ހަތަރު ފުރޮޅުލީ އުޅަނދު ޕާކު ކުރުމަށް 211 ޖާގައަކަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

މާލެ ސިޓީ ކައުންސިލުންކޮށްފައިވާ އިއުލާނެއްގައި ވިދާޅުވެފައި ވަނީ، މި 211 ޖާގައަކީ 350 ކިލޯގެ ޕިކަޕާއި، ކާރާއި އަދި ވޭން ޕާކުކުރުމަށް ހާއްސަކޮށްފައިވާ ޖާގަތަކެއް ކަމަށެވެ.

މި ޖާގަތަކަކީ މާލޭގެ އެކި ސަރަހައްދުތަކުން ދޫކުރުމަށް ހަމަޖެހިފައިވާ ޖާގަތަކެކެވެ. އެގޮތުން 10 ސަރަހައްދަކުން ޖާގަ ދޫކުރުމަށް ވަނީ ނިންމާފައެވެ.

ޖާގަ ދޫކުރުމަށް ނިންމާފައި ވަނީ:

  • މައްޗަންގޯޅި ވައިދެރިހިނގުން. (އަމީނީމަގާއި ކުރެދިގޯޅިއާއި ދެމެދު) - 44 ޖާގަ
  • މައްޗަންގޯޅި ރާދަފަތިހިނގުން. (އަމީނީމަގާއި ފަޅުމަތީމަގާއިދެމެދު) - 21 ޖާގަ
  • މައްޗަންގޯޅި ކުރެދިގޯޅި - 10 ޖާގަ
  • މައްޗަންގޯޅި ހުދުފަޅުހިނގުން - 8 ޖާގަ
  • މާފަންނު ހިލާލީމަގު (އަމީނީމަގުން ފެށިގެން ދެކުނު އިރުމަތީފަޅި) - 20 ޖާގަ
  • މާފަންނު ހިލާލީމަގު (އަމީނީމަގު އިރުމަތީ ފަޅި ނުވަތަ ސްޓޭޑިއަމް ފަޅި) - 10 ޖާގަ
  • ސަލާހުއްދީން ޕާކިން - 10 ޖާގަ
  • ހެންވޭރު އާޓިފިޝަލް ބީޗް ޕާރކިންގ (ޗައިނާ އެމްބަސީ ކުރިމަތީގައި) - 24 ޖާގަ
  • ހެންވޭރު އަލިމަސް ކާނިވާ ސަރަހައްދު - 6 ޖާގަ
  • ހެންވޭރު ސަލްމާން މިސްކިތު ސަރަހައްދު - 58 ޖާގަ

މީގެ ތެރެއިން އާޓިފިޝަލް ބީޗް ސަރަހައްދުން ދޫކުރުމަށް ހަމަޖެހިފައިވާ 24 ޖާގަ ހާއްސަކޮށްފައި ވަނީ ހަމައެކަނި ޕްރައިވެޓް ކާރުތަކަށެވެ.

ހަތަރު ފުރޮޅުލީ އުޅަނދު ޕާކު ކުރުމަށް ހާއްސަ ޖާގަތަކެއް ދޫކުރުމަށް ސިޓީ ކައުންސިލުން އިއުލާންކޮށްފައި މިވަނީ މާލޭ އިންޑަސްޓްރިއަލް ވިލެޖް ހުސްކުރުމަށް ނިންމާފައިވާ ދަނޑިވަޅެއްގައެވެ. މިމަސް ނިމުމުގެ ކުރިން އެ ސަރަހައްދު ހުސްކުރުމަށް ވަނީ އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަދްނާން

    ތެންކިއޫ މުއިއްޒު

    2
    1
  2. ގަލަން ތުނޑު

    ކޮބާ އަގު

  3. ީިހޫނު

    ރަގަޅު 4 ފުރޮޅުލީ ވެހިކަލަ ހަގުމިން ވަރަކީ އެންމެ ގަދަޔަ ލޮނުގެ އަސަރު ކުރާ ހިސާބު ތަކުގައި ޕާކިން ޒޯނު ހަދާފަ ބޮޑު އަގުގައި ކުލިޔައް ދިނުން އޭރުން ނޫތޯ އަވަހަ ދަބަރައްވެ ހަލާކު ވާނީ އެކަމަކު ސަރުކާރައް އެންމެ ބޮޑު އަހަރީ ފީއެއް ދައްކަނީ އެމީހުން ސުކުރީޔާ ސަރުކާރު ސައިކަލް ހިމާޔައްކުރޭ!!!!!