ރައްޔިތުންގެ މަޖިލީހުގައި އޮތީ އެމްޑީޕީގެ ފިނޑި މެޖޯރިޓީއެއް ކަމަށް ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ދެއްކެވި ވާހަކައަށް ވިލިނގިލި ދާއިރާގެ އަމިއްލަ މެންބަރު ސައުދު ހުސައިން ރައްދު ދެއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާގެ ހާދިސާގެ މައްޗަށް މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އިން ހިންގި އިންކުއަރީގެ މައްޗަށް އެކުލަވާލި ރިޕޯޓްގެ ބަހުސްގައި ސައުދު ވިދާޅުވީ އެއީ މަޖިލީހުގެ އެމްޑީޕީގެ ސުޕަ މެޖޯރިޓީގެ ފުރިހަމަ މަސައްކަތެއް ކަމަށެވެ.
ސައުދު ވިދާޅުވީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ 65 މެންބަރުންނަކީ އެ މެންބަރުންގެ އަމިއްލަ ޚިޔާލާއި ދާއިރާގެ ރައްޔިތުންގެ ޚިޔާލު އަދި ގައުމީ މަސްލަހަތު ހިމެނޭ ކަންކަން އިސްކޮށްގެން އެ މެންބަރަކަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވަކަލާތު ކުރައްވާ މެންބަރުން ކަން ފެނިގެން ގޮސްފި ކަމަށެވެ.
ސައުދު ވިދާޅުވީ ރައްޔިތުންގެ ހައްގުގައާއި ގައުމީ މަސްލަހަތަށް އެމްޑީޕީގެ ސުޕަ މެޖޯރިޓީން ކުރަން ބޭނުންވާ ކަންކަން ކުރާނެ ކަމަށެވެ. އަދި ކަމެއްގައި ކަންބޮޑުވުންތައް އޮވެގެން ކުރަން ނުޖެހޭ ކަމެއް އެ މެޖޯރިޓީން ނުކުރާނެ ކަމަށް ސައުދު ވިދާޅުވިއެވެ.
ސައުދު އިޝާރާތް ކުރެއްވި ކަމަކީ، ނަފުރަތުގެ އަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅާ ގޮތަށް ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލުގައި ދީނީ ގޮތުން ހުރި ބައެއް ކަންބޮޑުވުންތަކާ ގުޅިގެން ބިލު އަދިވެސް އިތުރަށް ދިރާސާކުރަން އެ ޕާޓީގެ މެޖޯރިޓީން ނިންމުމުންނެވެ.
މީގެ އިތުރުން ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ މައްސަލައިގެ ފުނަށް ގޮސް، އޭގައި ހުރި އިހުމާލުތައް ހޯދަން އެމްޑީޕީގެ މެންބަރުން ކުރެއްވި މަސައްކަތް ވެސް ސައުދު ފާހަގަކުރައްވައެވެ.
"މަޖިލީހުގައި މިވަގުތު އޮތް އެމްޑިޕީގެ ސުޕަރ މެޖޯރިއަކީ، ގަޓުހުރި، ކުޅަދާނަ، ވަރުގަދަ ސުޕަރ މެޖޯރިޓީއެއް، މި މެޖޯރިޓީން ކުރަން ބޭނުންވާ ކަމެއްވިއްޔާ ކުރާނެ ކަމަށާއި، ކުރަން ނުޖެހޭ ކަމެއް ވިއްޔާ މި މެޖޯރިޓީ ތެރެއިން ނުކުރާނެ،" ސައުދު ވިދާޅުވިއެވެ.
އެމްޑީޕީގެ ސުޕަ މެޖޯރިޓީގެ އިތުރުން ސައުދު ވަނީ އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ މެންބަރުންނަށް ވެސް ތައުރީފް ކުރައްވައިފައެވެ. އެއީ ނަޝީދަށް ދިން ބޮމުގެ ހަމަލާގެ އިންކުއަރީގެ މަސައްކަތުގައި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފްއާއި ޕީޕީއެމްގެ ނައިބު ރައީސް އަދި ތ. ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫން ގިނަ ވަގުތު ހޭދަކުރައްވައިގެން މަސައްކަތް ކުރެއްވުމުންނެވެ.
އެމްޑީޕީގެ މެޖޯރިޓީ ފިނޑިއެއް ނޫން، އެއީ ގަޓު ހުރި މެޖޯރިޓީއެއް: ސައުދު
( ޖުލައި 10, 2021 )
ދަރިންނޭ ހޭއަރާ މިމީސްމީހުން ނަކީ ޖީބުގެ މޫސުން އަންނަ މީހުން މިމީހުން ދީންވެސް
ވިއްކާނެ.
