ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހިމްއާއެކު މިއަހަރު ރާއްޖެ ވަޑައިގެން ތަފާތު ދައްކަވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ރައީސް ކަމަށް ރޭ އިންތިހާބުވެ ވަޑައިގެންނެވި އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

އަލީ ވަހީދު ރާއްޖެ ދޫކުރައްވައި ވަޑައިގެންނެވީ 2015 ވަނަ އަހަރުގެ މޭޑޭގެ މުޒާހަރާއަށްފަހުއެވެ. އަދި ގާސިމް ރާއްޖެ ދޫކުރައްވައި ވަޑައިގެންނެވީ ބޭސްފަރުވާ އަކަށް ކަމަށް ވިދާޅުވެއެވެ. ގާސިމް ރާއްޖެ އިން ވަޑައިގެންނެވިއިރު އެމަނިކުފާނުގެ މައްޗަށް ވަނީ ތިން އަހަރާއި 12 މަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.

ޖޭޕީގެ ކޮންގްރެސްގެ ނިންމުމުގެ ރަސްމިއްޔާތުގައި ވީޑިއޯ މެދުވެރިކޮށް ދެއްވި މެސެޖުގައި އަލީ ވަހީދު ވިދާޅުވީ މި އަހަރުގެ ތެރޭގައި ގާސިމާއެކު ރާއްޖެ ވަޑައިގެން ޖުމްހޫރީ ޕާޓީއަކީ ބޮޑު ޕާޓީއަކަށް ހައްދަވާނެ ކަމަށާއި އެ ބޭފުޅުން ރާއްޖެ ވަޑައިގެން ތަފާތު ދައްކަވާނެ ކަމަށެވެ.

އަދި ފުޓްބޯޅަ މެނޭޖަރަކަށްވެގެން ލަންޑަނުގައި ފިނީގައި ވެސް އުޅުއްވިދާނެ ކަމަށައި ނަމަވެސް ރާއްޖެ ވަޑައިގަންނަވަން ނިންމަވާފައިވަނީ ސިޔާސީ ޕާޓީތަކުގެ ވެރިންނާއި ރައްޔިތުންގެ ހައްގުގައި ކަމަށްވެސް އަލީ ވަހީދު ވިދާޅުވިއެވެ. އަދި ކުޑަދުވަސްކޮޅެއްގެ ތެރޭގައި ޖޭޕީގެ މެމްބަރުން ކުރެއްވި އިތުބާރަށް ވެސް އަލީ ވަހީދު ޝުކުރު އަދާކުރެއްވިއެވެ.

"ޖޭޕީގެ މާވަހަރަކަށް ހެދީތީ ޝުކުރު ދަންނަވަން. އޭގެ ބަދަލު ދައްކާނަން. ނަމޫނާ ގޮތެއްގައި އިންތިޒާމްވެގެން ހިނގާ ޕާޓީއަކަށް ޖުމްހޫރީ ޕާޓީ ހަދާނަން" އަލީ ވަހީދު ވިދާޅުވިއެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އަލީ ވަހީދު ވިދާޅުވީ މި ސަރުކާރުގެ އަނިޔާވެރިކަން ވަރަށް މައްޗަށް ގޮސްފައިވާ ކަމަށާއި މިއީ ޕާޓީ އިސްކުރުމުގެ ބަދަލުގައި ގައުމު އިސްކުރަން ޖެހިފައިވާ ވަގުތު ކަމަށެވެ. އެގޮތުން ސޯޝަލް މީޑިއާ ދޫކޮށް ހަގީގީ މަޝްވަރާއަށް ވަޑައިގަތުމަށް އަލީ ވަހީދު ވަނީ އިދިކޮޅު ޕާޓީތަކަށް ގޮވާލާފައެވެ.

"ވެރިކަން ކުރާނީ ކޮން ޕާޓީއެއްތޯ ބެލުން މިވަގުތު މުހިއްމެއް ނޫން. ހުރިހާ އެންމެން ވެސް ފަހަތަށް ފިޔަވަޅު އަޅަންޖެހޭ. އިސްކަން ދޭންވީ ގައުމަށް" އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން އަލީ ވަހީދު ވަނީ ގާސިމަކީ ކަމެއް ބޭނުންވުމުން އަރާ "ހަރުގަނޑަކަށް" ނުހެދުމަށް ވެސް ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ޑަ ލާސްޓް

    ގާސިމާ އެކު ރާއްޖެ އައިސް އަލީ ވަޙީދުގެ ފއް ދައްކަންވީނު....

    • ފަސީ

      އޭގަވެސް ވަރުހުންނާނެކަން ނޭގޭނު؟

  2. ޙުސައިން މ. މުލި

    ލާރިގަނޑެއް ދަމަިގަންނަނީ ދޯ

  3. ހުސޭނުބޭ

    ކަލޯ ޤާސިމާއެކު ރާއްޖެ އައިސް ހާޓްއެޓޭކެއް ނުޖެހޭތި. އެއީ ރިޝްވަތުދޭ މީހުން ކައިރީގައި އުޅޭ މީހުންނަށް ގައިން ގަޔަށް އަރާ ބައްޔެއް!!!

