ރައީސް ނަޝީދަށް ދިން ހަމަލާ އާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމެޓީއިން ހެދި އިންކުއަރީ ރިޕޯޓު އާންމު ކުރިއިރު ސިއްރުކޮށްފައިވާ ހުރިހާ މަޢުލޫމާތު ތަކެއް ލީކް ވެއްޖެއެވެ.
އެގޮތުން ސިއްރުކޮށްފައިވާ މަޢުލޫމާތުތަކުގެ ތެރޭގައި ޤައުމީ ސަލާމަތަށް ނުރައްކާވާނެ ފަދަ އެތައް މަޢުލޫމާތެއް ހިމެނެއެވެ.
ރައީސް ނަޝީދަށް ހަމަލާ ދިން ދުވަހުއާއި އޭގެ ފަހުންނާއި ކުރިން ކަންތައް ހިނގާފައިވާ ގޮތުގެ ތަފްސީލް ހިމެނޭ އެ ރިޕޯޓްގައި ވަނީ ބައެއް ތަންތަން ނުފެންނަ ގޮތަށް ކަޅު ކުލައިން ފޮރުވާފައެވެ. އެހެން ނަމަވެސް އެ ފައިލް ޑައުންލޯޑް ކޮށްގެން ފޮރުވިފައިވާ މަޢުލޫމާތުތައް ބެލޭގޮތަށް ހުރިކަން ހާމަ ވުމާއި އެކު މަޖިލީހުން ވަނީ އެ ރިޕޯޓު ވެބްސައިޓުން ނަގައި އަލުން ނުފެންނަ ގޮތަށް ހަދާ ރިޕޯޓެއް އާންމުކޮށްފައެވެ.
މި ރިޕޯޓް ވެބްސައިޓުން ނަގައި ދެވަނަ ފަހަރަށް އާއްމު ކުރި ނަމަވެސް، ކުރިން އާއްމު ކުރި ރިޕޯޓްގައި ވާ ބައެއް މައުލޫމާތުތައް ބައެއް ފަރާތްތަަކށް ލިބިފައި ވެއެވެ.
އާއްމުވެފައިވާ ބައެއް މައުލޫމާތުތަކުގެ ތެރޭގައި ދިވެހި ފުލުހުންގެ ހިދުމަތުގެ އިންޓެލިޖެންސް ސާވިސް މަސައްކަތް ކުރިއަށް ދާގޮތާއި، ދިވެހި ސިފައިންގެ ޑިފެންސް އިންޓެލިޖެންސް ސާވިސް މަސައްކަތްކުރާ ގޮތުގެ ތަފްސީލީ މައުލޫމާތު ފެންނަން ހުއްޓެވެ.
އަދި ރައީސް ނަޝީދުގެ ސެކިއުރިޓީގެ ތަފްސީލުން ފެށިގެން ގޮސް ނިރުބަވެރި ޢަމަލުތައް ހިންގާ ފަރާތްތަކަށް ބޭނުން ހިފޭނެފަދަ މަޢުލޫމާތުތައް ހިމެނެއެވެ.
ފުލުހުން ތަހުގީގު ކުރަމުން އަންނަ މައްސަލައެއްގެ ތަހުގީގު ނުނިމެނީސް އެފަދަ ރިޕޯޓެއް އާއްމު ކުރުމުން ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
އެހެން ނަމަވެސް ރައީސް ނަޝީދު ވިދާޅުވީ، އެ ރިޕޯޓަކީ މަޖިލީހުން ތައްޔާރު ކުރި އެންމެ ފުރިހަމަ ރިޕޯޓް ކަމަށެވެ.
