އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މޭސްތެރިޔާ، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ގެއިން ކޮތަޅެއްގައި ގެންދިޔަ ދިޔާ އެއްޗަކީ ކޮބައި ކަން ހާމަކުރަން މިވަގުތު ބޭނުން ނުވަނީ އެ މައްސަލައިގެ ތަހުގީގު ކުރިއަށް ދާތީ ކަމަށް އެމްޑީޕީގެ މެޖޯރިޓީ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ކްލަބް ހައުސްގައި މިއަދު ކުރިއަށް ދިޔަ "ވަގުތު ހަވާސް" ޕްރޮގްރާމްގައި ބައިވެރިވަޑައިގެން އާޒިމް ވިދާޅުވީ އަދީބްމެން ގެއިން ކޮތަޅަކަށް އަޅައިގެން ގެންދި ދިޔާ އެއްޗަކީ ގާނޫނީ ގޮތުން މަނާ އެއްޗެއް ނޫން ކަމަށެވެ. ނަމަވެސް އޭނާއަށް އަމާޒުވި ހިޔާނާތުގެ ތުހުމަތުގެ ތަހުގީގު ކުރިއަށް ދާތީ އެއީ ކޮން އެއްޗެއް ކަން މިވަގުތު ހާމަކުރަން ބޭނުން ނުވާ ކަމުގައި ވިދާޅުވިއެވެ.

މީގެ ކުރިން މީޑިޔާއަކަށް ދިން އިންޓަވިއުއެއްގައި އާޒިމް ވަނީ ދަބަހަކަށް އަޅައިގެން ގެންދިޔައީ ހަރާން އެއްޗެއް ނޫން ކަމަށް ވިދާޅުވެ، އެއީ ކޮން އެއްޗެއް ކަން ދެ މަސް ފަހުން މީޑިއާއަށް ހާމަކުރާނެކަން ފާހަގަކުރައްވައިފައެވެ. އޭނާ އެގޮތަށް ވިދާޅުވީ މިދިޔަ ޖޫން މަހުއެވެ.

މިވާހަކަތަކަށް މަހަކަށް ވުރެ ގިނަ ދުވަސްވެފައި ވަނިކޮށް އާޒިމް ވިދާޅުވީ އޭނާގެ ތަހުގީގު ނިމޭހާ އަވަހަކަށް އެއީ ކޮން އެއްޗެއް ކަން ހާމަކުރައްވާނެ ކަމަށެވެ.

"އެންޓި ކޮރަޕްޝަނުންނާއި އޭސީސީއިން ވެސް އަޅުގަނޑާއި އެ ސުވާލު ކުރާނެ ކަމަށް މި ބަލަނީ. މި ވާހަކަ ބާއްވަމާ އިހަށް އަޅުގަނޑުގެ ތަހުގީގު ނިމެންދެން." އާޒިމް ވިދާޅުވިއެވެ.

އެސެޓް ރީކަވަރީ ކޮމިޝަނުން ތައްޔާރު ކުރި ލިސްޓު ރައްޔިތުން މަޖިލީހުން އާންމުކޮށްފައިވާއިރު އޭގައި އާޒިމްގެ ނަންވެސް އޮތެވެ. އެއީ އަދީބްގެ އަތުން މިލިއަނަކަށް ވުރެ ގިނަ ފައިސާ ގެންދިޔަ ކަމަށް ހުސައިން ކިޔާ މީހަކު ދިން ބަޔާނަކާ ގުޅިގެން ކަމަށްވެއެވެ. ނަމަވެސް އާޒިމް ވަނީ އެ ތުހުމަތުތައް އިންކާރު ކުރައްވައިިފައެވެ. އަދި ހުސައިންގެ ބަޔާނުގައި ފާހަގަކުރެއްވި "އަލީ އާޒިމަކީ" އެހެން މީހަކަށްވުން ގާތް ކަމަށް އޭނާ ވިދާޅުވިއެވެ.

އާޒިމް ވިދާޅުވި ގޮތުން އޭނާ ވަނީ ހިޔާނާތުގެ ލިސްޓަށް ނަން އެރި ސަބަބު ހޯދުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެެވެ. އެގޮތުން އޭނާ ވިދާޅުވީ އަދީބުގެ ބަޔާނުގައި ހިޔާނާތުގެ އެއްވެސް ފައިސާއެއް އޭނާއަށް ދިން ކަމަށް ބުނެފައި ނުވާ ކަމަށެވެ. އަދި ހުސައިންގެ ބަޔާނާއި އަދީބްގެ ބަޔާނުގައި ފާހަގަކޮށްފައިވާ އެހެން ހުރިހާ ނުކުތާތަކެއް އެއްގޮތްވާ އިރު، "އަލީ އާޒިމް ކިޔާ މީހަކަށް ބޮޑު ތުހުމަތެއް ކޮށްފައި" ވުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށާއި، އެއީ އެ ނަން ކިޔާ އެހެން މީހަކަށްވުން ގާތް ކަމަށް ވިދާޅުވިއެވެ.