ކީކޭ ދެންބުނާނީ ރުޅިއަޔަސް ހިނިއަޔަސް ފިނޑިވީމަދޯ ފިނޑި ޔޭބުނާނީ ހުދު ތިމާ ބަ ރަހަނާވެފަ ހުންނައި ރުވެސް ނޭނގޭދޯ މިހުންނަނީ ބަ ރަހަނާވެފަކަމެއް ހުދު ތިމާ ހެއްދެވިފަ ރާތް ހިތަށްއަ ރާބާ ކަލޯ ނޭނގޭތަ ތިހިއްވަ ރުދެނީ އިސްލާމްދީނަށް ފު ރައްސާ ރަކު ރާ މީހުނާއެއްކޮޅަށްކަންވެސް ތިހާދަށު ދަ ރަޖައަކަށް ވެއްޓުނީމަ ތިމާއަކީވެސް ފިނޑިއެއްކަން ހަމަކަށަވަ ރު ތިމަޖިލިސްތެ ރޭގައި ހައްދުފަހަނައެޅި ޖާހިލުން ގިނަކަންފާހަގަކު ރެވެނީ ހަމަތިމާމެން ތަންތަން ސުންނާފަތިކޮ ލޫޓުވާހަދަމުންވެސް ބުނާނެ އަހަ ރެމެންނަކީ އިލާޙުކު ރަންއުޅޭމީހުނޭ ކިހާތާހި ރު އެހެންބުނާއި ރު ތިތިބެނީ ބަ ރަހަނާވެފަ މާތްﷲގެ ކުޅަދުން ވަންތަކަމުން ތިލާދީނީ ރީނދޫ ބައިގަނޑު ސައިޒުވާދުވަސް މާކަ ލަސްތަކެއްނުވެ ފެންނާނެ މާޝާﷲ
މައިނޯރިޓީ ފިނޑި. މެޖޯރިޓީ ލާދީނީ.
ތިވާހަކަ ދައްކަން ޖެހުނީތީ ހިނިއާދޭ ކޮންމެޖޯރިޓީއެކާ ތިޔަކިޔަނީ ވަކިވަރަކައްތުރެން ބޮޑައް ފެއިލިވީމަ އަމިއްލަނަފުސައްވެސް ބުނެވޭ ހިތާހިއްބުނާނޭ މެޖޯތިޓީ ކޮބާހޭ މިހާރުހަމަރަނގަ ވެސް ތިތިބީ ދެކަމުހާޖިތައް ދެވިފަ މިހާރު ކަލޭމެން ހޮވަންވެގެން ވޯޓުހޯދަންދުވި މީހުން އަހަރެމެންފެންނަން އިރައްލަދުން ފިލަނީ ކަލޭ އަމިއްލަ ނަފުސާސުވާލުކޮއްލަބަލަ ފެއިލްތޯ ފެއިލް ނޫންތޯ ތިތާއިދިކޮޅުގަތިބި މެންބަރުންކޮޅު ރައްޔަތުންނައްޓަކާ ކުރާވަތައް އެންމެ ކަމެއްވެސް ކޮއްދެވުނުތޯ މިދަނޑިވަޅުގަވެސް ކަލޭމެންގެކަމަކީ ރައްޔަތުން ފެލަންޓެކުސް ތައްތާތަފުކުރުން އެގޮތުން ޕުލާސްޓިކޭ ކިޔާގެން މިނަންފެށި އެއްވަކުން ގިނަތައްޔަތުން ބަނޑައްޖެހެނީ ތެޔޮފުޅިއެއް ރ95
ކަލޯ އެންޑީޕީއަށް ބަދަލުވާންވީނޫންތަ.
ޙާދަ ހީވެޔޭ ބޮޑު ލާޜި ގަނޑެއް ލިބޭ ކަމަކާ ސައުދު ކު ރި މަތިލައިގެން އުޅޭހެން....ކޮސް ވާހަކަ....ކޮންގަޓެއް ހު ރީ މުޅިގައުމުގެ ސިއް ރުތައް އަމިއްލަ އަށް ބޭޒާ ރުވެ ސޯޓް ބޭލެނީ
ސައުދާ. އެމްޑީޕީ މެޖޯރިޓީ ގަޓްހުރެގެންވިޔަސް ފާސްކުރަންއުޅުނު ލާދީނީ ބިލް ﷲއިރާދަކުރެއްވިއްޔާ މިރާއްޖޭގައި މަސައްކަތެއްނުކުރާނެ. އަދި ތިޔަ ވިދާޅުވާ ލާޖް ސްކޭލް މެޖޯރިޓީ އޮވެގެން ރާއްޖޭގެ ރައްޔިތުންނަށް ފާގަތިކަމެއް ގެނެސްނުދެވުނުތާނގައި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަންލިބޭ ކިތަށް ކަންތަށްތޯ ވެގެންމިދަނީ؟
ހިޔަޅުވެސް ބުނީ ނިގޫ ބުރިވީމާ މާބޮޑަށްވެސް ރީއްޗޯ..... ހިޔަޅު ވިސްނުން
12ގެ ތެރެއިން އެކަކު. ނުވާނެ ސަހަލިއެއް
ހާދަ ހީވެޔޭ ނީލަމެއް ފެށެން އުޅޭހެން.