20:08

ކޮވިޑް-19 ޖެހިގެން ހަ ގައުމަކުން މިއަދު މިހާތަނަށް ގިނަ ބަޔަކު މަރުވެއްޖެ

20:02

ކޮވިޑް-19ގެ މި ހާލަތުގައި އީދު ހަރަކާތްތައް ބާއްވާއިރު، ގިނަމީހުން އެއްވެގެން ބާއްވާ ހަރަކާތްތައް ނުބޭއްވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އަންގައިފި

16:42

ކޮވިޑް-19 އިން ރައްކާތެރިވުމަށް ޗައިނާގެ ސިނޮވެކް ބައޯޓެކްއިން އުފެއްދި 'ސިނޮވެކް' ވެކްސިން ޖެހި 600 އަށްވުރެ ގިނަ ޑޮކްޓަރުން ތައިލޭންޑުން ފައްސިވެއްޖެ

16:07

ކޮވިޑް-19ގެ ގިނަ އަދަދެއްގެ ވޭދަަނަތައް ފެނުނު ގދ. ތިނަދޫގައި، އެ ބަލި ފެތުރެމުންދާތީ އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް ލުއި ދީފި.

10:39

ރަޝިއާއަށް ކޮވިޑްގެ ޑެލްޓާ ވޭރިއަންޓް ދިޔައީ ރާއްޖެ އިން ކަމަށް ބުނެފި.

08:40

ދިހަ ދުވަސް ފަހުން ކޮވިޑްގައި މީހަކު ނިޔާވެއްޖެ.

ކޮވިޑް-19 އަށް ރާއްޖެ އިން ފައްސިވާ މީހުންގެ އަދަދު މަދުވަމުން ދިޔަ ނަމަވެސް އަނެއްކާވެސް ދުނިޔޭގެ ގިނަ ގައުމުތަކުން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވާން ފަށައިފިއެވެ.

ކޮވިޑަށް ދުވާލަކު ފައްސިވާ މީހުންގެ އަދަދު މިދިޔަ މަހު ފަހުކޮޅު 360000 އަށް މަދުވި ނަމަވެސް އަނެއްކާވެސް އަދަދުތައް އިތުރުވެ މިހާރު ދުވާލަކު ފައްސިވާ މީހުންގެ އަދަދު ވަނީ 450000 އަށްވުރެ މައްޗަށް ގޮސްފައެވެ. މިހާރު ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އެންމެ ބޮޑަށް އިތުރުވަމުން އަންނަނީ ޔޫރަޕްގެ ގައުމުތަކުގައެވެ. އޭގެ އިތުރުން ބްރެޒިލްގެ ހާލަތު އަދިވެސް ރަނގަޅެއް ނުވެއެވެ. ކޮލަމްބިއާ އާއި އާޖެންޓީނާ އިން ފައްސިވާ މީހުންގެ އަދަދު ވެސް އަންނަނީ އިތުރުވަމުންނެވެ.

ކޮވިޑް ކޮންޓްރޯލް ކުރުމުގައި އެންމެ ކާމިޔާބު މަސައްކަތްތަކެއް ފަހަކަށް އައިސް ކުރި އިނގިރޭސިވިލާތުގެ ހާލަތު ވެސް އަނެއްކާ އަންނަނީ ގޯސްވަމުންނެވެ. އިއްޔެ ވެސް އިނގިރޭސިވިލާތުން 35000 މީހުން ފައްސިވިއެވެ. ވެކްސިން ޖެހުމުގެ މަސައްކަތުގައި އެންމެ ކުރީގައި ދެން އުޅޭ ރަޝިއާގެ ހާލަތު ވެސް އަނެއްކާ އަންނަނީ ގޯސްވަމުންނެވެ.

މިއަދު ރާއްޖެ އިން ކޮވިޑަށް ފައްސިވީ 90 މީހުންނެވެ.

މިއަދަކީ ފާއިތުވި ތިން މަސް ދުވަހުގެ ތެރޭގައި އެންމެ ގިނަ މީހުން ކޮވިޑަށް ޓެސްޓް ކުރި ދުވަހެވެ. މިއަދު 7012 މީހުން ވަނީ ކޮވިޑަށް ޓެސްޓް ކޮށްފައެވެ. މިއަދު ކޮވިޑަށް ފައްސިވީ ޓެސްޓް ކުރި މީހުންގެ %1.28 މީހުންނެވެ.

މިއަދަކީ އޭޕްރީލް މަހު ކައުންސިލް އިންތިހާބަށް ލުއިތައް ދިނުމުގެ ކުރިން ދުވާލަކު ފައްސިވާ މީހުންގެ އަދަދު 100 އިން ދަށަށް ވެއްޓުނު ފަހުން އަދަދުތައް 100 އިން ދަށަށް ވެއްޓުނު ދެވަނަ ދުވަހެވެ. އަދި ފާއިތުވި ތިން މަސް ދުވަހުގެ ތެރޭގައި އަތޮޅުތެރެއިން ދުވާލަކު ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ފުރަތަމަ ފަހަރަށް 100 އިން ދަށުގައި ހުންނަތާ ޖެހިޖެހިގެން ފަސް ދުވަސް މިއަދު ވަނީ ވެފައެވެ.

ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން މިހާރު ބަލިން ރަނގަޅުނުވެ ތިބީ 2650 މީހުންނެވެ. މިއަދަކީ އެކްޓިވް ކޭސްގެ އަދަދު ނުވަތަ ބަލި ޖެހިފައި ތިބި މީހުންގެ އަދަދު އޭޕްރީލް މަހުގެ 20 ވަނަ ދުވަހަށް ފަހު އެންމެ ދަށަށް ދިޔަ ދުވަހެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.