ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން ފުރަން ދިޔަ ފަތުރުވެރިއެއްގެ އަތުން ވަޒަންތަކެއް ފެނިއްޖެއެވެ.

ފުލުހުން މިއަދު ވިދާޅުވީ ވީއައިއޭ އިން ފުރަން ދިޔަ ފަތުރުވެރިއެއްގެ ދަބަހުން ވަޒަންތަކެއް ފެނިފައިވާ މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައި ވަނީ މިއަދު ހެނދުނު 10 ޖަހާކަން ހާއިރު ކަމަށެވެ. މިކަމާ ގުޅިގެން އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ނުދެއެވެ.

މި މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

"ވަގުތަށް" އެނގިފައިވާ ގޮތުގައި ވަޒަން ފެނިފައި ވަނީ އެފްރިކާގެ ގައުމަކަށް އުފަން ފަތުރުވެރިއެއްގެ ދަބަހުންނެވެ. އޭނާގެ އަތުން ވަޒަންތަކެއް ފެނުނީ ފަތުރުވެރިޔާގެ ސެކިއުރިޓީ ޗެކު ކުރަމުން ދިޔަ ވަގުތެއްގައެވެ.

މިދިޔަ މެއި މަހުގެ ހަ ވަނަ ދުވަހުގެރޭ، ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާ އަށް ފަހު، މާލެ ސަރަހައްދުގެ ސެކުއިރިޓީ ވަރުގަދަކޮށްފައިވާ އިރު، އޭގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ވެސް ހިމެނެއެވެ.

އެއާޕޯޓުގެ ބޭރުގައި އާއި އެތެރޭގައި ސިފައިން ދަނީ ހަތިޔާރާ އެކު ފޯރިމަރަމުންނެވެ.

ނަޝީދު އަވަހާރަކޮށްލަން ނިރުބަވެރި ހަމަލާއެއް ދިން ފަހުން، މަޖިލިސް އިދާރާ ގޮއްވާލާނެ ކަމަށް ބުނެ މީޑިއާގައި ކޮމެންޓްކުރި މީހަކު ވެސް ހައްޔަރުކޮށްފައި ވާއިރު ސަލާމަތީ ގޮތުން އިތުރު ފިޔަވަޅުތައް ވެސް ވަނީ އަޅައިފައެވެ. އަދި ދާދި ފަހުން އިންޑިއާ ހައި ކޮމިޝަން ގޮއްވާލާނެ ކަމުގެ އިންޒާރު ދިން ދިވެއްސަކު ވެސް ވަނީ ހައްޔަރުކޮށްފައެވެ.

އަދި މުލިއާގެ ގޮއްވާލާނެ ކަމަށް ބުނެ އިންޒާރު ދިން މީހަކު ވެސް އިއްޔެ ވަނީ ހައްޔަރުކޮށްފައެވެ.

ނިރުބަވެރިކަމަށް ހިތްވަރު ލިބޭ ގޮތަށް ތަންތަނަށާއި މީހުންނަށް ގެއްލުން ދޭނެ ކަމަށް ބުނެ މީސް މީޑިއާ އާއި އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް އިންޒާރުތައް ދޭ މީހުންގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވަނީ ކުރިން ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ތުއްތުނާ

    ތިމީހަކުތިދަނީ ޖަރުމަނަށްކަމަށް ވެދާނެ ؟ އެހެންނޫނީ އިނގިރޭސި ވިލާތަށް ؟

    34
    • އަނދިރި އަނިދިރިން

      ވަޒަން ހިފައިގެން އައިއިރު ނުފެނުނު..އެބުރިދާއިރު ފެނުނީ..މިރާއްޖޭން ވަޒަން ވިއްކަންހުރީތަ...ހަމައެކަނި ވަޒަންކޮޅެ ހިފައިގެންތަ އައީ..ވަޒަން ލައް ވާނެ ފުއްޕާހަމެނަމަ ވެސް ނިގެނޭތަ..

      22
  2. ައަނިސްބެ

    ހަރުކަށްޓާގުޅުމެއްނު ވޭބާ؟،

    33
    2
  3. ހުސްކުރާސޭލް

    އިންޑިއާއިންއެތެރެކޮށްގެން
    ތިޔަ ވިޔަފާރި ވެސް ފެށީތޯއްޗެ ؟؟

    43
    3
  4. ޙައްވަ

    އަނެއްކާ މިއުޅޭ މުދީރުގެ ކަމެއް ނޫންބާ؟

    21
    1
  5. ވަޒީރެއާލާ

    އެއީ އޭނާ ރާއްޖޭގައި ހުރެ ތައްޔާރުކޮށްގެން ރަށަށް ގެންދާ ވަޒަންތަކެއް. އެހެންނާފަހެ، އެމީހާ ރާއްޖެ އެތެރެވީއިރު އެވޒަންތަކެއް ނުފެނުނު. އޭރުވެސް ޗެކް ކުރާނެތާ؟ ފުރަންދިޔައިރު މިފެނުނީ. ހާސް ހާސް ސުވާލު؟

    23
  6. ކެއްތެރި

    ިމހާރުއެކުސްޕޯޓުކުރަނީގޮ ވާތަކެތިތަ

    11
    1
  7. hus

    avahah meehunge isthiufaa ah govan fahtaa dhen