އދ.އަތޮޅު ހޮސްޕިޓަލުން އައިޖީއެމްޗަށް ފޮނުވި މާބަނޑު މީހާ ވިހެއި ކުއްޖާގެ ބޯވަކިވީ ބަނޑަށް ނިޔާވެފައި އޮއްވާ ކުއްޖާ ވިއްސުމުގެ ތެރޭގައި ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.
ރޭ އައިޖީއެމްއެޗްގައި އަންހެނަކު ވިއްސުވުމުގެ ތެރޭގައި ދަރިފުޅުގެ ބޯ ވަކިވެފައިވާ ކަމަށް ބުނެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ.
އެކަމާއި ގުޅިގެން އައިޖީއެމްއެޗްއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، އެ ހޮސްޕިޓަލަށް ދެއްކިއިރުވެސް ބަނޑަށް ނިޔާވެފައިވާ ކުއްޖެއް، ވިއްސުމުގެ ތެރޭގައި ބޯ ވަކިވެފައިވާ ކަމަށެވެ. އަދި މިހެން ދިމާވެފައި ވަނީ މައިމީހާގެ ސިއްހީ މައްސަލަތަކެއް ހުރުމުންނާއި، ދަރިފުޅު ބަނޑަށް ނިޔާވެފައިވާތާ ގިނަ އިރުތަކެއް ވެފައިވާތީ ކަމަށެވެ.
އެ ހޮސްޕިޓަލުން ވިދާޅުވީ، ބަލިމީހުންގެ ތަފްސީލީ ސިއްހީ މައުލޫމާތު ހޮސްޕިޓަލްގެ ފަރާތުން ހާމަކުރުމަކީ ގާނޫނީ ކުށަކަަށްވުމުގެ އިތުރުން، މި މައްސަލައާ ބެހޭ މައުލޫމާތު، އިތުރަށް ހާމަ ނުކުރުމަށް އާއިލާގެ ފަރާތުންް ހޮސްޕިޓަލްގައި އެދިފައިވާ ކަމަށެވެ.
"ވީމާ އާއިލާގެ ހުއްދައާއެކު މި ނޫސްބަޔާނުގައި ހާމަކޮށްފައިވާ މައުލޫމާތުގެ އިތުރުން އިތުރު މައުލޫމާތެއް ހާމަކުރެވެން ނެތްކަމުގައި ދަންނަވަމެވެ". އެ ބަޔާނުގައި ވެއެވެ.
އަރިއަތޮޅުގެ ޚަބަރުތައް ގެނެސްދޭ "އަރި އޮންލައިން" ގައި ބުނެފައި ވަނީ ބޯވަކިވުމުން ދަރިފުޅުގެ ހަށިގަނޑުގެ ބާކީބައި ނަގާފައިވަނީ ސިޒޭރިއަން ހަދައިގެން ކަމަށެވެ.
ބޯ ވަކިނުކޮށްވެސް ސިޒޭރިއަން ހެދިދާނެންނު،
ބޯ ވަކިވީއޭ ދޯ އޮތީ، ވަކި ކޮށްލީއެކޭނޫން
ފާޑުފާޑުގެ ވާހކަ ނުދައްކާބަލަ، އެ އާއިލާއަށް ކުރާނެ އަސަރެއްނޭނގޭނެ،،، އެމީހުންގެ ހިތާމަ އިތުރު ވެދާފަދަ ވާހަކަ ނުދައްކަވާ
ޑޮކްޓަރުން އެކަން ކުރަަނީ ވަަރައްވެސް ހިކްމަތްތެރިކަމާއެކު ސައްކުނުކުރައްވާ އާއިލާއައް ކެއްތެރިކަން ދެއްވުންއެދެން
ޢަލަށް ދަސްކުރާއިރު އެހެންވެސްވާނެ....އިންޑިޔާ ކުދިން ފަހުން ރަގަޅުވާނެ