އެމެރިކާގެ ހައްދުފަހަނައަޅާފައިވާ ރައީސް، ޑޮނާލްޑްޓް ޓްރަމްޕަށް ނިސްބަތްވާ ޚަބަރުތަކުގައި އޭނާއަށް ނިސްބަތްކޮށް މާތް ބަސް ބޭނުން ނުކުރުމަށް "ވަގުތު" އިން ނިންމައިފިއެވެ.

"ވަގުތު" އިން މިގޮތަށް ނިންމާފައިވަނީ، ފަލަސްތީނުގެ ގުދުސްއަކީ، އިޒްރާއީލުގެ ވެރިރަށް ކަމަށް އެމެރިކާއިން ކަނޑައަޅައި ރޭގެ ވަގުތެއްގައި ޓްރަމްޕް އެކަން ޢިއުލާނުކޮށްފައިވާތީ، އެކަމާ ދެކޮޅު ހެދުމުގެގޮތުންނެވެ.

ޓްރަމްޕްގެ މި ނިންމުމަކީ އެއްވެސް ހައިސިއްޔަތެއް ނެތި، އެކަމާ ދެކޮޅަށް މުޅި ދުނިޔެ އަޑުއުފުލަމުންދަނިކޮށް ނިންމާފައިވާ ނިންމުމެކެވެ. މިއީ އޭނާ މީގެ ކުރީން، އެމެރިކާގެ ވެރިކަމަށް އައުމުގެ ކުރީންވެސް އިޒްރާއިލްގެ ހައްދުފަހަނައަޅާފައިވާ ބޮޑުވަޒީރު ބެންޖަމުން ނަތަންޔާހޫއާއެކު ހަދާފައިވާ "ޑީލެއް"ގެ ދަށުން ނިންމި ނިންމުމެކެވެ.

ފަލަސްތީނުގެ ކުށެއްނެތް މުސްލިމުންނާ ދެކޮޅަށް، ނަތަންޔާހޫ މީގެ ކުރީންވެސް އިޒްރާއިލްގެ ސިފައިން ލައްވާ ގަތުލުއާންމު ހިންގުވާފައިވާއިރު، ޓްރަމްޕް ރޭ ނިންމި ނިންމުމަކީ އެކަންކަމަށް އޭނާގެ ތާއީދުއޮތްކަން މުޅި ދުނިޔެއަށް ހާމަކޮށް އެކަމަށް ފަހިކޮށްދިން އިތުރު ފުރުސަތެކެވެ.

ފަލަސްތީނުގެ ގުދުސްއަކީ، މުސްލިމުންގެ އެންމެ މުޙިންމު އެއް ބިން ކަމުގައިވާއިރު، އެ ބިމަކީ މާތްވެގެންވާ މަސްޖިދުލް އަގްސާވެސް ހުންނަ ބިމެވެ.

ADS BY SHEESHA

އިޒްރާއިލްގެ ބޮޑުވަޒީރު، ނަތަންޔާހޫ ވެސް މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ޖަރީމާތަކާ ގުޅިގެން މީގެ ދެ އަހަރު ކުރީން "ވަގުތު" އިން ވަނީ އޭނާއަށް ނިސްބަތްކޮށް މާތް ބަސް ބޭނުން ނުކުރުމަށް ނިންމާފައެވެ.

40 ކޮމެންޓް

 1. ދިވެހީންގެ ތެރޭގައި ވެސް ނުބައި ނުލަފާ ޖާހިލު ބަގައެއް އެބަ އުޅޭތާ. މުސްލިމުން މިހާ ނުބައީ ކީއްވެ؟ ޖެރޫސަލަމުގެ ހަގީގަތަކީ ކޮބައިތަ؟

 2. ތިތަން އެއްވެސް ބަޔަކަށް ދޭނެ ކަމެއް ނެތް. ނިއުކު އަޅާފަ ޗާޓުން ފުހެލަން ފެންނަނީ

