އެދުރުވެހި ފްލެޓް
އެދުރުވެހި ފްލެޓް

ސަރުކާރުން ހުޅުމާލޭގައި އަލަށް އިމާރާތްކުރި 661 ފްލެޓަށް ހޮވިފައިވާ މީހުންނަށް ފްލެޓް ހަވާލު ކުރުމަށްޓަކައި އެ މީހުންގެ މެދުގައި ގުރުއަތުލާން ފަށައިފިއެވެ.

މިދިޔަ އަހަރު ނިންމި އެ ފްލެޓްތަކަށް 14،000 އަށް ވުރެ ގިނަ މީހުން ކުރިމަތިލިއެވެ. އޭގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބިގެން ފްލެޓް ލިބޭނެކަން ކަށަވަރުވީ މީހުންގެ ލިސްޓު ހައުސިން މިނިސްޓްރީން އިއުލާނުކޮށްފައެވެ.

އެނގިފައިވާ ގޮތުގައި ހައުސިން މިނިސްޓްރީން، މީހުންނަށް ދޭނެ ފްލެޓްތައް ކަނޑައެޅުމަށް ގުރުއަތުލާން ފަށާފައި ވަނީ އިއްޔެއެވެ.

ފްލެޓް ލިބުނު މީހުންގެ ލިސްޓު އާއްމުކޮށްފައި ވަނީ ކޮން ބައެއް ކަން ނޭނގޭ ގޮތަށް، ހަމައެކަނި ފޯމު ނަމްބަރުތަކާ އެކުގައެވެ. އެކަމާއި ގުޅިގެން ހައުސިންގ މިނިސްޓަރު މުހައްމަދު މުއިއްޒު ވިދާޅުވީ، ފްލެޓް ލިބޭ މީހުންގެ ހައްގުތައް ހިމާޔަތްކުރުމަށްޓަކައި ޒާތީ މައުލޫމާތު އާންމު ނުކުރައްވާނެ ކަމަށެވެ.

ADS BY SHEESHA

މުއިއްޒު ވިދާޅުވީ ގެދޮރުވެރިކުރުމުގެ މަޝްރޫއުގެ ދަށުން ހުޅުމާލެއިން ދޫކުރާ ފުލެޓްތަކަކީ ތިން ކޮޓަރީގެ އެޕާޓްމަންޓް ކަމަށާއި ކޮންމެ ކޮޓަރިއެއްގައި ވެސް ފާޚާނާއެއް ހުންނާނެ ކަމަށެވެ.

ADS BY ASTERS

1 ކޮމެންޓް

  1. ޢިނގިފައިވާ ގޮތުގައި ގުރުއަތު ނަގާ ދޭންބޭނުންވާ މީހުންނައް ދީނިމިފަ އޮތީ، ބޭނުން ތަނަކުން، ދެން ގުރުއަތުން ނަގަަ ވާހަކަ ބުނީމަ ހަމަ ހިނިއަންނަނީ