  4. މެޑަމް

    ގާސިމާ އެކު ރާއްޖެ ގޮސް ގޮޅީގަ އޮވެ ތަފާތު ދައްކާނެ ކަމައް މިބަލަނީ...

  5. ޕޮފުބާ

    ނުވާނެ ތިކަމެއް

  6. ާަަަަަަަަަފފފދ...

    ބޫނބޫނނބޫ......ނ

  7. މަތާރަން

    މިއީ ދުނިޔޭގަ މިވަގުތު ހުރި އެންމެބޮޑެތި ކަރާ ފަޅާ އެކަކު ކަރާ ފަޅަމުން ގޮސް ކަރަލަކީ މާވަހަރު ކަމުގައިވެސް ހަދައިފި އަވަހަށް ރާއްޖެ އާދޭ ނުފެޅި ހުރި ހުރިހާ ކަރަލެއް ފަޅަން ކާކު ކަލޭގާތުގައި ބުނީ ލަންޑަނުގައި ކަރާފަޅަން ހުންނާށޭ އާދޭ އާދޭ އުދުހިފަ އާދޭ!! އަވަހަށް އާދޭ ނުރުހިފަ އާދޭ އެންމެން އާދޭ ވަންނަން އާދޭ ޖ.......ލ.........ށ

    • ފަސީ

      މީނާއަކީ ކަރާ ރަށަށް އުފަން މީހެއްކަން ހަނދާން ނައްތާލައިގެން ނުވާނެ. ކަރާ ފަޅަން މީނަ ވަރަށް ކުޅަދާނަވާނެ

  8. ފެނޭދޯ

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް

  9. Abdul Latheef

    28 މިލިޔަން ރުފިޔާ ހުސްވީމާ ސޭޓުގެ ޖީބަށް. ތިވެސް ދެން ގޮތެއްދޯ

  10. ޖޮއްބެ

    ރަގަޅު ވާހަކައެއް. ތިޔޮއް ހެދި މިނިސްޓްރީ ތަކަކުންވެސް އެނގޭ ތިޔަކަން. ޕަކާސް.........!!!!! ފުރަތަމަ ގާސިމު ދިވެހިދައުލަތަށް ދަރާއޮތް ދަރަނިދައްކާ ޚަލާސް ކުރަންވީނޫންތޯ ތަންތަނުން އެހެލާފަތިބޭ ސިޔާސީ ހައްޕުނޑު ގަންނަން ލާރި ޚަރަދު ނުކޮށް.....؟؟؟ ބުނަންތަ ވާހަކައެއް ބޫންބޫން، ތަފާތު ދެއްކިދާނެ އެކަމަކު ގާސިމަށާ އޭނާގެ ފަހަތުގައި ތިބޭ ބައިގަނޑަށް ދެއްކޭނީ ފަނާކުރަނިވި ތަފާތު. ބިނާކުރަނިވި ތަފާތު ދެއްކޭނެ ހަމައެކަނި ލީޑަރަކީ ރައީސް ޔާމީން. އެމަނިކުފާނު އެދަނީ މިހާރުވެސް ﷲގެ ވާގިފުޅާއެކު ތަފާތު ދައްކަމުން.....!!!

  11. ތިބޭތި

    ގާސިމް އާއި އެކު އައިސް ތަމެން ތަފާތު ދައްކާނެ ކަމެއް ނެތް ތްމެން ތިބޭ ރާއްޖޭން ބޭރުގައި ރިޔާސަީ އިންތިޚާބު ނިމެން ދެން.

  12. ރާވެރި

    އަހަރެމެން ވެސް ތަފާތު ދައްކާގޮތަށް މިތިބީ ގާސިމް ޖަލުހުކުމުން 1 ދުވަސްވެސް އަދި މައިނަސް އެއްނުވޭ. ދެން ވަހީދުގެ މޭޑޭގެ ކަންތަކުގައި ތަފާތު ފެނިގެން ދާނެ މިކޮޅަށް އައިމާ. އަވަހަށް ބަހީ...

  13. އިކޯން

    މަބުނިން މިކަލޭގެ ޖޭޕީއަށްލީ މާލޭގައި ޖޭޕީން ލައްވައި މުޒާހަރާ ކުރަންށޭ.

  14. މާމިގިލީ މީހާ

    އަނެއް ދިވެހިރާއްޖެ އަށް ވެސް ނާރުވާނެ.. ތިޔަ ގާސިމާ އަލީ ވަހީދު އާ.

  15. ކަރާ

    އާނ ކަލޭ ތަފާތު ދައްކާ ގޮޅީގަ އޮވެގެން..

  16. ހަސީނާ.

    ކަލޭ އައިސް ގާސިމަށް ދޮނެއްދޭތި. ކުރިންވެސް މީހެއްގެ ގައިގާ ބައްދާ ދޮން ދިނީމެއްނު.

