ފިރިމީހާގެ ބަރަހަނާ ފޮޓޯތަކެއް އެހެން މީހަކު ވަޓްސް އަޕް މެދުވެރިކޮށް އަނބިމީހާއަށް ފޮނުވުމުން އެމައްސަލަ ބެލުމަށް ފުލުހަށް ހުށަހަޅައިފި އެވެ.

ލ. އަތޮޅު ފޮނަދުއަށް ނިސްބަތްވާ ފިރިހެނަކާއި ކައިވެނިކޮށްގެން އެރަށުގައި ދިރިއުޅެމުން އަންނަ އެހެން އަތޮޅަށް ނިސްބަތްވާ މި އަންހެން މީހާ ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވަނީ ފިރިމީހާގެ ބަރަހަނާ އިތުރު ފޮޓޯ އާއި ވީޑިޔޯ ފޮނުވާނެ ކަމަށް ކުރިން ފޮޓޯ ފޮނުވި މީހާ ބުނެފައި ވުމުން ކަމަށް މައުލޫމާތު ލިބެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ވަޓްސް އެޕް މެދުވެރިކޮށް ފިރިމީހާގެ ބަރަހަނާ ފޮޓޯތައް ފޮނުވި ނަމްބަރު ވެސް އަނބިމީހާ ވަނީ ފުލުހުންނާއި ހިއްސާކޮށްފަ އެވެ. އަނބިމީހާއަށް ފިރިމީހާގެ ބަރަހަނާ ފޮޓޯތައް ލިބި ފިރިމީހާ، އަނބިމީހާ ކުރިމަތީގައި ބޭޒާރުވެފައި ވީނަމަވެސް އަދިވެސް މި ދެމީހުން ދިރިއުޅެމުންދަނީ ކައިވެނިކޮށްގެން އެކުގަ އެވެ.

އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބޭ ގޮތުގައި މިމައްސަލަ ފުނަދޫ ޕޮލިސްޓޭޝަނުން ތަހްގީގް ކުރަމުންނެވެ. ނަމަވެސް މިމައްސަލަ އާއި ގުޅިގެން ފުލުހުންގެ ރަސްމީ ބަހެއް އަދި ނުލިބެއެވެ.

ބަރަހަނާ ފޮޓޯތައް އަނބިމީހާއަށް ލިބި ބަރަހަނާވި ފިރިމީހާ އަކީ މީގެ ކުރިންވެސް ކައިވެއްޏެއް ކޮށް ދަރިއެއް ލިބިފައިވާ މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ދޯ

    އެނިމުނީނު އެކަން

  2. ހުވާ

    ސޭޓު ބުނާހެން އަންހެންވެރިން ދައްކާ ވާހަކަ ނުވާނެ ގަބޫލު ކުރާކައް

    10
    4
  3. މާކު

    ފިރިމީހާގެ ބަރަހަނާ ފޮޓޯތަކެއް ލިބިގެން ފިރިމީހާ އަނބިމީހާ ކުރިމަތީ ބޭޒާރުވެ ފަލީހަތް ވެއްޖެޔޯ؟ ނޫސްވެރިކަމެއް ތިއޮތީ

  4. ސަނަވީ

    ތީ ވެދާނެ ބުލެކް މެއިލްގެ ކަމަކަށް. ބްލެކް މެއިލް ކުރި މީހާ ބޭނުންވާ ފައިސާއެއް ނުލިބުމުން އަންހެނުންނަށް ބަސްޓްކުރީ ކަމަށް. ފައިސާއޭ މިބުނީ ބުލެކް މެއިލް ކުރާ މީހުން އާންމުކޮށް ޑިމާންޑް ކުރާނީ ފައިސާއަށް. ތިމައްސަލައިގެ އިތުރުން ތި ފޮޓޯ އޭނާގެ އަންހެނުންނަށް ފޮނުވި މީހާގެ މައްސަލަ ވެސް ބަލަންޖެހޭނެ.