންސް ތަމެންގެ ވެރިކަމުގައި މިއޮތީ އޮޅާލާ ފައޭ ތަމެން ޒީރޯ ޓޮލެރެންސް އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