ވެރިކަމުގެ ނިޒާމުގެ ބަހުސް އަލުން ހުޅުވާލަން ވެރިކަން ކުރާ އެމްޑީޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ހުށަހަޅުއްވައިފައެވެ. ވެރިކަމުގެ ނިޒާމާއި ގުޅޭ ގޮތުން 2023 ގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ދެވަނަ ފަހަރަށް ނަގާށެވެ.

2007 ވަނަ އަހަރު ރައްޔިތުންގެ 60 އިންސައްތައިގެ ބޮޑު ތާއީދެއް ލިބުނީ ރިޔާސީ ނިޒާމަށެވެ. ބަރުލަމާނީ ނިޒާމަށް ލިބުނީ 40 އިންސައްތައެވެ. އޭރު ބަރުލަމާނީ ނިޒާމަށް ތާއީދު ކުރެއްވި ނަޝީދު އެ ވޯޓު ބަލައެއް ނުގަތަވެ. އެމަނިކުފާނު ވިދާޅުވަނީ އެ ވޯޓުގެ ނަތީޖާ އޮތީ އޮޅުވާލައިފައެވެ. ނަޝީދުގެ އަބަދުވެސް އަމާޒަކީ ބަރުލަމާނީ ނިޒާމަކުން ރާއްޖޭގައި ވެރިކަން ކުރުމެވެ.

އެހެންވިޔަސް އެމްޑީޕީގައި މިއަދު މި ކަމުގައި ޚިޔާލު ތަފާތެވެ. ބައެއް މެންބަރުން ތިއްބެވީ ރިޔާސީ ނިޒާމު ބާއްވަން ތާއީދު ކުރައްވައިގެންނެވެ. ބައެއް މެންބަރުން ތިއްބެވީ ބަރުލަމާނީ ނިޒާމެއް ގެންނަން ތާއީދު ކުރައްވައިގެންނެވެ.

"ވަގުތު" އިން ކްލަބް ހައުސް މެދުވެރިކޮށް "ހަވާސް" ނަމުގައި ކުރިއަށް ގެންދާ ޕްރޮގްރާމްގެ ފުރަތަމަ އެޕިސޯޑްގައި ބައިވެރިވެ ވަޑައިގެންނެވި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްއަށް ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން ސުވާލު އަމާޒު ކުރިއެވެ.

އާޒިމްގެ ޖަވާބު ފަށްޓަވަނީ ވެސް ވެރިކަން ކުރުމުގެ ނިޒާމު ނިންމާނީ ރައްޔިތުން ކަމުގައި ވިދާޅުވަމުންނެވެ. ރައްޔިތުން ކުރިން ނިޒާމެއް ނިންމާފައިވާ ކަމަށާއި، އަނެއްކާ ވެސް އެ ނިޒާމު ބަދަލު ކުރުމުގެ ފުރުސަތު ރައްޔިތުންނަށް އޮންނާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

"ރައްޔިތުން ތަޖުރިބާތަކެއް ވެސް ކޮށްފި. އާ ގާނޫނު އަސާސީގެ ދަށުން ރިޔާޒީ ނިޒާމާ އެކު. ރައްޔިތުންނަށް އެބަ އިހްސާސް ކުރެވޭ ދަތިތަކެއް ހުރި ކަން. އުނދަގޫތަކެއް ހުރި ކަން." ރިޔާސީ ނިޒާމުގައި ދަތިތަކެއް ހުރިކަން ފާހަގަކުރައްވަމުން އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ރިޔާސީ ނިޒާމުގައި އޭނާއަށް ކަމުނުދާ ސިފައަކީ ވަޒީރުންނަކީ އައްޔަން ކުރާ ބަޔަކަށް ވާތީ ސީދާ ރައްޔިތުންނާ ޖަވާބުދާރީ ވުން މަޖުބޫރު ބަޔަކަށް ނުވާތީ ކަމަށެވެ.