 3. މޮޔަ ޢަލީކަލޭ ލާދީނީވިޔަސް ބޮޑުވަރު ދެން މުސްލިމަކު ނޫސްވެރިޔަކަށް ވެއްޖިއްޔާ ސޫރަތުލް ކާފިރޫންވެސް ނުކިޔަ ދޯ ހުންނަންވީ. ކަލޯމެންގެ ދޫތަކުން ތިފާޅުވަނީ މިއޮށް ހުރިހާ ދުވަހު ފޮރުވާފަ އޮތް ކުފުރާ ނިފާގު. އެމީހުން ޖިޒިޔަ ދޭންޖެހޭގޮތްވެސް އެއޮތީ އެކަމު ކަލޯމެނަކަށް އެއަޑުއަހާކަށް ކެތެއް ނުވާނެ

 4. ކަމެއް ހައްލު ކުރަން ކަމަށް ބުނެ އެކަން ހައްލު ވިޔަ ނުދީ ހިފަހައްޓަން އެ އުޅެނީ

 5. ނޫސްވެރިންނަކީ ކަމެއް ހިގިގޮތަށް ތެދަށް ރިޕޯޓު ކުރަން ތިބޭ ބައެއް. ކަމެއް ހިގި ގޮތެއްގެ ސަބަބުން އެކަމާ ރުޅިއައިސް މީހުންނަށް ހުތުރު ބަހުން ނުވަތަ އެނޫން ގޮތަކަށްވެސް މުއާމަލާތްކުރުމަކީ ނޫސްވެރިކަމުގައި ހިމެނޭ ކަމެއް ނޫން. ފަރުދީގޮތުން އަދި ނޫންނަމަ ކޮންމެވެސް އެހެން ހައިސިއްޔަތަކުން އެކަން ކުރެވިދާނެ. ނަމަވެސް އެއީ ނޫސްވެރިކަމުގެ ތެރެއިން ކުރަންއޮންނަ ކަމެއް ނޫން.

 6. މުސްތަގުބަލުގެ ދިވެހި ދަރީންނަށް ތިޔަ ދަސްކޮށްދެވެނީ ނުބައި މިސާލެއް. ހެޔޮކަމާ އޯގާވެރިކަމާ އިހްތިރާމު ކުރުމާއި މާފު ކުރުމުގެ ރީތި ސިފަތައް ވަގުތުން ދަމަހަށްޓާ ދީ.

 7. ދަށުދަރަޖައިގެ ނިންމުމެއް. ގުދުސްގެ ހަގީގަތް ފުރަތަމަ ލިޔެލަބަލަ

 8. ތިޔަކަމުގެ އަޑިގަ ހުރި ސައުދިއަރަބިޔަ ގެ ދައަޖާލުވެސްހިމަނާ

 9. ވަރަށްރަންގަޅު ނިންމެވުމެއް މާޝާﷲ..!

 10. މަނަމަ އެމެރިކާގެ ހަބަރު ނުވެސް ގެނެސް ދޭނަން..

 11. ވަގުތު ކުދިންނަށް ހަމަ ސާބަސްދޭހާ ގަދަ ކަމެއްތިކުރީ.މަށަށް އަދި ރަގަނޅީ (ބޅ، އރ، ކއތ، ހމރ، ބކރ، ނގބޅ، ހޔތކޑ،)މިފަދަ ބަސްބަހުގައި ފިލިޖަހައިގެން ލިޔުނީޔާ.އޭރުން އަދި ވަކިން ފުރިހަމަވާނެ އެލިޔުމެއް.އެންޑް އަހަރެމެން ވަކިކިއްކުރަންތަ އެމީހުން ބޯލަށްލާ މާހެޔޮ އެދެން. [އަހަރެމެންގެ ރަސޫލާﷲ(ޞ) ވެދާޅުވެފަވަނީ ތިޔަބައި މީހުންނަށް ހެޔޮކޮން ހިތާ ބަޔަކަށް ތިޔަބައި ހެޔޮކޮށް ހިތާށވެ.]
  އަދި ރަގނޅުވާނީ އެވޯރާއިން ތަކަށް ރާއްޖެ ނާދެވޭގޮތް ހަދާނަމަ.އޭރުން ވަރަށް ފޯރިހުންނާނެ..

