ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު މެންދުރު ދޭ ޖަހާއިރު ފުލުހުންގެ އިދާރާ އަށް ހާޒިރުކުރަން ނިންމައިފިއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި ފަސް އަހަރުގެ ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އިދިކޮޅު ލީޑަރު ފުލުހުންގެ އިދާރާ އަށް ހާޒިރު ކުރަނީ އެ ހިޔާނާތާ ގުޅޭ ތަހުގީގަކަށް ކަމަށްވެއެވެ.

ރައީސް ޔާމީން ގޭބަންދަށް ބަދަލުކޮށްފައި މިވަނީ، މާފުށީ ޖަލުގައި ހުންނަވާތާ 500 އަށްވުރެ ގިނަ ދުވަސް ވެފައިވަނިކޮށެވެ. އެހެންކަމުން އެމަނިކުފާނު ވެފައި ވަނީ ފަހުގެ ތާރީޚެއްގައި ޖަލުގައި އެންމެ ގިނަ ދުވަސް ހޭދަކުރެއްވި ކުރީގެ ރައީސަކަށެވެ.

މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ޔާމީން ފަސް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ ނޮވެމްބަރު 28، 2019 ގައެވެ. މި ހުކުމް ވަނީ ހައި ކޯޓުގައި ވެސް ދަމަހައްޓައިފައެވެ. ރައީސް ޔާމީންގެ ފަރާތްޕުޅުން އެ މައްސަލަ ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފައެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލައިގައި އިތުރު ދެ ދައުވާއެއް ވެސް އެމަނިކުފާނުގެ މައްޗަށް އުފުލިފައިވާ އިރު، މި ދައުވާތަކުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި އެބަ ހިނގައެވެ. ބޮޑު ޚިޔާނާތުގެ މައްސަލައާ ގުޅިގެން ރައީސް ޔާމީން ގެންދަނީ ދޭތެރެ ދޭތެރެއިން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކޮށް ބަޔާން ނަގަމުންނެވެ. އިތުރު ދައުވާތަކެއް އުފުލުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ވެސް ވަނީ ފޮނުވައިފައެވެ.

ރައީސް ޔާމީނަށް ތާއީދު ކުރާ އެތައް ހާސް މީހުން ގަބޫލު ކުރަނީ އެމަނިކުފާނުގެ މައްޗަށް އުފުލަމުން ދަނީ "ސިޔާސީ" ދައުވާތަކެއް ކަމަށެވެ. އެމަނިކުފާނުގެ އެތައް ހާސް ސަޕޯޓަރުން ގެންދަނީ އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލައި އިހްތިޖާޖްތައް ކުރަމުންނެވެ. އެމަނިކުފާނު ލީޑް ކުރައްވާ ޕީޕީއެމް އާއި ޕީއެންސީގެ އަމާޒަކީ އެމަނިކުފާނު 2023 ގެ ރިޔާސީ އިންތިޚާބުގައި ބައިވެރިވެވޭނެ ގޮތެއް މެދުވެރި ކުރުމެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މުފައްކިރު.

    ލައިވް ކޮށް ހިންގި ޝަރީޢަތެއްގަ އެމައްސަލަ މައްސަލަ އަކަށް ވުމުގެ އެއްވެސް ފުރުސަތެއް ނެތް ކަން ގާނޫނީ އިލްމުވެރިން ބަޔާން ކުރި.ވީމާ މަނީލޯންޑްރީގެ ކުށް ސާބިތުވެ މިހެން ލިއުނީމަ ކަމަކުނުދޭ.

    11
    1
  2. ގަމަރު

    ރައީސްޔާމީނަށް ހެދިގޮތް ތިޔަމީހުންނަށްވެސް ހަދާނަން ވެރިކަމުގަ ބަގުޑިބަށްދައިގެން އަބަދު ތިބެވޭނެކަމަށް ހީކުރުމަކީ ގޯހެއް ހިނގަމުންމިދާ ސަރުކާރުން ރަށްޔަތުންނަށް ވަނީ ބޮޑުތަނުން ހިޔާނާތްތެރިވެފަ މިއީ އެމްއެމްޕީރުސީއަށްވުރެ ބޮޑު ހިޔާނާތެއް ހިޔާނާތްތަށް ވަށަށް ގިނަ ފާހަގަކޮށްލެވޭ ދެހިޔާނާތް ފާހަގަކޮށްލާނަން އިންކަމްސަޕޯޓު، ވެންޓިލޭޓަރު.......!!!!!!

  3. އިއްސެ

    އަދި އަހަރެމެން މިތިބީ ވާއެއްޗެއްބަލަން ސޯލިހު މެންހީނުކުރާތި މަޑުން ތިބޭނެކަމައް ދެންނިކުންނާނީ ބަޑުހައިފެފަތިބަ ސިންގާތަކެއް ފަދައިން މިހާރުވެސްމިތެބެނީ މިބަލިމަޑުކަމުން ރައްޔަތުން ލިބިދާނެ ދެއްލުމަކައްބަލާތީ ބަކިހިސާބަކުން ނުބެލޭނެ މިހާރުސަރުކާތެއްނެއް އެމީހަކާއެމީހެއް