"ވަޒީރަކު އުޅޭނީ ކަޅު ކާރެއްގައި. ރައްޔިތަކާ ބައްދަލެއް ނުވާނެ. އިންތިޚާބަކުން އައި މީހެއް ނޫން، ދާކަށް ވެސް ނުޖެހޭނެ، އެޕޮއިންޓްމަންޓް ހަދައިގެން ވިޔަސް ބައްދަލު ވެއްޖެއްޔާ ވަރަށް ކުޑަ ވަގުތުކޮޅަކު ވާހަކަ ދެއްކޭނީ. ޖުމުލަ ގޮތުން ގިނަ ވަޒީރުންގެ ހާލަތު އެއީ." އާޒިމް ވިދާޅުވިއެވެ.

ބަރުލަމާނީ ނިޒާމެއްގައި ވަޒީރުންނަށް ވާނީ ރައްޔިތުން އިންތިޚާބު ކުރައްވާ މަޖިލީހުގެ މެންބަރުންގެ ތެރެއިން މެންބަރުންތަކެއް ކަމުން، އެ މެންބަރުން ރައްޔިތުންނަށް ސީދާ ޖަވާބުދާރީ ވާން ޖެހޭ ކަން އާޒިމް ފާހަގަކުރެއްވިއެވެ.

"ވައުދެއް ވެގެން މި ހިސާބަށް އަންނަ ބަޔަކީ ރައީސުލްޖުމްހޫރިއްޔާއާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން." މަޖިލީހުގައި ތިންވަނަ ދައުރަކަށް މެދު ހެންވޭރު ދާއިރާ ތަމްސީލް ކުރައްވާ އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ބަރުލަމާނީ ނިޒާމުގެ އެ ސިފައަކީ އޭނާއަށް ވަރަށް ކަމުދާ ސިފައެއް ކަމަށެވެ. ވަޒީރުން ރައްޔިތުންނަށް ޖަވާބުދާރީވެވޭނެ ގޮތެއް އޮތީ އެ ނިޒާމުގައި ކަމުން އާޒިމް ތާއީދު ކުރައްވަނީ ބަރުލަމާނީ ނިޒާމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. މީމު

    މިހާރު އިނތިހާބު ވެފަ ތިތިބަ މެމްބަރުން ކުރެ ކާކުބާ ރައްޔިތުންނަށް ޖަވާބުދާރީ ވަނީ. ރައްޔިތުންގެބަސްބާ ނުވަތަ ޕާޓިގެ ބަސްބާ ތިތާކު ތިއިއްވެނީ. ނަމުގަ ރައްޔިތުންގެ މެންބްރުން އެކަމަކު ހުރިހާކަމެއގަްުވެސް ޕާޓީ ލީޑަރުގެ ބަސް ތިތާކު އިއްވާތަން ފެންނަނީ

    16
    1
  2. ނަސީ

    މީކީ އީވްނިންގްލޯރީ ކަނޑަގަޑެއްނުން ކަލޭބޭނުން ގޮތަކައް ކަންތައްކުރާކައް ތިބަރުލަމާނީ ހަދާން ނައްޓާލާ

    15
  3. ނަސާ

    މީނާގެ ދާއިރާ މީނާއައްމާފަސޭހަކޮއްލިބައި އޮތީމާ މީނާހީކުރަނީ މީނާބޭނުން ކަމެއް ކުރެވިދާނެކަމައް ، މިނާގެ ދާއިރާ މިލިބެނީ މީނާގެ އާއިލާ ބޮޑުކަމުން އެކަމެއް މީނާއަކައް ނޭނގޭ

    17
  4. ސސ

    ތިންބާރޭ ކިޔާއިގެން ހަޅޭ ލެވި މީހުން މިއަދު ކަމުދަނީ ހަމަ މައުމޫނު ގެންގުޅުނު ސިސްޓަމް !

    18
    1
  5. ބެއްޔާ

    އެއިރުން މިއަށްވުރެ ރައްޔިތުން ނިކަމެތިވާނެ. ކޮންމެ ކަމަކަށް ސަލާންޖެހުން ނޫންކަމެއް ނުވާނެ. ހުރިހާ މޮޅެއް ލިބޭނީ ރޯޔަލް ފެމިލީއަށް. ދެން ދަބަސްތަކުގައި ދިޔާއެއްޗެތި އުފުލާމީހުންނަށް.

