"އަނދިރި ދައުލަތް" އަކީ އިސްލާމް ދީނުގައި ނެތް ހަރުކަށި ކަމެއް ދީނުގައި އޮތް ކަމުގެ ވިސްނުމެއް އެކަނި ނޫން ކަމަށާއި އެއީ ސިޔާސީ މީހުން ބޭނުންވެގެން އުފައްދާފައިވާ ދައުލަތެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް ވިދާޅުވެއްޖެއެވެ.

އޮންލައިން ނޫސް "އަވަސް" ގެ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން ސަނީފް ވިދާޅުވީ ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލު އޮތީ ނަފުރަތު ހުއްޓުވަން އޮތް އިބާރާތްތަކަކާއި އެކު ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

ނަފުރަތުގެ އަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅަން ހުށަހަޅާފައިވާ ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލަށް ސަރުކާރުން ބޭނުންވި ބަދަލުތައް އެ ބިލު ދިރާސާކުރި ޖުޑިޝަރީ ކޮމިޓީން ނުގެނައި ސަބަބު އެއް ގޮތަކަށް ވެސް ވިސްނިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަފުރަތުގެ ވާހަކަ ދައްކަވާއިރު އެމްޑީޕީގެ އިސްލާހީ މަސައްކަތްތައް ފެށިގެން އައި އިރު އޭރުގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަން ނިންމުމަށްޓަކައި އެމަނިކުފާނުގެ ވެރިކަމުގައި ހުރި އެތައް ގޯހެއްގެ ވާހަކަ ފެތުރުމުން އެމަނިކުފާނާ މެދު އާންމުންގެ ގިނަ ބަޔަކުގެ މެދުގައި ނަފުރަތު އުފެދުނު ކަން ސަނީފް ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ހިނގި ގޮތް ނޭނގޭ ބޮޑެތި ބައެއް މަރުތަކާއި ދިވެހި އަސްކަރިއްޔާގައި ހުރި ބައެއް ހަތިޔާރުތައް ފަޅު ރަށެއް ކަމުގައިވާ ބ. ހިނބަޅިދޫގެ ފަޅު ތެރެއިން ފެނުނު ހާދިސާ ސަނީފް އިޝާރާތް ކުރެއްވިއެވެ.

މި ކަންކަން ހިނގައި ދިޔަ ގޮތުން ވެސް އެނގޭ ކަމަކީ "އަނދިރި ދައުލަތް" އަކީ އިސްލާމް ދީނާ އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫން ކަންކަމުގައި އޭނާ ވިދާޅުވިއެވެ. އެއީ ސީޔާސީ މީހުންގެ ބޭނުންތަކަކަށް އުފައްދައިގެން އުޅޭ ދައުލަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންވިޔަސް އެއީ ސިޔާސީ ކޮން ބަޔަކު ކަމެއް ސަނީފް ވިދާޅެއްނުވެއެވެ. "ރައީސް ނަޝީދަށް ޓަކައި، ރައީސް ޔާމީނަށް ޓަކައި، ރައީސް ސޯލިހަށް ޓަކައި، ބިލެއް ނުހެދޭނެ، ބިލު ހަދަން ޖެހޭނީ މުޅި މުޖުތަމައުގެ މަސްލަހަތަށް." ސަނީފް ވިދާޅުވިއެވެ.

ސަނީފް ވިދާޅުވީ އޭނާ އުއްމީދު ކުރަނީ އިސްލާމިކް މިނިސްޓްރީއާއި ދީނީ އިލްމުވެރިން ވެސް ލަފާ ދެއްވާފައިވާ ގޮތަށް ނަފްރަތުގެ ބިލު ބަދަލުކޮށްގެން ފާސްވެގެން އައުން ކަމަށެވެ.

ސަރުކާރުގެ ފަރާތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި ބިލަށް އާންމުންގެ ފާޑުކިއުންތައް އަމާޒުވީ އިސްލާމް ދީނާ ޚިލާފަށް މީހަކު އުޅޭ ކަމުގެ ތުހުމަތު ކުރުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅަން ބިލުގައި އޮވެގެނެވެ.

