ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން މަޖިލީހުގެ 241 ކޮމިޓީން ތައްޔާރު ކޮށްފައިވާ އިންކުއަރީ ރިޕޯޓަކީ ވަރަށް ފެންވަރު ދަށް ހަމަ ނުޖެހޭ ރިޕޯޓެއް ކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

މެއި ހަވަނަ ދުވަހު ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅީގެން މަޖިލީހުގެ 241 ކޮމިޓީން ވަނީ 270 ވަރަކަށް ސަފްހާގެ ރިޕޯޓެއް އާއްމު ކޮށްފައެވެ. އެރިޕޯޓުގައި ނަޝީދަށް ހަމަލާ ދިނުމުގެ ކުރިންނާއި ހަމަލާދިން ދުވަހު އަދި އޭގެ ފަހުން ކަން ހިނގާފައިވާ ގޮތުގެ ވަރަށް ތަފްސީލީ މައުލޫމާތު ހިމަނައިފައެވެ.

އެރިޕޯޓާއި ގުޅިގެން މަލީހު ވިދާޅުވީ، އޭނާ އެ ރިޕޯޓް ވިދާޅުވެފައިވާ ކަމަށާއި ރިޕޯޓުގައި އެތަކެއް ވާހަކައެއް ތަކުރާރުކޮށް، ވަކި ގޮތަކަށް ނަޖީޖާ ނެރުމަށް މަސައްކަތް ކޮށްފައި ހުރި ކަމަށެވެ.

"241 ރިޕޯޓް ކިޔައިފިން. ވަރަށް ފެންވަރު ދަށް ރިޕޯޓެއް. ތަކުރާރުކުރުން ގިނަ. ސްޓްރަކްޗަރ ބަލިކަށި. ވަކި ގޮތަކަށް ނަތީއްޖާ ނެރެން މަސައްކަތްކޮށްފަ އެބަހުރި. ބޮޑީގައި ހުރި މަޢުލޫމާތާއި ކޮންކުލޫޝަނާއި ދިމާނުވޭ. ރިޕޯޓްގައި ހިމަނަންޖެހޭ މުހިންމު ބައިތައް ނުހިމަނާ. ވަށާ ނުޖެހޭ." މަލީހު ވިދާޅުވިއެވެ.

މި ރިޕޯޓާއި ގުޅިގެން ގިނަ ބަޔަކު ހިތް ހަމަ ނުޖެހުން ފާޅު ކުރަމުން އައި ނަމަވެސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އެ ރިޕޯޓަކީ މަޖިލީހުން ހަދަމުން އަންނަ ރިޕޯޓްތަކުގެ ތެރެއިން ވަރަށް ފުރިހަމަ ރިޕޯޓެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަލްޖިބްރާ

    ވަޒީފާއިން ވަކިކުރީމަ އަގަމަޑުން ލައިގެން ނުހުރެވިގެން ތިއުޅެނީ އަގައިގަ ރެވިތެޔޮ އުގުޅައިގެން ތަ ؟ ކަލެއާއި ބެހޭކަމެއްނޫން ! ކަލެއާއި ހަވާލު ކުރި ކަންތަށް ނުވެގެން ބޭރު ކުރިމީހަކު ނުބެހޭ ކަންތަކާ ބެހިގެން ވާނެ ފައިދާއެއް ނެތް !

    10
    20
  2. ލޫޓުވާ

    ހުރިހާ އިންޓަލިޖެންސްގެ ސިއްރު ހުރިހާ މަޢުލޫމާތު ލީކުވެއްޖެ. ނަޝިދު ބުންޏަސް ރިޕޯޓް މޮޅެއް ނުވިއެއްނުން. ދައުލަތުގެ ސޯޓް އަމިއްލައަށް ބާލައިފި. ފޭކްބޮމެއްގޮއްވީމަ ރިޕޯޓްވެސް ފޭކްވާނެތާ. ހުރިހާކަމެއް ބޭޒާރުވެއްޖެ

    18
    4
  3. .......

    މަލީހު ގެ ބުނުން ފުރާ ފުރިހަމަ...އާންމުކޮށް އިވެނީ ގޯހޭ ނުވަތަ ރަނގަޅޭ ބުނެލާ އަޑު...ގޯސްވީ ނުވަތަ ރަނގަޅުވީ ސަބަބެއްގެ ވާހަކަ އިވެނީ މިފަދައިން ވަރަށް މަދުން...މަލީހު އެބައިން ރިޕޯޓްގެ ފެންވަރު ދައްވީ ކީއްވެގެންކަން ވަރަށް ރަނގަޅަށް ކިޔާދީފަ... ހިތާމައަކީ މަލީހު އެބުނިފަދައިން ރިޕޯޓް އޮތް ކަމުގައި ވިޔަސް އެކަންކަން އިސްލާހު ކުރުމުގެ ބަދަލުގައި ރިޕޯޓް ދިފާއު ކުރަން ބަޔަކު އުޅޭނެކަން...މިފަދަ އިލްމީ ބިނާކުރަނިވި ފާޑުކިޔުންތައް އަހަރެމެން ގެ ހޭލުންތެރިކަން އިތުރުކޮށްދޭޭ

    26
    3
  4. ޡުއްބެ

    މަލީހް ތިދައްކާ ކޫސަނި ވާހަކަ އަޑުއަހާނެ މީހަކު ނެއް

    5
    9