ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ރަސްމީ ވެބްސައިޓް މިއަދު އިފްތާހްކޮށްފިއެވެ.

ޑރ.ޝަހީމް.ކޮމް ގެ ނަމުގައި އޭނާގެ އަމިއްލަ ވެބްސައިޓެއް އިފްތިތާހްކޮށްފައިވާއިރު، އޭނާ ވިދާޅުވީ، އަޒުމަކީ އެ ވެބްސައިޓް މެދުވެރިކޮށް އިލްމު ފަތުރައި އިސްލާމީ ޙަޟާރަތަށް ހިދުމަތްކުރުން ކަމަށެވެ.

އޭނާއާ ގުޅޭގޮތުން އޭނާގެ ވެބްސައިޓްގައި ލިޔެފައި ވަނީ، އޭނާ ފުރަތަމަ ޑިގްރީ ހާސިލްކުރައްްވާފައިވަނީ އިސްލާމިކް ޔުނިވަރސިޓީ އޮފް މަދީނާއިން ކަމަށެވެ. އަދިމާސްޓަރ ޑިގްރީ އާއި ޑޮކްޓަރ އޮފް ފިލޯސަފީ ހާސިލްކުރެއްވީ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިޔާއިން ކަމަށް ލިޔެފައި ވެއެވެ.

އެ ވެބްސައިޓްގައިވާގޮތުން އޭނާ ވަނީ ރާއްޖެއަށް މިހާތަނަށް ވެސް އެކިދާއިރާތަކުން ފާހަގަ ކޮށްލެވޭފަދަ ހިދުމަތްތަކެއް ކޮށްދެއްވާފައެވެ. އެގޮތުން ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ މުޝްރިފް މުސާޢިދުކަމާއި ވިލާކޮލެޖްގެ ފެކަލްޓީއޮފް ޝަރީޢާގެ (ފައުންޑިން) ޑީންކަމާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެެއާޒުގެ ސްޓޭޓް މިނިސްޓަރުކަމާއި އެ މިިނިސްޓްރީގެ މިނިސްޓަރުކަމާއި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ވައިސް ޗާންސެލަރުކަމާއި، އެޔުނިވަރސިޓީގެ ޗާންސެލަރުކަމާއި އިސްލާމީ ޤައުމުތަކުގެ ޖަމްޢިއްޔާ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރުކަމާއި، އޯއައިސީގެ ވޮއިސް އޮފް ވިސްޑަމް ސެންޓަރުގެ އިންޗާޖުކަން ހިމެނެއެވެ. މީގެ އިތުރުން ބައިނަލްއަޤުވާމީ ތަޢުލީމީ އަދި އިސްލާމީ އެކި އެކި މުއައްސަސާތަކުގެ ތައުސީސީ މެމްބަރުކަމާއި، މެމްބަރުކަމާއި ރާއްޖޭގެ ފިޤުހު އެކަޑަމީއާއި މަނިޓަރީ އޮތޯރިޓީގެ ޝަރީޢާ ބޯޑުގެ މެންބަރުކަން ވެސް ކޮށްފައިވެއެވެ.

ދުނިޔޭގެ އެންމެ ނުފޫޒު ގަދަ 500 މުސްލިމު ލީޑަރުންގެ ލިސްޓުގައި އިދާރީ ލީޑަރުންގެ ބައިގައި ޑރ. ޝަހީމްގެ ނަން ހިމެނިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙހހހ

    2023 ގެ ރައީސް

    4
    1
  2. ކޮޔަވާ ދަރިވަރު

    އަލްޙަމްދުﷲ ވެބްސައިޓް ވަރަށް ފުރިހަމަ. އުއްމީދު ކުރަން ކޮލެޖުތަކުގެ ކިޔަވާ ދަރިވަރުންނަށް އެކިއެކި މައުޟޫޢުތަކަށް. މަޢުލޫމާތު ލިބޭފަދަ ލިޔުންތަޢް ޑރ ޝަހީމްގެ ވެބްސައިޓުން ފެނިގެންދާނެ ކަމަށް.