މެއި ހަަ ވަނަ ދުވަހު، ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުވި ނިރުބަވެރި ހަމަލާގައި އިހުމާލުވި ހުރިހާ އެންމެންނަށް ފިޔަވަޅު އަޅާނެ ކަމަށް ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަލީ އާޒިމް ވިދާޅުވިއެވެ.

މަޖިލީހުގެ 241 ކޮމިޓީން ރައީސް ނަޝީދުގެ ސެކިއުރިޓީ ބްރީޗްވި ގޮތް ބެލުމަށް ކުރިއަށް ގެންދިޔަ އިންކުއަރީގެ ފައިނަލް ރިޕޯޓުގައި ވަނީ މެއި 3 ވަނަ ދުވަހުގެ ރޭ އާންމުންގެ މީހެއްގެ ފަރާތުން ރައީސް ނަޝީދު އަވަހާރަކޮށްލަން އުޅޭކަމުގެ މައުލޫމާތެއް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބަށް ލިބިވަޑައިގަތުމުން އެ ވާހަކަ އެގޮތަށް ރައީސް ނަޝީދު އަރިހުގައި ދެންނެވި ކަމަށެވެ. އަދި ރައީސް ނަޝީދުގެ އިރުޝަދާއެކު އިލްޔާސް އެ ވާހަކަ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އަށް ގުޅުއްވާފައި ހިއްސާ ކުރައްވާފައިވާ ކަން ރިޕޯޓުގައިވެއެވެ.

މިނިސްޓަރު މާރިޔާއަށް އެ މައުލޫމާތު ހިއްސާ ކުރުމުން އެ މައްސަލަ ފުލުހުންނަށް ހިއްސާ ކުރުމަށާއި އެކަމާއި ގުޅޭ އިތުރު މައުލޫމާތު ލިބިއްޖެނަމަ، ހިއްސާ ކުރުމަށް ވެސް އެދިފައިވާ ކަމަށް ރިޕޯޓްގައި ވަނީ ބުނެފައެވެ.

ނަމަވެސް އިލްޔާސް ދެއްވި މައުލޫމާތު މާރިޔާ އެމްއެންޑީއެފްގެ އެއްވެސް ފަރާތަކާ ހިއްސާ ނުކުރައްވާ ކަމަށާއި އެކަން ޗީފް އޮފް ޑިފެންސް ފޯސް އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ އިތުރުން އެސްޕީޖީ ގެ ކޮމާންޑަރާއި ޑިފެންސް އިންޓެލިޖަންސް ސާވިސްގެ ފަރާތުން އިންކުއަރީގައި ބުނެފައިވާ ކަމަށް ރިޕޯޓްގައި ވަނީ ބުނެފައެވެ.

މިިިފަދަ ބޮޑު އިހުމާލެއް ފާހަގަވުމުން އެމްޑީޕީގެ ސްލޮޓެއްގައި މިނިސްޓަރަކަށް ހުންނެވި މާރިޔާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ގެންދަން ޕީޖީ ގްރޫޕްގައި މަޝްވަރާ ކުރައްވަންތޯ އެހުމުން އާޒިމް ވިދާޅުވީ އިހުމާލުވާނަމަ ފުލުހުން އެ މައްސަލަ ތަހުގީގުކުރުމަށްފަހު ފިޔަވަޅު އަޅާނެ ކަމަށެވެ.

ކްލަބް ހައުސް މެދުވެރިކޮށް މިއަދު ގެނެސްދިން "ވަގުތު ހަވާސް" ޕްރޮގްރާމްގައި ބައިވެރިވަޑައިގެން އާޒިމް ވިދާޅުވީ ރައީސް ނަޝީދުގެ ސެކިއުރިިޓީ ބްރީޗްވުމުގައި އިހުމާލުވި ފަރާތްތައް 241 ކޮމިޓީއިން ކުރި ދިރާސާއިން ދެނެގަނެވިފައިވާ ކަމަށެވެ. އަދި ވަޒީރެއް ނުވަތަ ސަރުކާރުގެ އިސްމަގާމެއްގައި ހުންނެވި ބޭފުޅެއްގެ އިހުމާލު ވާނަމަވެސް އެ ފަރާތެއް މަގާމުން ދުރުކުރެވިގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް އެކަން ކުރާނީ ތަހުގީގީ އިދާރާތަކުގެ މަސައްކަތް ނިމުމުން ކަމުގައި ވިދާޅުވިއެވެ.