    19
  6. ކާލި

    ތިންބާރޭ ކިޔާއިގެން ހަޅޭލެވި އިސްތިއުމާރީ ބޮންދުންނަށް، މިއަދު ކަމުދަނީ އެ 30 އަހަރުގެ ސިސްޓަމް !

    16
  7. ކާލި

    ބަލަ ރައްޔިތުން ކަލޭމެން ފޮނުވާފަ ތިބީ ވަޒީރު ބޭކަލުން ރައްޔިތުންނަށް ޖަވާބު ދާރީ ކުރުވަން ނުންތަ ؟

    16
  8. ޒާ

    މައުމޫން ދައުރުގަައި ތިގޮތަށް މަޖިލީހުގައި ވަޒީރުން ތިބީމާ ނޫންތަ ކަމުނުގޮސްގެން މިގޮތަށް ބަދަލު ކުރީ. އަނެއްކާވެސް އެގޮތް ކަމުދިޔައީދޯ ވަކި މީހަކަށް ވެރިކަން ދޭންވީމާ.

  9. އަހްމަދު

    ކަލޭމެން އެންމެންނަނީ ނަޝީދުގެ އަނގައިން ވާހަކަ ދައްކާ މީހުން! ކަލޭމްންނަށް ހެވާއި ރަނގަޅު އެނގެނީ އެނާ ބުނީމާ އެބުނާގޮތެއް! އެނާ ދުވާލަކީ ރޭގަނޑޭ ބުނެފިއްޔާ ކަލޭމެން އެކަން ސާބިތުކޮށްދޭނެ ވަރަށް މަސައްކަތް ކުރާނެ!

  10. ޓަކިބެ

    އެމްޑީޕީ މިގައުމުގެ ވުޖޫދުން ފޮހެލައިގެން ނޫނީ މިގައުމަށް ހަމަޖެހުމާއި އަމާންކަމެއް ލިބޭކަށް ނެތް. ވަރަށް ސާދާ ސީދާ ސާފުކޮށް މިބުނީ.

  11. ލޮލްލޮލް

    އާޒިމަށް މިހާރި ކަމުދާނީ ނަޝީދަށް ކަމުދާ ކޮންމެ ގޮތެއް. ކުރިން ކަމުދިއައީ މައުމޫނަށް ކަމުދިއަ ކޮންމެ ގޮތެއް. އަދިވެސް ދާނީ ކަމުދާ ގޮތްތައް ބަދަލުވަމުން

  12. ހުސޭނުބޭ

    ދިޔާ ޑޮލަރު ވިއްކާ މީހަކު އެނގޭތަ

  13. ތުއްތުނާ

    އެއި ރުން މީނަޔަކީ މިނިސްޓަ ރްއޮފް ދިޔާ ތަކެތި ކަމަށްދޯވާނީ ؟ ސަޅި

  14. ޢަޙްމަދު

    ގަލޮަޅު ބަރުލަމާނީގޭ ނިޒާމެކޭ، މައްޗަންގޮޅީގެ ރިޔާސީޒާމެކޭ
    އަދި މާފައްނު ލާމަރުކަޒީގޭ ނިޒާމެކޭ އަދި ސައްލާކުރާގެ ނިޒާމުންތަކެކޭ ހުރީ ކޮންތަފާތެއް ތޯއެވެ.
    މިހުރިހާ ނިޒާމުންތަށް ވެގެންކުރަނީ އެއްމަސަައްކަތެކެވެ.
    އެއީ ވައްކަން ކުރުމެވެ.
    އަދި މީގެ ތެރެއިން އެއްމެނުލަފާ ނިޒާމަކީ ގަލޮޅު ބަރުލަމާނީގެ ނިޒާމުއެވެ އެއީ މިނަޒާމު ބޭނުންވަނީ ރައްޔިތުންގެ ފައިސާއިން ވައްކަންވެސް ކޮއްފަ ގައުމުގެ މިނިވަންކަމާއި ސިޔާދަތާއި އިސްގްލާލްވެސް ރަޙްމަތްތެރި ގައުމު އނޑ އަށް ވިއްކާލާށެވެ.