  17. ނުވާނެއޭ

    ޖޭޕީ އޮތީ ވެރިކަން ކުރަން ތައްޔާރަށް، އިންތިޚާބު ކާމިޔާބު ކުރާނަން ކަމަށް ޑރ. ހުސެއިން ބުނި ނަމަވެސް ތަމެން ދައްކާ ވާހަކަ ތަކަކީ އެއީ ކަނޑުގައި އަޅާލާ ރޮނގު ތައް ކަން މަމެންނަށް އިނގެއޭ ވަރަށް ރަނގަޅަށް ކުޅަދާނަ އެއް ނޫން ތަމެންނަށް ކޮމަން އެއް ކެންޑިޑޭޓެއް ވެސް ނެރޭން ނެރިޔަ ވެސް ނުދޭނަން އަދި ކެނެރީގެ ނަޝީދުގެ ނަމެއްވެސް ނޯންނާނެއޭ ރާއްޖޭގައި މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ ރޭހުގައި އެރޭހަށް މަމެން މިކިޔަނީ އެއިޓީން މޫން ސީންގް ރޭސް އޭ މަމެން މިރޭހުގައި ތަމެން ކްރިޓިކްސް އަށް ކޮމަން ކެންޑިޑޭޓެއް ނެރޭނެ ފުރުސަތު ވެސް ނުދޭނަމޭ އެނޫން ނަމަ މީ ޕޮލިޓިކަލް ސައެންްސް ހިމެނޭ ގޭމް އެއް ނޫނޭ މަމެން މިކުޅެނީ މަމެން ދަންނަމޭ މާލެ އާއި ރާއްޖެތެރޭ މީހުންގެ ސޯޝަލް އެފެއަރޒް އަދި އެމެންގެ މެންޓަލިޓީ ވަރަށް ރަނގަޅަށް ތަމެން ހިޔަންޏަށް މުޑި ނަގައިގެން މެލޭޝިއާ މީހުންގެ މެންޓަލިޓީ އާއި ދިވެހިންގެ މެންޓަލިޓީ އާއި އެއްވަރު ކުރަން އުޅޭނަމަ ސްޓިލް ލޯންގް ވޭ ޓު ގޯ ދޯ. ނުވާނެ ތިޔާ ކަމެއް މަހަށް ދޭބަލަ.

  18. ލުކްފާރ

    ރާއްޖޭގެ ސިޔާސީ މަޝްރަހު ދިރާސާ ކޮށް ބަލާއިރު ޖޭޕީ އަށް ނެތް ކުރިއަށް އޮތް 100 އަހަރު ވެސް ރާއްޖޭގެ ވެރިކަން ކުރެެވެން. ދިރާސާ ތަކުން ދައްކާ ގޮތުގައި ޖޭޕީ ސަރވައިވް ވާން ބޭނުން ނަމަ ޖޭޕީ އެބަޖެހޭ ސެކްރިފައިސް ތަކެއް ވާން ރިޔާސީ އިންތިޚާބުގެ ވޯޓްގެ ނަތީޖާ އިއުލާން ކުރުމުގެ ކުރިން ރިޔާސީ އިންތިޚާބުގެ ނަތީޖާ މިފަހަރު އިއުލާން ކުރާ އިރު ބޮޑު ތަނުން އިދިކޮޅު ކޯލިޝަން އިން ނެރޭ ކެންޑިޑޭޓަށް ވޯޓް ނުލިބި ވޯޓްލާ ރައްޔިތުންގެ %85 ވޯޓް އިން ޕީޕީއެމް އެމްޑީއޭ ކޯލިޝަން ކާމިޔާބު ކުރާނެއެވެ. ޕީޕީއެމް ވެރިކަމުގައި އޮތީ އަދި ރައީސް އަކަށް ހުރީ ރައީސް ޔާމީން ރައީސް ޔާމީންގެ ޕޮލިޓިކަލް ހިސްޓްރީ އަކީ އެއީ އޭނާ ކުރިމަތި ލި އެއްވެސް އިންތިޚާބެއް މިހާތަނަށް ނެތް އޭނާގެ ނަން ބާއްވައިގެން ކޮމްޕީޓް ކޮށްފިނަމަ އޭނާ ބަލިވެފައި. މިފަހަރު އޭނާ ރައީސް ކަމުގެ މަގާމް ގައި ހުރެއްޖެނަމަ ގޭމް ޗޭންޖް ކުރާނެ އިގްތިސާދީ އަދި ވިޔަފާރީގެ ކާރޑް ޖަހާ ތަމެން ތަންޑާ އަރުވާލައިގެން. އޭގެ ކުރިން ތަމެން އެމްޑީޕީ ސްވައިޕް އައުޓް ކުރޭ.

  19. ޒާ

    އަލީވަހީދަކީ މޭޑޭ މުޒާހަރާގައި ޢިމްރާނާއި އެކު ޖަރީމާ ހިންގި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކުރަންބޭނުންވި މީހެއް. އޭރު ފިލައިގެން ދިޔައީ. ދެން އެނގިދާނެތާ ރާއްޖެ އައިމާ ވާނެގޮތް. ތަފާތު ބަލަން މިތިބީ.