ރަޝިއާގައި ކޮވިޑް-19 ޑެލްޓާ ވޭރިއަންޓްގެ ނުރައްކާ ބޮޑުވެ ބަލި ޖެހޭ މީހުންނާއި، ބަލީގައި މަރުވާ މީހުން އަންނަނީ އިތުރުވަމުންނެވެ. ރަޝިއާގެ ހާލަތު ގޯސްވަމުން ދާއިރު އެގައުމަށް ޑެލްޓާ ވޭރިއަންޓް ދިޔައީ ދިވެހިރާއްޖެ އިންނާއި އެމެރިކާ އަދި ޔޫރަޕްގެ ގައުމުތަކުން ކަމަށް އެގައުމުގެ ސީނިއާ ޑޮކްޓަރަކު ވިދާޅުވެއްޖެއެވެ.

ރަޝިއާއަށް ޑެލްޓާ ވޭރިއަންޓް ދިޔަ އެއްމަގަކީ ދިވެހިރާއްޖެ ކަމަށް ވިދާޅުވެފައި ވަނީ ރަޝިއާގެ ފެޑްރަލް ސާވިސް ފޯ ކޮންސިއުމާ ރައިޓް ޕްރޮޓެކްޝަން އެންޑް ހިއުމަން ވެލްބީންގެ ވެރިޔާ އެނާ ޕޮޕޯވާއެވެ.

"ޑެލްޓާ ވޭރިއަންޓް ރަޝިއާއަށް ފެތުރުނު އެއްގޮތަކީ ޗުއްޓީއަށް ދިވެހިރާއްޖެ އަށް ދަތުރު ކޮށްފައި އެެނބުރި ރަޝިއާ އަށް އައި މީހުންގެ ފަރާތުން. އޭގެ އިތުރުން ޔޫރަޕްގެ ގައުމުތަކަށް ދަތުރު ކުރި މީހުންގެ ފަރާތުން. ޑެލްޓާ ވޭރިއަންޓް ފެނުނު %70 އާއި %90 އާއި ދެމެދު އަދަދެއްގެ މީހުން ވަނީ ރާއްޖެ އަށާއި ޔޫރަޕަށް އަދި އެމެރިކާ އަށް ދަތުރުކޮށްފައި." އެނާ ވިދާޅުވިއެވެ.

ރަޝިއާ އަކީ މިހާރު ރާއްޖެ އަށް އެންމެ ގިނަ ފަތުރުވެރިން އަންނަ އެއް ގައުމެވެ. ރާއްޖެ އިން ވެސް ކޮވިޑް ޑެލްޓާ ވޭރިއަންޓް ފެނިފައިވާ ކަމަށް މިދިޔަ މަހު އެޗްޕީއޭ އިން ވިދާޅުވެފައި ވެއެވެ.

ރަޝިއާ އިން މިހާރު ކޮވިޑަށް ފައްސިވާ މީހުންގެ ތެރެއިން %66 މީހުން ދަނީ ޑެލްޓާ ވޭރިއަންޓަށް ފައްސިވަމުންނެވެ. އަދި މިހާރު އިންޑިއާ އިން ފެނިފައިވާ ޑެލްޓާ ޕްލަސް ވޭރިއަންޓް ވެސް މިހާރު ވަނީ ރަޝިއާ އިން ފެނިފައެވެ.

ރަޝިއާ އިނން ކޮވިޑަށް ފައްސިވާ މީހުންނާއި ކޮވިޑް ޖެހިގެން މަރުވާ މީހުންގެ އަދަދު އިތުރުވާން ފެށުމުން މިހާރު ބައެއް ސަރަހައްދުތަކުގައި ވަނީ ހަރުކަށި ފިޔަވަޅުތައް ވެސް އަޅާފައެވެ. އިއްޔެ ރަޝިއާ އިން 25,082 މީހުން ކޮވިޑަށް ފައްސިވެ، 752 މީހުން ކޮވިޑް ޖެހިގެން މަރުވިއެވެ. އިއްޔެ އަކީ މިހާތަނަށް ކޮވިޑް ޖެހިގެން ރަޝިއާ އިން އެއްދުވަސް ތެރޭގައި އެންމެ ގިނަ މީހުން މަރުވި ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ޢަހުމަދު1

  ޙަބަރު ފުރިހަމަވީސް ރަޝިޔާއިން އުފައްދާފައިވާ ކޮމްޕިއުޓަރ ވައިރަސްގެ ސަބަބުން ރާއްޖެ ކޮމްޕިއުޓަރ އިންފެކްޓްވެފައި ހުރިވާހަކަ ބުނިނަމަ.

  7
  6
 2. ސަމާ

  އަނެއްކާވެސް ރާއްޖެ އިޝްތިހާރުވީ ދޯ @ޑރ.މައުސޫމް.
  އިނޑިއާ ވޭރިއަންޓް އިންޑިއާއިން އަންނަ މީހުންގެ ފަރާތުން ރިސޯޓްތަކުގައި ފެތުރޭނަމަ އެއީ ޓްވަރިޒަމަށް ކުރާނެ ނޭދެވޭ އަސަރެއް.

  14
  1
 3. ބޯގޯސް

  މިތަނަ އް އިންޑިޔާ އިން ސޯލިހު އަ އް ހަދިޔާކޮ އްފަ މޯދީ ފޮނުވި އެއ އްޗެ އް ތިޔަ އީ

  12
  1
 4. ރިސޯޓް ބޯއިން

  އަދިވެސް އިންޑިޔާ
  މީހުން ގެނެސް ރާއްޖޭގެ އަގުވައްޓާލާ. އޭރުން އޮންނާނީ ޓުވަރިޒަމް އަތައް ގޮވާފަ

  8
  1
 5. ކައުންސެލަރު

  އެކަމަކު ރާއްޖޭގައި އިންޑިޔާ ވޭރިއަންޓެއް ނޫޅެޔޯ. އިންޑިޔާ މީހުން މިތަނުގައި ކަރަންޓީނަކަށަވެސް ނުގެނެޔޯ. ނާހަމަ ތެދެއް<؟

  10
 6. ތުއްތުނާ

  އެހެންވީމާ އިންޑިއާގެއުފެއްދުން ދިވެހިރާއްޖެއިން ޕުރޮމޯޓުކުރުމުގާ އަވަދިނެތިއުޅުމުގެ ނަތީޖާތިޔައީ . އިންޑިއާއިން ރާއްޖެއެތެރެކޮށް ރަޝިޔާއަށްވެސް އެކްސްޕޯޓުކުރީ ..

 7. ސަމީރު

  ކޮބާ ވަރަށް ތާހިރެއްނު! އިންޑިއާ މޯޑީ އަތުން ބިލިއަނުން ޑޮލަރު ނަގައިގެން ތިބެ އެޭގެ ބަދަލު ދޭން މިޖެހުނީ ދިވެހި ރައްޔިތުން ގެ އިކޮނިމިކަލް އިންޑަސްޓްރީ ތައް ފޫ ދުއްވާލައިގެން،
  ރައްޔިތުން ދަންނަން ވެއްޖެ، ނުބައި ސިޔާސީ މީހުން ވަނީ އެމީހުން ނަށް ވާވަރަށް ޑޮލަރު ޖަމާކޮށް ފޮރުވާފަކަން، މާދަން ހާލުގަ ޖެހޭނީ މިއަދު ޕަޕެޓް ވެގެން ބާރަށް އަތް ޖަހަން ތިބޭނަމަ!