ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ނިރުބަވެރި ހަމަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން އެކުލަވާލި ރިޕޯޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިއަދު އަރުވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު މެންދުރު ބޭއްވެވި ރަސްމިއްޔާތުގައި، ރިޕޯޓް ރައީސަށް އަރުވާފައިވަނީ 241 ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އިތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމެވެ.

ރައީސް ވަނީ އެ ރިޕޯޓް މިހާ ކުރުމުއްދަތެއްގެ ތެރޭގައި އެކުލަވާލައްވާ ހުށައެޅުއްވި ކަމަށްޓަކައި މަރުހަބާ ވިދާޅުވެފައެވެ.

Inquiry Report
241 ކޮމިޓީގެ އިންކުއަރީ ރިޕޯޓް ރައީސަށް އެރުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. --- ފޮޓ: ރައީސް އޮފީސް

މަޖިލިހުގެ 241 ކޮމިޓން ކޮށްފައިވަނީ މުހިއްމު މަސައްކަތެއްގެ ގޮތުގައި ފާހަގަކުރައްވާ ރައީސް ވަނީ ކޮމިޓީގެ މެންބަރުން މި ރިޕޯޓު އެކުލަވައިލެއްވުމުގައި ކޮށްދެއްވި ބުރަ މަސައްކަތަށްޓަކައި އެ ކޮމިޓީގެ އެންމެހާ މެންބަރުންނަށް ޝުކުރު އަދާކުރައްވައިފައެވެ.

ރިޕޯޓުގައި ފާހަގަކުރައްވާފައިވާ ކަންކަމަށް ބައްލަވާ، އެކަންކަމުގައި އިސްލާހުކުރަން ހުރި ކަންކަން އިސްލާހު ކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރިޕޯޓް ނޭޝަނަލް ސެކިއުރިޓީ ކައުންސިލަށް ހުށައަޅުއްވައި، ގައުމީ ސަލާމަތާއި ގުޅުންހުރި މުހިއްމު ކަންކަން ވީހާވެސް އަވަހަށް ހައްލުކުރައްވާނެކަމުގެ ޔަގީންކަންވެސް ރައީސް ދެއްވި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

ރިޕޯޓް އެރުވުމަށް ފަހު އަސްލަމް ވިދާޅުވީ، ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށް ސަރުކާރުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމުގެ ފުރިހަމަ ޔަގީންކަން އޮތްކަމަށެވެ.

ތަހުގީގީ ސިފަތައް ނުހިމެނޭނޭހެން މި އިންކުއަރީ ކުރިޔަށްގެންދިއުމަށް ވަރަށް ބޮޑަށް އިސްކަން ދެއްވާފައިވާ ކަމަށް ވެސް އަސްލަމް ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މަތޮޑާ

    އިލްޔާސް ލަބީބައް މައުލޫމާތް ދިންމީހާ ހޯދަންނޫޅުނީ ކީއްވެހޭ އަސްލަމޫ! އެއީކާކުހޭ! ތިގޮތައް ބާގަޑުގަޑު އެޅިފައޮތްރިޕޯޓް އެއް ކޮންކަންޑުކޮހެއްހޭ ގަބޫލު ކުރާނީ!!! އޯ! ކަލޭމެންދޯ!!

  2. ގުންޑާބޯދިގު

    2 ކޮޅުންކާ ނިއުއްޓޭ އާއި ނާޒިމް މެޑަލް ޖަހަންގޮސް.. ހުރިހާ ބުރަ މަސައްކަތެއްކުރި ކުދިންކޮޅުގެ މަސައްކަތަށް ލިބުނު ތައުރީފެއްނެތް..