އެ ބިލަކީ ރާއްޖޭގައި "ލާދީނިއްޔަތު" ފެތުރުމުގެ މަގްސަދުގައި ހުށަހެޅި ބިލެއް ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެއެވެ. އެކަމަކު މި ކަން ބިލު ހުށަހެޅުއްވި މެންބަރު ހިސާން އާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެސް ދޮގު ކުރައްވައެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ކާފަ

    ތިގޮލާވެސް މިހާރު ހަރުކަށިތިވަނީ..

    3
    14
  2. އަހުމަދު

    ރާއްޖޭގެ ދިފާއީ ބާރުތަކުތެރޭގަ އަނދިރި ދައުލަތް އޮތް ވާހަކަ ކިޔާއަޑުއިވޭ، އަނެއްކާ މަޖިލިސް ތެރޭގަވެސް އަނދިރި ދައުލަތެއް އޮތީބާ؟

    7
    5
  3. ގލ

    ވަކި މީހަކަށްޓަކަ އި ގާނޫނާ އި ގަވާ އިދުތަކަށް ބަދަލު
    ގެނަ އުމަކީ ގައ އުމަށް އޮތް ބޮޑު ނުރަ އްކަލެކެވެ އޭ އި އްޒަތް
    ތެރި މެންބަރުންނޭވެ ގަ އުމަށްޓަ އި ވިސްނަވާށެވެ.

    13
    1
  4. ަަަަަަަަަައަބުދު

    ދިވެހި ދައުލަތުގެ ތެރޭގެ އަޑުތައް އިވުމުން އިހުސާސްވަނީ ޖާސޫސީ ވާހަކަތަކާއި އިޒުރަެލުގެ މޮސާދު ފަދަ ޖާސޫސީ އިދާރާ ތަކެއްގެ ބިރުވެރިކަމުގަ އުޅެވޭކަމުގަ.

    11
  5. Anonymous

    މީ ފައްކާ ރޯނުއެދުރެއް

    4
    14
  6. ސސ

    ސިޔާސީ މީހުންނޭ މިކިޔާ މީހުންނަކީ މާލިއްޔަތު ލޫޓުވާ ސިޔާސީ ވަފާތެރި ކެހިވެރި ޗޯރުން އަބަދު ސޭލް އަޅުވައިގެން އުޅެނީ !

    12
  7. ސޮއި

    ރައްޔިތުންގެ މަޖިލިހުގައި ރައްޔިތުންނަށް ކުރިމަތިވި މިބޮޑު މުސީބާތުގެ ވާހަކަ މެދުކެނޑުމެއްނެތި ރައްޔިތުންނާށްޓަކައި ވަކާލަާތުކޮށް ދެއްވާތީ ޝުކުރުވެރިވަން.

    16
    1
  8. އަބްދޫ

    ޢަޑީ ނުވަތަ އަނދި ރި ނުވަތަ އަނދި ރި އަނދި ރިންގެ ދައުލަތުގެ ވާހަކަޔާހަ ރުކަށި ފިކު ރު ގެ ވާހަކަޔަކީ ނަސީދުގެ ދުލުން ބޭ ރުވާ ލަފުޒުތަކެެއް .ޢެލަފުޒުތައް ހަގީގަތަކަށް ހެދޭތޯ ބަލަނީވެސް ނަސީދު. ޙަ ރުކަށި ފިކުޜު ގެ އަޑު އިވެނީ ނަސީދުގެ ދުލުން ޕާޓީ ކުއްޖަކު ކަމަކަށް އެދިއްޖެނަމަ ކޮށްދޭނެ ކަމަށާއި އެހެންޕާޓީ އަކުން އެދިއްޖެނަމަ ނުލަފާކަން ދާއްކާލާނަން ކަމަށް ނަސީދު ވިދާޅުވި އަޑުއެހިން ކަނާތުން ކު ރާކަން ވާތަކަށް ނޭގޭނެޔެ ވެސް ބުނު އްވި .މިހު ރީ އަނދި ރި ދަވްލަތަކީ .