 12. ރަނގަޅު ހަމަ. ރަސޫލާވެސް އަބޫ ޖަހުލަށް ޖާހިލުންގެ ބައްފަގެ ނަން ދެއްވީވެސް އޭނާ މުސްލިމުންނަށާއި ރަސޫލާއަށް ކުރާ ފުރައްސާރައާއި ދީނާ ދެކޮޅުވެރިވެ އަނިޔާވެރި ވުމުން. ޓްރަމްޕަކީވެސް ހަމަ އެފަދަ ޖާހިލެއް އަނިޔާވެރިއެއް. މުސްލިމުންގެ ދުޝްމަނެއް..

 13. ޓްރަމްޕް ގޮލާ ވެއްޓޭނެ ވަގުތަކަށް އިންތިޒާރު މިކުރަނީ.

 14. ކޮން ޓްރަމްޕަޓެއް ގޮއްވާ ކަށް ....ކުއްތާ ގެ ލަގަބު ހަރުބީ ކާފަރުން ނަށް ދޭން ވީ

 15. ތިއައީ ވަރަށް ހެއްވާ ކަމެއް. ޓްރަޕް ކޮށްފާނެ ވެރިއެއްގެ ހައިސިއްޔަތުން ކޮންމެ ކަމެއްވެސް. އެހެންނަނަމަވެސް ދިވެހި ބަހުގައި ވެރިންނަށް ކުރަންޖެހޭ އިހްތިރާމު އެއްވެސް މީހަކު ތަފާތު ކުރުމެއް ނެތި ކުރަންޖެހޭނެ. އެއީ، ޓްރަޕް ކަމަށްވިސް، ރައީސް ނަޝިދު ކަމަށް ވިއަސް، ރައީސް މައުމޫނު ކަމަށް ވިއަސް އަދި ރައީސް ޔާމިން ކަމުގައި ވީނަމަވެސް.
  އެހެނެއްނޫން ޓްރަޕްގެ އެ ނިންމުން އެއީ އަހަރުމެން މުސްލިމުން ގަބޫލު ކުރާނޭ ކަމެއް ނޫން.
  އެކަމަކުވެސް ތަރީހީގޮތުން ޔަހޫދީންނަށާއި، މުސްލިމުންނަށް އަދި ކްރިސްޓިއަނުންނަށްވެސް ބެހިގެން ގޮސްފައިވާ ގުދުސް ހިމެނޭ ސިޓީގައި މި 3 ބައިމީހުންވެސް އުފަލުގައި އެކުއެކީގައި އުޅޭތަން ދެކެން ވަރަަށް ބޭނުންވޭ. ހަމަނުޖެހުމަކާ ނުލާ. އެބިމަކީ ކުރިން ސުރެއްވުންސް ޔަހޫދީންވެސް ގިނަ އަދަދަކަށް ދިރިއުޅެމުން ދިޔަ ބިމެއް. މައްސަލަ ފަނި ކުރީ 2 ވަނަ ބޮޑު ހަނގުރާމައަށް ފަހު ވަކިން ޔަހޫދީންނަށް ސިޓީއެއް ތަނުގައި ގާއިމް ކޮށްދޭން އުޅެން ފެށުމުން. އޭގެ މާކުރިން ސުރެއްވެސް މުސްލިމުންނާ ޔަހޫދީން އެކުއެކީގައި ދިޔައީ ދިރިއުޅެމުނ.ް

  • އެހެންވިއްޔާ ފިރުއައުނާއި އަބޫޖަހުލަށް ވެސް މާތްބަސް ބޭނުން ކުރަންވީނުން. އެ އޭ ކާފަރުންގެ ތެރޭގައި ޤަދަރު ކުރާ ދެމީހަކަށް ވީތީ.

 16. ޑިމޮކްރަޓިސްޓް

  ބަރާބަރު ނިންމުމެއް.. ގޮތެއްފޮތެއް ނެތް ޝައިތާނީ މީހަކަށް މާތްވާކަށް ނުޖެހޭ..

 17. ތިނިންމެވި ނިންމުމަށް ފަށްފަށުން ޝުކުރިއްޔާ، އެއީ ނުލަފާ ޖާހިލެއް އޭނަގެ މުދަލާއި މަގާމު ހިދިކޮޅެއގެ ތެރޭގައި ނިމިދިއުން އެދި ﷲ އަށް ދުޢާކުރަން.

