މާލޭގައި ދެންމެ ގޭންގަކުން މީހަކަށް ހަމަލާދީ ޒަހަމް ކޮށްލައިފިއެވެ.

މަންޒަރުދުއް މީހުން ބުނާ ގޮތުގައި ސައިކަލްތަކެއްގައި އައި ގްރޫޕަކުން ހަމަލާދީފައި ވަނީ ގަލޮޅު "ކަރާގެ ގޯޅި" ސަރަހައްދުގައި ހުރި މީހަކަށެވެ. އޭނާގެ ބޮލަށް ހަމަލާ ދިނުމުން ބޮލުން ލޭ އަންނަމުން ދިޔަ ކަމަށް މަންޒަރުދުއް މީހުން ބުނެއެވެ.

ނަމަވެސް އޭނާގެ ހާލު ސީރިއަސް ކަމެއް ނުވަތަ ނޫންކަމެއް އަދި ކަށަވަރެއް ނުވެއެވެ. ހަމަލާ އަމާޒުވި މީހާ ޒަހަމްވި ފަހުން ބޮލުގައި އަތް އަޅައިގެން މަގުމަތީގައި ހުރި ފޮޓޯތައް މީސް މީޑިއާގައި ދައުރުވަމުން އެބަދެއެވެ.

މާރާމާރީގައި ޒަހަމްވި މީހާއަށް ހަމަލާ ދިނީ ގޭންގަކުން ކަމަށް މަންޒަރުދުއް މީހުން ބުނި ނަމަވެސް ފުލުހުން ބުނާ ގޮތުގައި މާރާމާރީ ހިނގީ ދެމީހެއްގެ ދެމެދުގައެވެ.

ފުލުހުން ވިދާޅުވީ ގަލޮޅު ފާށަނާމަގު ގޯޅިއެއް ތެރޭގައި ދެމީހެއްގެ ދެމެދުގައި ހިނގި މާރާމާރީއެއްގައި މީހަކު ޒަހަމްވެފައިވާ މައްސަލައެއް މިރޭ 21:50 ގައި ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ. މިމާރާމާރީގައި އަނިޔާވި މީހާ އަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ކަމަށާއި އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މިމައްސަލައިގައި މީހަކު ހައްޔަރު ކޮށްފައިވާ ކަމަކަށް ފުލުހުން ވިދާޅެއްނުވެއެވެ. ނަމަވެސް މައްސަލަ ތަހްގީގު ކުރަމުން ގެންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ރަދީފު

    ތިވާނީ ހަސަދައެއް ފިލުވާލީ ކަމަށް، ޔަގީނޭ

    11
  2. ޔ

    ލޮކްޑައުން ކޮއްފައޮތްއިރު މިކަހަލަކަންތައްނުކުރެވޭތީއޭ މީހުންތައްމޮޔަވީލޮކްޑައުން ފިލުވާނުލެވިގެން.

    9
    1
  3. ޖެޒުއެޓް

    ބަދަލް ހިފުމެއް

  4. ޅަބޭ

    އެކަމު މާލެތެރޭ ސިފައިންތައް ކަރުގަ ބަޑި އެލުވައިގެން އެތަންމިތާ ފޯރިމަރަމުން ދުވާއިރު ހީވަނީ މި ގައުމުގަ އެއްވެސް މީހަކު ދެން ވަޔެއް ލާންވެސް ލާހިކެއް ނޫންހެން.

    11
    3
  5. ކަހުރަބު

    މަޑުކަށި ފިކުރު

    6
    1
  6. ފޮނުބެ

    ޕޮލިސްއަށް މިރޭ 1:50 ނުވަނީސް ކިހިނެއް 1:50 ގަ ޙަބަރު ލިބުނީ؟

    8
    1
  7. ރަބަރޭ

    މިއުޅެނީ މިއޮއް ކުޑަ ތަންކޮޅުގަވެސް ގޭންގު ހަދައިގެން
    މަސްތުވާތަކެތި އެވަރަށް ބޮއެ ރާބޮއެ ސަލާ މަތެއް ނެތް
    ނިވުޔެއާރ ފާހަގަކުރޭ ކުރިސް މަސް ވެސް ފާހަގަ ކުރޭ

  8. އިބުން އާދަމް

    ހައްދު ފަހަނަ އަޅާފައިވާ ލާދީނީ ގުރޫޕުތަކުން މިބާވަތުގެ ޢަ މަލު ތައް ހިންގު މަކީ އެބަ މީހުންގެ ފޮރުވިފައިވާ އަނިޔާވެރި މަޤްސަދު ހާ މަވާކަ މެކެވެ.އެއިން ކޮން މެ މީހެއްގެ ފަހަތުގައި ޕޮލިހެއް ނުބެހެއްޓޭނެވެ.އެހެން ކަ މުން އަޅުގަނޑު މެންގެ ދަރިންނަށް އިސް ލާ މީ ތަރުބިއްޔަތެއް ދޭންޖެހެއެވެ.

  9. ގަލަން ތުނޑު

    އަޅުގަނޑު ހިތައް އަރަނީހުރިހާ ފުލުހުން ކޮންކަމެއްބާވައޭ ކުރަނީ ހަމަ ކައިކައިގެން ނިދަނީބާވޭ

    • ބޮންދުމީހާ

      ޖޫރި މަނާކޮށް ސުޓިކާޖަހަން

  10. ސޭމް

    ފުލުހުން ބުނާއެއްޗެއްގެ އިދިކޮޅަށް ކަންވާނީ