  3. އައިކުޑް

    އިންކުއަރީ ރިޕޯޓުން ފާހަގަވި ކަންކަން އިސްލާހު ކުރާނަން ކަމަށް ރައީސް އިބޫ ވިދާޅުވުން އެއީ މަމެން އުފާ ކުރާ ކަމެކޭ މަމެންނަށް ޤަބޫލުކުރަން ދަތިއޭ ރައީސް ނަޝީދަށް ފާރަލައިގެން އުޅުނީ އެއީ ހައްދު ފަހަނައަޅާފައިވާ ބަޔެއް ކަމަށް މިރާއްޖޭގައި އިސްލާމް ދީން ކުރިއަރުވަން މަސައްކަތް ކުރާ މީހުން އެއީ ހައްދު ފަހަނައަޅާފައިވާ މީހުން ކަމަށް ލޭބަލް ކޮށްގެން ތިޔާ ކަން ކާމިޔާބު ނުވާނެއޭ އަފްއާންގައި އެމެރިކާއިން ކުރި ހަނގުރާމައިން އެމެން 20 އަހަރުވީއިރު ވެސް ބަލިވީއޭ މައްސަލަ އަކީ އެއީ އަފްއާނިސްތާނު ތާލިބާނުން ފަހަތުން އެމެރިކާ ދުވުމޭ އެއީ އަފްއާން ރައްޔިތުންނޭ ސަރުކާރަށް ވެސް ރައްޔިތުން ފަހަތުން ރައްޔިތުން އެއީ ހައްދު ފަހަނައަޅާފައިވާ ބަޔެއް ކަމަށް ހަދައިގެން ނުދުވޭނެއޭ އޯއް ޔޭއް ބަދަލުގައި ހަގީގަތުގައި ރައީސް ނަޝީދަށް ހަމަލާދިނީ އެއީ ސިޔާސީ މީހުން އަޑީގައި ތިބެގެން ކަމަށްވާތީވެ އެއީ އިންސައިޑް ޕްލާންޓެޑް އެޓޭކެއް ތޯ ބަލަންވީއޭ އޯއް ޔޭއް ދީސް އާރ ދަ ތިންގްސް އައި ކާންޓް އިގްނޯރ އައި ކުޑް ލައިކް އިޓް ޓިލް ދަ ޑޭ ދެޓް އައި ޑައި ޑައި ޑާއި ޑާއި ޑޯން މިސްޓޭކް މީ އޯއް ޔޭއް އައި ކުޑް ލައިކް އިޓް ޓިލް ދަ ޑޭ ދެޓް އައި ޑައި ޑާއި ޑާއި ޑާއި ޑާންސް ޑާންސް ޑާންސް ޑާންސް...

  4. އައިކުޑް

    އިލްޔާސް ލަބީބުގެ މައްސަލަ ފުލުހުން ބަލަނީ ނަމަމަމެން އުފާ ކުރަމޭ އެމްޕީން ނަކީ ގާނޫނު ހަދާ މަޖްލީސް މެމްބަރުންނަށް ވާއިރު އެމެންނަށް އިނގެން ޖެހޭނެއޭ ގާނޫނު ތައް ތުނޑުން ތުނޑަށް އަދި އެމެން ޖެހޭނެއޭ ގާނޫނު އަސާސީ ހިތު ދަސްވާން އެގޮތުން ބަލާއިރު މަޖްލީހުގެ ރައީސް ނަޝީދަށް ދިން ޓެރެރިސްޓް ހަމަލާގެ މައުލޫމާތު ލިޔުމުން އިލްޔާސް ކިއެއްވެތޭ ފުލުހުންގެ އިދާރާ އަށް ނޭންގީ މާރިޔާ އަށް އަންގަން ނުޖެހޭނެއޭ އޯއް ޔޭއް ދީސް އާރ ދަ ތިންގްސް އައި ކާންޓް އިގްނޯރ އައި ކުޑް ލައިކް އިޓް ޓިލް ދަ ޑޭ ދެޓް އައި ޑައި ޑައި ޑާއި ޑާއި ޑާއި ޑާއި...

  5. އައިކުޑް

    އިލްޔާސް ލަބީބުގެ މައްސަލަ ފުލުހުން ބަލާނަމަ އައި ލައިކް ޔޫ ޓު ޓޭސްޓް އިޓް އައި ކުޑް ލައިކް އިޓް ޓިލް ދަ ޑޭ ދެޓް އައި ޑައި ޑައި ޑާއި ޑާއި ޑާއި މަމެން ވަރަށް ގަޔާވެއޭ ފުލުހުން ގާނޫނުގައިވާ ގޮތުގެ މަތިން ކަންކަން ކުރާތީވެ ސޮރީ ޑޯން ބައި މީ ފްލާރވަރސް ނާނާނާ ނާނާނާ ނާނާނާ އައި ވުޑް ހޭޓް އިޓް...

  6. ތެދު

    ޑްރާމާ ފެށުނީދޯ...މޮޔައިންހައްދަން..

  7. ސސ

    މަޖިލިސްގެ ރައީސަކީވެސް އަސްލަމްތޯ ؟