 18. ސުކުރިއްޔާ... ޥަގުތު ނިންމުމައް،

 19. ޢެހެންވިޔާ ޓުރަމްޕު އައްތުރެ ކަލޭވެސް ނުބައި

 20. ދެން ލަދު ކިއާ އެޔާ ދިމާ އައް! 😂😂

 21. ޝުކުރިއްޔާ ވަގުތު

 22. ކެކެކެކެކެ. އަދި ފެންނަނީ ބާޒާރުމަތީ ބަހުރުވަޔަށް ތިގޮލާގެ ޚަބަރުތައް ލިޔަން. އޭރުން އޭނަ ވަރަށް ދެރަވާނެ.

 23. ބަރާބަރު

 24. ސާބަހޭ ވަގުތު މީހުނަށް

 25. ތިޔަ ހިތުން ވަރަށް މޮޅުކަމެއް.. ޓްރަމްޕް އެބަ ރޮއި... އަނެއްކާ ތިޔައީ މާތް ނަބިއްޔާ ދަސްކޮށްދެއްވި މިސާލާ ދިމާ އިދިކޮޅު ޢަމަލެއް.. މައްކާގެ މުޝްރިކުންނާ ޔަހޫދީން އެތަށް ދުއްތުރާލެއްކޮށް މުޢާހަދާތަކުގެ ހުރުމަތް ކެނޑި އިރުވެސް އެކަލޭގެ ފާނު އެބައިމީހުންނާ މުޚާތަބުކޮށް މަޝްވަރާކުރެއްވީ އިހްތިރާމާއެކު އެއީ އިންާނުންނަށް ވީތީ.. ވަގުތުން ތިޔަ ފޮލޯ ކުރާ މިސާލެއް ނޭނގުނު ތިޔަ އުޅެނީ ހަމަ ނުލަފާ ޔަހޫދީ އިޒްރައީލު ޒައެނިސްޓުން އުޅޭ ވައްތަރަށް

  • އާދަމުގެ ދަރިޔާ

   ކާފަރުން ތެރޭގަ ތިބި، ފާޅުގާ މުސްލިމުންނަށް އަނިޔާކުރާ ޝައިތާނުންނަށް އިޙްތިރާމެއް ނުކުރެވޭނެ. އެމީހުންނާއި ހަނގުރާމަކޮށްގެންވެސް މި މުޤައްދަސްބިން ޙިމާޔަތް ކުރުން އޮތީ.. މުސްލިމުންނޭ ކިޔާ ދެފުއް ކެހެރިން ގިނަވެގެން މުސްލިމުން ބަލިކަށި ވަނީ ރަސޫްލާ ޞޢވ ގެ މިޒާޖުފުޅެއް، އެކަލޭގެވާނުގެ ޚުލްޤުފުޅެއް އަދި މާތް ނަބިއްޔާ ޞޢވ އުޅުއްވި ހެޔޮލަފާ ގޮތްކޮޅެއް އިތުރު އެއްވެސް އާދަމުގެ ދަރިޔަކަށް ނުލިބޭނެ... ތިބޭފުޅާވެސް ތިޔަ ވިދާޅުވާގޮތުން ހީވަނީ މިކަމަށްވެސް ހަޖޫޖައްސަވަނީހެން...

  • ފިރިމަންސް ޝަރީފް

   ދުރަންޕެއް ނުހޭރޭނެ , އެހެންވީމާ އަހަރެމެން އޭނަޔައް ތައުރީފުބާ ކުރަންވީ ، އަދި އަބޫޖަހުލު އެންމެ ފަހު ވަގުތުވެސް ދެރައެއް ނުވޭ ،އަދި ޢަދާވާތްތެރިކަން ގަދަކުރީ ، އެހެނޭކިޔާފަ އަހަރެމެން އޭނަޔައް ތައުރީފްކޮއް ޝަނާކިޔަންވީބާ ،