އަދީބާއި އާޒިމާ ދެމެދު ވާހަކަ ދެކެވުނު ކަމަށް ބުނާ ޓެކްސްޓް މެސެޖްތަކާއި ގުޅިގެން ވިދާޅުވީ އެއީ އަސްލު އެއްޗެއް ނޫން ކަމަށެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މަންފާ ލިބުނު 267 މީހުންގެ ލިސްޓެއް އޮތީ ކަމާބެހޭ އިދާރާތަކުން އެކުލަވާލައިފައެވެ. އެ ލިސްޓުގައި ރައްޔިތުންގެ މަޖިލީހުގައި މިހާރު ތިއްބެވި އެމްޑީޕީގެ ބައެއް މެމްބަރުންނާއި އޭގެ ކުރީގެ މަޖިލީހުގެ މެމްބަރުންނަށް ވެސް ތުހުމަތު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ކޮވިޑް

    އެހެންވީމާ ހުސެން އެބުނާ އަލީ އާޒިމް އަކީ ތީތާ. ކޮތަޅާ ދަބަހުގާ އެއްޗެއް ގެންދިޔަކަމަށް ތި ބުނަނީ. ފައިސާ އަކީ ހަރާމް އެއްޗެއް ނޫން ހެން ހީވަނީ ހަރާމް ނޫނީ ކަމުނުދަނީ އެ ހޯދި ގޮތް. މޮޔަމީހަކު ތަހުޤީޤް ކުރިޔަސް ތީގަ ކަންތައްތަކެއް ވާކަން ޔަޤީން.

    14
  2. ހުސޭނުބޭ

    އެމެރިކާމީހުން ދިޔާ ޑޮލަރު ގެންގުޅެންފެށީ ކޮންއިރަކުބާ!

    10
  3. ބުއްޅަބޭ

    އެއީ ދޮން ރިހަ!

  4. Anonymous

    އެއީ ނޫތުތައް ވިރުވާ ގަރުދިޔައައް ހަދައިގެން ދަބަހަކައް އަޅައިގެން ނުކުތީ.

  5. ހުސެންދީ

    ހަލާލު ދިޔާއެއްޗެއްނަމަ ތަހުގީގަކަ ހުރީ ކޮން ގުޅުމެއް؟ މޮޅުވާހަކަ ދައްކަނީ. ބޭކާރު ބައެއް

  6. އަހްމަދު

    ދިޔާއެއްޗެއްވިއަސް އަދި އެހެންވައްތަރެއްގެއެއްޗެއްވިއަސް ތިޔަގެންދިޔައީ ހަލާލުއެއްޗެއްނޫންކަންޔަގީންވޭ ތިޔަތަހްގީގުނިމޭނީ 2024 ގަ އެއީމިދައުރުނިމުނީމަ އެހިސާބުން ރައްޔިތުންނައް ހުރިހާކަމެއްސާފުވާނެ

  7. ހަސަން

    ލޮލް 😂

  8. އަހްމަދު

    ޙާލާލް ދިޔާއެއްޗެއް ގެންގޮސްގެން ފުލުން ތަޙްޤީޤް ކުރަންޖެހޭނެމަ މިދެވިހި ރާއްޖޭގައި ތިތަޙްގީގް ކުރަން ނުޖެހޭ އެކަކުވެސް ނުހުންނާނެ! ހަމަ ޔަޤީނުންވެސް މާލޭގައި ނުހުންނާނެ! އެހެނީ އެންމެންނަކީ ބޯފެން ގަނެގެން ބޯމީހުން!

  9. ސާމާނުބެ

    ސަހަލު އެކަކުވެސް ނެތް އަދީބުގެއިން ދަބަހަކަށް އަޅައި އަޒިމް ގެންދަން އޮންނާނީ އަދީބުގެ ދާވެފަ ހުރި ހެދުންކޮޅެއް އެއީ ދޮވެގެން އަލުން ގެންނަން އަޒިމަކީ ދޮވެއިސްތިރި ކޮށްދޭ މީހަކަށްވާތީ ދެން އެނޫން ކޮންއެއްޗެއް ގެންދަން އޮންނާނީ؟

  10. މަޖާނަގާ ގެރި ސަރު ކާރޔ

    ޅާރިގަޑު ދިރުވާލެވޭނެ ދިޔާނޫނަސް