އެ ހަމަ އިންޓެލިޖެންސް ގެންދާގޮތް ބަދަލު ކޮއްލީމަ ނިމުނީނު
އެއީ އެހާ ވަރު ކަމެއްތަ އަޅެފަހޭ
އެކަންކަމައް ނަގާނީ މިނެޓެއް
މިއޮތީވާ ވެރިކަމެއް!! މިއޮތީވާ މަޖްލީހެއް! މުޅި ގައުމު އޮރިޔާންކޮށް ސުންނާފަތިކުރަމުން މިގެންދަނީ!! އެންމެފަހުން ސަލާމަތީ ބާރުތަކުން މަސައްކަތްކުރާގޮތް (އިންޓަލިޖަންސް މަސައްކަތްކުރާގޮތް) މިހާމަކޮށްލީ މުޅިދުނިޔެއަށް! ދެން މިއިގިރޭސި ބަހަށް ތަރުޖަމާކޮށްގެން އޭގައި ހުރި އިންޓަލުޖެންސް ބައިގެ ކަންކަން ބަލައިގެން މިރާއްޖެ އަޅުވެތިކުރަން މަސައްކަތްކުރާ ގައުމުން އިތުރުކުޅިތައް ކުޅޭނެ! މިއޮތީ ވަރަށް ޒިންމާދާރުކަން ކުޑަ ސަރުކާރެއް!! ގައުމީ ސަލާމަތައް މިސަރުކާރުގެ ޢަމަލުތަކުން އެތައް ގެއްލުމެއްދަނީ ވަމުން!!
ޢަބަދު ލީކުވެފަ ... ނުކިޔަވާ ތިބޭމީހުން ތަންތަނާ ހަވާލު ވީމަ ވާ ގޮތް
ޜައިސުކަމުން ނަޝީދު އިސްތިއުފާދިން އިންކުއާރީ ލީނުވޭ 10 އަހަރުވީ... ނޭގޭ މިޙިހުން ކަން ކުރީމަ ވާ ގޮތްތީ
ކަލޭ މެންވެސް މިއޮއް އައްނަ އެންމެ މާތް 10 ދުވަސް އައަް ެިރުވެސް ދީނީ އެއްޗެއް ގެނަސް ނުދެޔޭ
މުޅިން މީހުންގެ މަސްކަނީ
ގިޔާމަތް އަދި އެ ދުވަހުން ވާނޭ ކަންކަން ލިޔެލާފަ މީހުންނަށް އިބުރަތް ތެރި ވާހަކަ ލިޔެލަބަ ދީނީ
އިސްތިއުމާރީ ބޮންދުން މިއުޅެނީ ބޮޑުތަކުރު ފާނުގެ ލަޝްކަރާއި އެތެރެއާއި ބޭރުން ތޮޅެން ، މިކަހަލަ ބޮންދުން އަބަދުވެސް އެކިސިފަސިފާގައި އެކި ދުވަސްވަރު އެބަފާޅުވޭ ލަޝްކަރު ހުށިޔާރުވެ ސާބިތުވެ ތިއްބަވާ !
މަޖިލީހުން ކަމެއް ކޮށްފިއްޔާ ލީކުވާނެ. އެހެން ނޫނަސް ތިޔަ ވަރުގެ ކަމެއް ކުރަން ދަންނާނެ މުވައްޒަފެއް ތިތަނުގައި ނުހުންނާނެ. ސިއްރު ޑޮކިއުމެންޓްތައް ހަދަންވާގޮތާއި ހަދާފައި ރޫޅާނުލެވޭނެހެން މޮޅަށް ޕީޑީއެފް ހަދަން ނުދަންނާނެ. ކޮންމެ މީހެއްގެ އަތުގައި އޮންނާނީ ޑިގްރީ ފުންޏެއް. ޑިގްރީއަށް ވަޒީފާ ދޭން ފެށިފަހުން ދައުލަތުގެ ހުރިހާ ކަމެއްގައިވެސް އޮތީ މިހާލަތު.