"205 މައްސަލައެއް މި ރިޕޯޓްްގައި ފާހަގަކުރައްވާފައި ވާއިރު، މި ރިޕޯޓްގައި އެބަވޭ އިހުމާލުވި ފަރާތްތަކާއި ދޭތެރޭގައި ތަހުގީގުކޮށް އިހުމާލުވި ފަރާތްތަކާއި މެދު ފިޔަވަޅު އަޅަން. އިހުމާލުވާ ފަރާތްތަކަކީ ކޮބާކަން. ކީއްވެގެންކަން އެބަވޭ. މި ރިޕޯޓްގައި މިވަނީ މަޖިލީހުން އިހުމާލުވި ކަމަށް ދެކޭ ފަރާތްތަކާއި އެ ފަރާތްތަކަށް އަޅަން ޖެހޭ ކަމަށް މަޖިލީހުން ގަބޫލުކުރާ ފިޔަވަޅުތައް" އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ އެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ފަރާތްތަކަށް ފިޔަވަޅު އެޅިގެން ދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެ ރިޕޯޓްގައިވާ ގޮތުން މިނިސްޓަރު މާރިޔާ އާއި، ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލްގެ ބޮޑެތި އިހުމާލުތައް ފާހަގަވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. އަހްމަދު

    މިހާރު ޕްރެޝާރ ބޮޑްވީތޯ! ތިހަރަ ދައިތަ އަދިވެސް އިސްތިއުފާ ދޭކަށްނުވޭތަ! ޤާނޫނު އަސާސީއަށް ފައިން އެރި ދުވަހުންފެށިގެން އެނާ އަކީ ކާކުކަން ނޭނގޭ ދިވެހި ދަރިޔަކު ނޫޅޭނެ!

  2. އަލީ ބުނީ

    ނޭޅޭނެ...ކިތަންމެ ފުއްޕިޔަސް ތިކަމެއްނުވާނެ.

  3. މަސްއޫދު

    ބޮޑު ޚިޔާނާތުގެ ފައިސާ ލިބުނު އެންމެންގެ މައްޗަށް ޝަރީޢަތް ހިންގޭނެ އަލީއަޒިމަކީވެސް ފައިސާ ނެގިމީހެއް

  4. ހުސޭނުބޭ

    ބާޒާރުގައި ދިޔާ ޑޮލަރު ހުރީ ކޮން ރޭޓަކުތަ މިހާރު؟

  5. ކާފަބޭ2020

    ކޮންހާބޭކާރުވާހަކައެއްދައްކާކަށް! އިތުރުވާހަކަނުދައްކާދަބަހަށް އޮއްސައިގެންގެންދިޔަ ދިޔާތަކެއްޗަކީކޮންއެއްޗެއްކަންބުނެބަލަ! ތިޔައީ މިރިނުވެކާށިވެ ފެންހިދިފައޮތްބޮޑުކާއްޓެއް އެއްވެސް ދިޔައެއްތިޔައަކުންނުފެލޭނެ!

    5
    1
  6. ނިޒާމު

    ސާބަސް އާޒި މު ތިޔަކަން މިފަހަރު ނުވެއްޖިއްޔާ އާޒި މަކީ ރިސްވަތި ހިފާ ފެއިލިއަރ އެއްކަ މައް ނިންމާނީ....

  7. ހުސެން

    ސާބަހޭ ތިޔައީ ވަރައް ބޮޑު ތެދެއް....މިފަހަރު ފައިސާއައް ނުވިކޭ މީހުން އިނގޭނެ....

  8. އިއްސޭ

    އާޒި މޫ ކަލޭ ތިޔައުޅެނީ އަ މިއްލަ އައް ހަލާކުވަން މާރީއައް އިނގޭ ދިޔާ އެއްޗިހި އުފުލިކަން...ހެހެހެ

    • ޜަނާ

      މީނަ ބައެއްފަހަރު މަޖްލިސްގަ އުޅޭގޮތުން ވެސް ހީވޭ ދަބަހުގައި އުފުލި ފަދަ ދިޔާ އެއްޗެއް ބޮއި ގެން އުޅޭހެން. ޢަނެއްކާ ސަފާރީ މީޓިންގ ގަވެސް މޭޒެއްގެ މަތީގަ ހުރީވެސް އެފަދަ ދިޔާ އެއްޗެހި ކަންނޭގެ.

  9. އައްމަޑޭ

    ނުކުރެވޭނެ އެއްކަމެއވެސް. ކެރެންޏާ މާރިޔާއާ އިލްޔާސް ލަބީބު ތިބި މަގާމުން ވަކިކޮށްބަލަ. އަހަރުން ބުނާނަން އާޒިމަކީ ކެރޭ މީހެކޭ.