  • ބަލަގަ ނަބިއްޔާގެ ޒަމާނުގަ އުޅުނީ އަދި މާ ނުބައި ޖާހިލު މުސްލިމުންނަށް އަނިޔާ ދޭ ބައެއް.. އައިސިސްގެ ވިސްނުމުގެ މީހުންގެ ހިޔާލު ތިޔަ ފާޅުކުރަނީ.ީ އަސްލު ގެ ކޮމެންޓް ހަމަ 100.. ދެން ވަގުތުން އެހެން ލިއުނޭ ކިޔާފަ އެ ބިން ހިމާޔަތްކުރުމަށް ކަމެއް ކުރެވުނީތަ އެ..؟؟ މި އަށްވުރެއް ގަދައަށް އެންމެން ގުޅިގެން ޔަހޫދީ ޒައިނިސްޓުންގެ ބާރު ކަނޑުވާލަން މަސައްކަތްކުރަން އެބަޖެހޭ

 26. އާދަމް ސަފީޤް

  އޭނާއެކަން ކުރުމަށް މުހައްމަދު ރުހިގެން ހުރިހުރުމަކީ ދެހަރަމުގެ ބެލެހެއްޓުން ތެރިޔާ ދީނަށް ކިރާ ޖެއްސުމެކެވެ. ދީނުގެ ދިފާއުގައި ސައޫދީނެތް ކަމުގެ ރަމްޒެކެވެ. ޓްރަމްޕައްވުރެ ނުބައީ މުހައްމަދެވެ.

  • އާދަމުގެ ދަރިޔާ

   މުޙައްމަދު މެން ތިބީ ދަށުވެފަ އެކަމަކު ޓްރަމްޕް ދޯ އެކަން ނީންމީ ވީއިރު ތީ ދެކޮޅު ނުޖެހޭ ވާހަކައެއް އަދި މި ޓޮޕިކާވެސް ގުޅުން ހުރި ވާހަކައެއް ނޫން... މި ހާރު މި ދައްކަނީ ވަގުތު ނޫހުން ކުރި ރަނގަޅު ކަމެއްގެ ވާހަކަ އެކަމަށް އެ ޓީމަށް ޝުކުރު އަދާކުރުން... މުޙައްމަދުގެ ބާބު އޮތީ އަދި ފަހުން...

  • މުހައްމަދު ތި ނިސްބަތްކުރަނީ ކާކައްތަ.. ވވވވވވވވވވވވވވވވ އަވަހައް އިގެންބޭނުން

  • ތިކިޔާއެއްޗެއް ސާފުކޮށް މަގޭ ކުރިމަތީ ކިޔާބަލަ، ފިލާނޯވެ. ފިނޑި

 27. ޝުކުރިއްޔާ... ވަގުތު މެނޭޖްމަންޓަށާއި ޓީމަށް... ހަރުބީ ކާފަރުންގެ ތެރޭގައި ވެސް މުސްލިމުންނަށް ޤަދަރުކުރުން އޮވޭ ނަމަވެސް މި ދެ ޝައިތާނު ( ޓްރަމްޕު މިނިކާވަގާއި، ޑްރެކިއުލާރ ނަަތަންޔާހޫ ) މީ ހައްދު ފަހަނަ އަޅައިގެން ގޮސް މުސްލިމުންގެ ލޭބޯން ނުކުމެ އުޅޭ ދެ ޝައިތާނުން... ޔާ ﷲ މި ދެޝައިތާނުންގެ ނިންމުން ނާކާމިޔާބުކުރައްވާ މި ދެ ޝައިތާނުންގެ ނެތި ދިއުން އަނިޔާވެރި ކުރައްވާ މުސްލިމުންގެ މުޤައްދަސް ބިން ޙިމާޔަތް ކޮށްދެއްވާނދޭވެ... އާމީން...

 28. ތިޔަ ނިންމުމަށް ތާޢީދު!

 29. މާޝާﷲ . ވަރަށް ރަގަޅު ނިންމުމެއް.

 30. ސަޅި

 31. ﷲ ތިކަމުގައި ތިޔަފަރާތަށް ކޮންމެސް ސަވާބެއްދެއްވާނެކަމަށް އުންމީދުކުރަން. އިންޝާ ﷲ.

 32. ސާބަސް...ވަގުތު ނޫސް..

  • ބަގުދާދީ،އުސާމާ ބިން ލާދިން،އަންވަރު އައުލާކީ އަށް ކިހިނެއް ބާ ނިސްބަތް ކުރާނީ