ށ. ފީވަށް ފުޓްބޯޅަ ދަނޑުގެ ސަބް ބޭސް މަސައްކަތް އެމްޓީސީސީން ފަށައިފިއެވެ.

އެމްޓީސީސީން ވިދާޅުވީ، ފީވަކު ފުޓްބޯޅަދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މިދިޔަ ބުދަ ދުވަހު ފަށާފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 8400 އަކަ މީޓަރުގެ ސަރަޙައްދެއް ސާފުކުރުމާއި، ފުޓްބޯޅަ ދަނޑުގެ 2940 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ކޮނުމާއި، ކޮނުމަށްފަހު ބިންގަނޑު އެއްވަރުކުރަން 4511.70 ކިއުބިކް މީޓަރުގެ ވެލި ބޭނުންކުރުމާއި، 460.29 އަކަ މީޓަރުގެ ސަރަޙައްދެއްގައި ކާނުގަނޑު ވަށައިގެން ޕޭވްމަންޓް ހެދުމާއި އަދި ކާނު ގަނޑަކާއި ފެން ހިންދާ ވަޅުގަނޑެއް ކޮނުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫއަކީ 2.6 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އެމްޓީސީސީއަކީ އެއް ވަގުތެއްގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި އެންމެ ގިނަ މަޝްރޫއު ހިންގަމުން އަންނަ ކުންފުންޏެވެ. އެމްޓީސީސީ އިން ވިދާޅުވި ގޮތުގައި އެ ކުންފުނީގެ އަމާޒަކީ ކޮވިޑް-19 ގެ މި ހާލަތުގައި ވެސް ކަނޑައަޅާފައި އޮންނަ މުއްދަތަށް މަޝްރޫއުތައް ނިންމުމެވެ.

އެގޮތުން އެމްޓީސީސީގެ 40 އަހަރުވީ ދިގު ތާރީހުގައި އެންމެ ގިނަ މަޝްރޫއުތައް ނިންމީ މިދިޔަ އަހަރެވެ. މި ހިނގާ އަހަރުގައި ވެސް ގިނަ އަދަދެއްގެ މަޝްރޫއުތަކެއް ނިންމުމަކީ އެމްޓީސީސީގެ އަމާޒެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    މަސައްކަތް ފަށަން އިނގޭނީ. ނިންމާކަށް ނޭނގޭ. މިހާރުވެސް ތިކަހަލަ ފުޓްބޯޅަ ދަނަޑުތައް ހަދަންފަށައި ނުނިމި ހުންނަތާ ދެއަހަރުވެފައިވާ ރަށްރަށް އެބަހުރި. 2023އަށްތޯއްޗެ.