އދ.އަތޮޅު ހޮސްޕިޓަލުން އައިޖީއެމްޗަށް ފޮނުވި މާބަނޑު މީހެއް ރޭ ވިއްސުވުމުގެ ތެރޭގައި ދަރިފުޅުގެ ބޯ ވަކިވެފައިވާ ކަމަށް ބުނެ ނޫހަކުން ރިޕޯޓުކޮށްފިއެވެ.

އަރިއަތޮޅުގެ ޚަބަރުތައް ގެނެސްދޭ "އަރި އޮންލައިން" ގައި ބުނެފައި ވަނީ ބޯ ބުރިވި ކުއްޖާގެ މަންމަ އަކީ އއ.ހިމަންދޫއަށް ނިސްބަތްވާ މީހެއް ކަމަށެވެ. ބޯވަކިވުމުން ދަރިފުޅުގެ ހަށިގަނޑުގެ ބާކީބައި ނަގާފައިވަނީ ސިޒޭރިއަން ހަދައިގެން ކަމަށް އިތުބާރު ހުރި މަސްދަރަކާއި ހަވާލާދީ އެނޫހުގައި ބުނެފައި ވެއެވެ.

ވިހެއުމުގެ ތެރޭގައި މި ކުއްޖާގެ ބޮލާއި ހަށިގަނޑު ވަކިވީ މައިމީހާގެ ހަކުރު މަތިވުމުގެ ސަބަބުން ކުއްޖާ އާދަޔާ ޚިލާފަށް ބޮޑުވެ ބަނޑަށް މަރުވުމުގެ ސަބަބުން ކަމަށް މައުލޫމާތު އެނގޭ ފަރާތަކުން ބުނެފައި ވެއެވެ. ވިހެއި ތުއްތު ކުއްޖާގެ ބޮލާއި ހަށިކަނޑު އެއްކޮށް ފަހައި ވަޅުުލުމުގެ ކަންކަން މިހާރު މާލޭގައި ކުރިއަށް އެބަދެއެެވެ.

މިކަމާއި ގުޅިގެން އައިޖީއެމްއެޗަށް ގުޅުމުން އެތަނުގެ އޮފިޝަލުން ފޯނަށް ޖަވާބު ނުދެއްވާތީ އައިޖީއެމްއެޗްގެ ބަހެއް ނުލިބެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. އަލީ

  އަވަހަށް ބުނެ " މައްސަލަ ދަނީ ބަލަމުން" ނޭ. އޭރުން ނިމުނީ.

  32
  1
 2. ޏަމި

  ހާދަދެރަ ހަބަރެކޭ. ހިތް ކުދިކުދި ވެއްޖެ.އާއިލާ އަށް ކެތްތެރިކަން ދެއވާށި.
  ހަކުރު ބައްޔަށް މީހުނެ ހޭލުންތެރި ވާންޖެހޭ.ގިނަ މީހުން އެހާ ސީރިއަސް ކޮށް ހަކުރުބަލި އަދިވެސް ނުނަގާ.ކެއުމަށާ އެކްޓިވް ހެލްދީ ލައިފެއް އުޅެވޭތޯ ެބލުން ވަރަށް މހިނމު.

  47
  1
 3. ދީދީ

  ނޯ ސަޕްރައިޒް ... ސޭމް ބިފޯ އެމްޑީޕީ ވެރިކަން

  24
  12
 4. ާއަލީ

  ޙެޑްލައިން ފެނުނީމަ ހީވީ ހޮސްޕިޓްގެ އިހުމާލް އެއްކަމަށް.

  29
  2
 5. ހިތާމަ

  إنا لله وإنا إليه راجعون

  47
  1
 6. ޑިމޮކްރަޓިސްޓް

  ކޮންކަހަލަ ސުރުހީއެއްތަ ތި ޖަހަނީ. ކުއްޖާ ބަނޑަށް މަރުވީމަ، ނަގަން އުޅުމުގެ ތެރޭގަ ވީކަމެއް. ބާކީބައި ނުނެގުނީމަ ސިޒޭރިއަން ހެދީ. ދެން ކޮބާ މައްސަލަޔަކީ؟

  33
  6
 7. ޝހދ

  إنا لله وإنا إليه راجعون
  އާއިލާ އަށް ކެތްތެރިކަން ދެއވާށި
  امين

  29
 8. މިތުރާ

  ސިތްހީ ހިދުމަތް ހަބޭސް، ގައުމަށް ވަންނަ ރުފިޔާ ރަށްކާކު ރަނީ ވޯޓު ކެންޕޭން ކު ރަން.

  2
  2
 9. ބަކުރު

  ތިކަމުގައި ސަރުކާރުގެ އިހުމާލު ވަރަށްބޮޑު އަޅާލަންޖެހޭވަރަށް އަޅާނުލެވޭ މިއީ ސަރުކާރުގެ ބޮޑު އިހުމާލެއް.

  5
  4
 10. ކަލްޓް

  ކެރަފާ ދަރިފޮސް ކޮޅު ވެރިކަމުގަ ދިވެހިން ނަށް ލިބޭނީ ހުސް އަނިޠާ

  5
  2
 11. ކިނބޫ

  ކިރިޔާ ކަމެއްވާއިރަށް މަގުމަތީ ވައްވައް ޖަހަމުން ދުވި ގްރޫޕްގަނޑަށް ތިވަރުކަމެއް ހިނގައިގެން އުޅޭކަން ނުވެސް އެނގޭ އޮތަ!

  5
  2
 12. 🙄

  ކިތައް ފަހަރު އެއް ޚަބަރެއް ލިޔުނީމަބާ ޚަބަރަކަށް ވަނީ؟؟