އެއްޗެކޭ ބުނީމަ ބުނާ މީހާ ގޯސްވާނީ އަތް ނުބާނަން ޖެހޭ ތަންތަނަށް އަތް ބާނަން އުޅެގެން ވާނީ މިހެން ދިވެހިރާއްޖޭގައި ތަހުގީގުކުރާނެ އިދާރާތަކެއް އެބަހުރި ހުރިހާ ދިމާލެއްގައި މަޖިލިހުން ވަކި ހިއްޕައިގެން މިކަހަލަ ޅައެއްޗެތި ހެދީމަ ވާނެއެތި މިވަނީ މަގޭ ހިތައް އަރާ ބޮޑެތި ހަރަދުކޮށްފަ އިދާރާތައް ތަހުގީގު ކުރަން ހުންނަނީ ކީއްވެގެން ބަވައޭ؟ މަޖިލިސް އެކަނި އޮތީމަ ވާނެ ކަމަށް ބަލައި ކޯޓް ތަކާއި ޕީޖީ އޭޖީ އެމް.އެން.ޑީ.އެފް ފުލުހުން މިހުރިހާތަނެއް ބޭކާރު ތަންތަނަށް މަޖިލިހުން ކުރާ ކަންތަކުން ހާމަވެއްޖެ އެހެންކަމުން މިތަންތަން އުވާލައި މަޖިލިސް އެކަނި އޮތީމަ ރަނގަޅުވާނެ ކަމަށް ފެނޭ އޭރުން އެތަންތަނަށް ހަރަދުކުރާ ފައިސާވެސް މެންބަރުންގެ ޖީބަށް އަޅައިގެން ތިބީމަ ނިމުނީ ! މިވަރުގެ ތަސައްރަފް ނުފުދޭ ބަޔަކު ތިބި މަޖިލިހެއް ނޯންނާނެ މުޅި ދުނިޔޭގަވެސް ހުރިހާ ބާރެއް މުށުތެރެއަށް ލައިގެން ގައުމު ފަސާދަކުރަން އުޅޭ މަޖިލިހަކަށް ފުރުސަތު ދީގެން ނުވާނެ ރައްޔިތުން ހަމަހިމޭނުން ނުތިބެ ނިކުމެ މަޖިލިސް އަދި ސަރުކާރު ހަމަމަގަށް އަޅުވަންވީ ވަގުތު ޖެހިއްޖެ ދައުލަތުގެ ބާރު މިހާރު މަޖިލިހުން ކަނޑުވާލާ ވަކި ވެރިކަމެއް ފަށައިފި މިކަން ބަލަން ތިބެގެން ނުވާނެ ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ނަގާލައިފި މިހާރުން މިހާރަށް ރައްޔިތުން ނިކުންނަންވީ
ތިރިޕޯޓް ޝާއިޢުކުރި މީހުންގެ ނާޤާބިލްކަން ފޮރުވަން އަނެއްކާ 241 ކޮމިޓީން ބޮޑު ތަޙުޤީޤެއް ހިންގުމަށްފެނޭ. ނަޝީދާއި ޕޮލިހާއި ސިފައިންގެ ހުރިހާކަންކަން އެހުރީ ހާމައަށް ފެންނާން. ކުފޫހަމަނުވާ މީހުން ތަންތަނަށްލީމަ ވާނެހައެތިތިވަނީ. އަވަސްއަރުވާަލއިގެން ނަޝީދަށްރައްކާތެރިކަން ދޭނަމޭހިތާކުރިކަންތައް އަތަށްތިގޮވީ. ހިނިއަންނަނީ.
ތިމަޖްލިސްމެމްބަރުން އިއްޒަތްވެގެންގޮސް ވާކަންތައް ތިހުންނަނީ ތިައޮތީ ކޮންމެސް އެއްޗަކަށް ފައިން އެރިފައި
ނިބުރަވެރި ހަމަލާ ރާވާ ތަން މިހާރު ރައްޔިތުންނަށް ސާފުވެއްޖެ
މާވަރުދައްކާފަ ހަސަން ލަތީފާއި، އަސްލަމު ހެދި ރިޕޯރޓު މިވަނީ ތާކުންތާކު ނުޖެހޭ "އަގުޅި ނެއްކަންނެޔޮ" އަކަށްވެ އަތަށް ގޮވާފަ...އަދި ކުރިން ޕޮލިސްގައި މާފުއްޕާފަ (އާދަމް ޒާހިރުގެ ބާރުގައި) އުޅުނު ރިޔާޒު ތިތާގަ އިދެ ޙޭވި ހަޑި ނިކަންބަލާ ބަލަ........
ޤައުމީ ސަލާމަތައްޓަކައި އެއްވެސް މުއައްސަސާއަކަށް ފުލުސް އަދި ޑިފެންސުގެ އިންޓެލިޖެންސު މަޢުލޫމާތުތަކާބެހޭ ގޮތުން ސުވާލެއް ނުކުރެވޭނެ ސިއްރުވާނެކަމަށް ދެއްކިވާހަކަ ފަޅާއެރީ މަޖިލީހަކަށް އިތުބާރެއްނެތް