ރާއްޖޭގެ ފަޅުތަކާއި ރަށްތައް ވިއްކައިގެން ހިންގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާ ލިބުނު ކަމުގެ ތުހުމަތުގައި ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް ދައުވާ ކުރުމާއި މެދު ގޮތެއް ނުނިމިގެން އުޅެނީ އެ މައްސަލަ އަދިވެސް ދިރާސާކުރަމުންދާތީ ކަމަށް ޕީޖީ އޮފިހުން ވިދާޅުވެއްޖެއެވެ.

ޕީޖީން ދިރާސާކުރަމުން ދަނީ މަހްލޫފަށް ދައުވާ ކޮށްްދިނުން އެދި އޭސީސީން ފޮނުވި ލިޔުންތަކެވެ. މިދިޔަ ހަފްތާގައި ޕީޖީން ވިދާޅުވި ގޮތުގައި މައްސަލަ ހަފްތާއެއް ތެރޭގައި ދިރާސާކޮށް ނިންމާލެވޭނެއެވެ.

ނަމަވެސް މިއަދު ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަދި މީޑިއާ އޮފިޝަލް އަހުމަދު ޝަފީއު "ވަގުތު" އަށް ވިދާޅުވީ، މައްސަލަ އަދިވެސް ދަނީ ދިރާސާކުރަމުން ކަމަށެވެ. މައްސަލައާ މެދު ވަރަށް އަވަހަށް ގޮތެއް ނިންމަވާނެ ކަމަށް ޝަފީއު ވަނި މީގެ ކުރިން ވިދާޅުވެފައެވެ.

އެސެޓް ރިކަވަރީގެ ރިޔާސީ ކޮމިޝަނާއި ޕީޖީ އޮފީހާއި އޭސީސީއާއި ފުލުހުން ގުޅިގެން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގު ކުރިއަށް ގެންދާއިރު، އިދާރާތަކުން އެކުލަވާލާފައިވާ ފައިސާ ލިބުނު މީހުންގެ ލިސްޓުގައި މަހްލޫފްގެ ނަން އެބަ އޮތެވެ. އެކަމަކު ޚިޔާނާތުގައި ބައިވެރިވެވަޑައިގެންނެވި ކަމަށް މަހްލޫފް އިންކާރު ކުރައްވައެވެ. މިއީ ސިޔާސީ ގޮތުން އޭނާ "ކަތިލަން" ކުރާ ކަމެއްގެ ގޮތުގައި މަހްލޫފް ސިފަ ކުރައްވައެވެ.

މަހްލޫފް ވިދާޅުވާ ގޮތުގައި އޭނާ މަގާމުން ދުރުކުރުމުގެ މަސައްކަތް ކުރަމުން ގެންދަނީ ކުޅިވަރު އިންތިހާބަކާއި ގުޅިގެންނެވެ. އޭނާ މަގާމުން ވަކިކޮށް ދައުވާ ކުރުމުގެ ފަހަތުގައި ތިބީ ރައްޔިތުން މަޖިލީހުގެ އެމްޑީޕީ މެންބަރުންތަކެއް ކަމަށް މަހްލޫފް ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކޮވިޑް

    ދިރަސާ ކުރުމަށް މިސަރުކާރުގެ މަކީ ދެއަހަރު ނިމޭއިރު އުންސުރު ނުފެނުން ކެކެކެކެކެ. އިންޝާﷲ ތި ހުރިހާ ކަމެއްގެ ހައްލަކީ ރައިސް ޔާމީން. ﷲ ގެ ވާގިފުޅާއެކު 2023 ގައި.

  2. ކޮންފްލިކްޓް އޮފް އިންޓްރަސްޓް

    އެމް.އެމް.ޕީ.އާރް.ސީ ދިފާއީވަކީލް ހުންނަވައިގެން އިންސާފްވެރިގޮތެއްގައި އެމް.އެމް.ޕީ.އާރް.ސީ އާއި ގުޅުންހުރި މައްސަލަތައް ބެލޭނެތޯ؟

  3. މުކޮސް

    ކަލޯގަޔާ އެމް.އެމް.ޕީ.އާރް.ސީ ގެ ދިފާއީވަކީލްކަން ކުރިބޭފުޅާ މި ބައްލަވާ ދިރާސާކުރައްވަނީ އެމް.އެމް.ޕީ.އާރް.ސީ ހިޔާނާތާބެހޭ ހުރިހާކަމެއް، މިބޭފުޅާއަށް އެމް.އެމް.ޕީ.އާރް.ސީ ގެ ހުރިހާކަމެއް މިހާރު ވަރަށް ރަނގަޅައް އިނގޭނެ. އެކަމަކު އެމް.އެމް.ޕީ.އާރް.ސީ މައްސަލާގައި ޖަލައްލާފައިހުރި އަދީބާއި ރައީސް ޔާމީނުވެސް މިހާރު އެތިބީ ގޭގަ ދެން އެމް.އެމް.ޕީ.އާރް.ސީ މައްސަލައިގައި ކަމެއް ވާނެތަ؟

  4. ކެޔޮޅުބަކުރު

    އަދިވެސް ދިރާސާކުރުމުގަ އެއީ ވެކުސިނެއްތަ ދިރާސާކުރަނީ އެހެންވިއްޔާ ތިޔަވެކުސިން އަލުންދިރާސާކުރުމަށް އެމެރިކާގެ އޮހާއިއޯ ގޮދައިމަސް މެޑިކަލް ކޮލެޖަށް ފޮނުވަންވީނު.