މިއަދު ރާއްޖެ އިން އިތުރު 55 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު މާލެ އިން ކޮވިޑަށް ފައްސިވީ 20 މީހުންނެވެ. މިއަދު އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން ކޮވިޑަށް ފައްސިވީ 20 މީހުންނެވެ. އޭގެ އިތުރުން ރިސޯޓްތަކުން މިއަދު ދިހަ މީހަކު ކޮވިޑަށް ފައްސިވިއެވެ.

މިއަދަކީ މިއަހަރުގެ ޖަނަވަރީ މަހުގެ 19 ވަނަ ދުވަހަށް ފަހު ރާއްޖެ އިން އެންމެ މަދުއަދަދެއްގެ މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ.

މިއަދު 4580 މީހުން ވަނީ ކޮވިޑަށް ޓެސްޓް ކޮށްފައެވެ. އޭގެތެރެއިން ކޮވިޑަށް ފައްސިވީ %1.20 މީހުންނެވެ.

މިހާރު ރާއްޖޭގައި ކޮވިޑް ޖެހިފައި ތިބީ 2801 މީހުންނަށެވެ. އޭގެތެރެއިން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން 26 މީހުންނަށް އަންނަނީ ފަރުވާ ދެމުންނެވެ. މިއަދަކީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ މީހުން މިމަހު އެންމެ ގިނަވި ދުވަހެވެ.

ރާއްޖެ އިން މިއަދު ކޮވިޑަށް ފައްސިވި މީހުންގެ އަދަދު އާދަޔާއި ހިލާފަށް މަދުވިއިރު މީގެ ކުރިން ވެސް ބައެއް ހުކުރު ދުވަސް ދުވަހު ފައްސިވާ މީހުންގެ އަދަދު މަދުވެފައި އެބަހުއްޓެވެ.

ކޮވިޑް ކޮންޓްރޯލް ކުރަން އަޅާފައިވާ ފިޔަވަޅުތަކަށް ވެސް މިހާރު ވަނީ ލުއިތައް ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އައްޑޫ ޝަކުވާ ބޯޓު

    ތިއީސަރުކާރުން ކުޅޭ ކުޅިވަރެއްކަން ނުދެނެހުރި ކުޑަ، ބޮޑު ދިވެސްސެއް ނޫޅޭ މިހާރަކު.

    ތިޔަ ނަންބަރުތަށް އަދި ތިއަށްވުރެވެސް ދަށްކުރާނެ. މިދުވަސް ކޮޅު ރައްޔިތުން ހައްދާލައި، އެކިޔާ އެންމެ ނުރައްކާތެރި ޑެލްޓާ ވޭރިއެންޓް ރަނގަޅަށް ފެތުރެންދެން.

    މާމުހިންމު ކަމެއްނު، އިންޑިއާ މީހުންނަށް އެކިގައުމުތަކަށް ފަސޭހައިން ދަތުރުކުރެވޭނެހެން އެމީހުންގެ ކަރަންޓީނު ފެސިލިޓީއަކަށް އަނެއްކާވެސް ރާއްޖެ ހާދަލަދިނުން އެއީ؟

    ތިޔަނަންބަރުތަށް މަތިކޮށް ދަށްކޮށްލަކޮށްލައި ހަމަތިބޭނީ ރިޔާސީ އިންތިހާބާއި ޖެހެންދެން. އެވެސްނުބާއްވައި ފަރުޖެއްސޭނެ މޮޅުގޮތެއް ތިއޮތީހޯދިފައި.

    އަހަރުމެން މިތިބެނީ ދުޢާ ކޮށްލަކޮށްލައި މިނޫން އެހެން ވެރިކަމެއް ދައްކަވާނޭ ދުވަހަކަށް.

    މިއީ ހަގީގަތުގައިވެސް ރާއްޖެ ދެކޭނެއެންމެ ކަޅު، އަނދިރި އަދި ރައްޔިތުން ބިކަކޮށް، ގައުމު އިނދަޖައްސާލާއި ދީނީ އަގީދާ ހަމަ ހަފުސް ކޮށްލާނެ ފަސްއަހަރު. މަންޒަރުވަރަށްސާފު!

  2. ާރ އަތޮޅުން

    ވިއްސާރަ ވުމުގެ ސަބަބުން ސާމްޕަލް މާލެ ނުފޮނުވޭތާ މިއީ ތިންވަނަ ދުވަސް.
    ޝުކުރިއްޔާ ސަރުކާރު