    7
    1
  9. އާރު

    ނޫސްތަކުގެޚަބަރުތައްތާޒާވުމަކީ ވިޔަފާރިއަށްލިބޭކުރިއެރުމެއްކަމުގައި ލައްވާށިއެވެ.

  10. މަގޭ ޚިޔާލު

    ނަފުރަތުބިލަކީ މިހާރުންމިހާރަށް މަޖިލީހުގެ ތަޅުމުން ހޫރާލަން ޖެހިފައިވާ ބިލެކެވެ.

  11. ހުވަދޫކަލޯ

    ސަނީފަކީ މުޅި ހުވަދުއަތޮޅު އޭނާއަށްޓަކައި ފަޚުރުވެރިވާ ދަރިޔެއް. އަބަދުވެސް ތިޔަ ގޮތުގައި މުޅި މުޖުތަމަޢުގެ ޙައްޤުގަ ވަކާލާތު ކުރެއްވުމުގައި ދެމި ހުންނަވާ!. ޚާއްޞަކޮށް ތިޔަހުންނެވި ބައެއްގެ ތެރޭގައި ހުރެ ކުރައްވަން ތިޔައީ ވަރަށް އުނދަގޫ މަސައްކަތެއްކަން ހަނދާނުގައި ބަހައްޓަވާ!

  12. ނަސް

    ޜަނގަޅު ވާހަކައެއްވތިބުނެވުނީ އަދި. ގާނޫނުތައް ހަދަންވާނީކީ ވަކިމީހަކަށް ބަލަެިގެނެއްނޫން މުޅިގައުމަށް ރައްޔިތުންނަށް ބަލައިގެން އިސްލާމް ދީނަށާއި ދިވެހި ސަގާފަތައް ފުށަނާރާގޮތައް.

  13. ކޮރަލް

    ހަރުކަށި ފިކުރު އުފެދެނީދީނައް ފުރައްސާރަ ކޮށް ވާހަކަ ދައްކާ މީހުންގެ މައްސަލަ ތައް ނުބެލޭތީ އެވެ.

    1
    2
  14. އާދަމުގެދަރި

    ރަނގަޅު ވާހަކައެއް. އޭގެ ބާނީއަކީ ރީނދޫކުލައިގެން އަނގަގަދަ ސޮރެއް. އަލިފާން ބޯޅަ އުކުމުގެ މޭސިތިރިއެއް. ސާރކް ސަމިޓްގައި ބޮން ގޮއްވުމަށް ރޭވި މޭސްތިރިޔާ އަދި މުޅި ރާއްޖޭގައި ބޮޑު ހުޅުޖަހައި ދައުލަތުގެ އެތައް މުވައްސައެއްގައި ހުރި ފިކުރީ މުދަލަށްދާނދެން އަންދާލި މީހާ.

  15. އަހުމަދު

    މިސަރުކާރުގެ %80ކީ ހުވަދޫ މީހުން، އެންމެ އާބާދީ ބޮޑު އައްޑޫ އޮތީ ބާކީ ކޮއްފަ.

    1
    1
  16. ހައިރާން

    ހަރުކަށި ފިކުރަކީ އިސްލާމްދީނުގައި އޮތް އެއްޗެއްނޫން. އިސްލާމްދީނާ ދެކޮޅު މީހުން އިސްލާމްދީން ނައްތާލުމަށް ބޭނުންކުރާ ފަލްސަފާއެއް ތިބުނާ ހަރުކަށި ފިކުރަކީ. ލާދީނީ ފިކުރުގެ މީހުންނަކަށް ހަތް އުޑުމަތިން ﷲ ބާވައިލެއްވި ޝަރީއަތް ކަމަކު ނުދޭ. މިހެންވެ ހަރުކަށި އަމަލުތައް އަޅުވަނީ ދީން ހިމާޔަތްކުރަން މަސައްކަތްކުރާ މީހުންގެ ބޮލުގަ. ދުނިޔޭގަ ހިނގާ ކޮންމެ ނުރައްކާތެރި ނިރުބަވެރި އަމަލަކީ މުސްލިމުން ކުރާ ކަމެއްނޫން.