ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު ފަރާތްތަކާއި އެކު އެއްބަސްވުމުގައި ސޮއި ކުރުން މިމަހުގެ 14 ވަނަ ދުވަހުން ފެށިގެން ކުރިއަށް ދާނެ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވިދާޅުވެއްޖެއެވެ.

އެޗްޑީސީއިން ވިދާޅުވީ، ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭ ފޭސް ދޭއްގައި އިމާރާތްކޮށްފައިވާ 6،720 ފްލެޓަށް ހޮވިފައިވާ ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއި ކުރުމުގެ ކަންކަން ކުރިއަށް ގެންދަން ނިންމާފައިވަނީ މިމަހުގެ 14 އިން ފެށިގެން އޮގަސްޓް 15 ވަނަ ދުވަހާއި ހަމައަށް ކަމަށެވެ.

އެގޮތުން H9 ޓަވަރު ލިބުނު ފަރާތްތަކުގެ އެއްބަސްވުމުގައި ސޮއި ކުރުން އޮތީ މިމަހު 14 އިން 15 އަށެވެ. އަދި H13ގެ އެއްބަސްވުމުގައި ސޮއި ކުރުން 17 އިން 18 އަށް ބާއްވަން ނިންމާފައިވާއިރު، H16ގެ އެއްބަސްވުމުގައި ސޮއި ކުރުން އޮތީ މިމަހު 24 ގައެވެ.

މީގެ އިތުރުން އެއްބަސްވުންތަކުގައި ސޮއި ކުރާ ތާރީހުތައް:

H15ގެ އެއްބަސްވުމުގައި ސޮއިކުރުން 25 ޖުލައި.
H4ގެ އެއްބަސްވުމުގައި ސޮއިކުރުން 27 ޖުލައި.
H10ގެ އެއްބަސްވުމުގައި ސޮއިކުރުން 28 ޖުލައި.
H12ގެ އެއްބަސްވުމުގައި ސޮއިކުރުން 29 ޖުލައި.
H5ގެ އެއްބަސްވުމުގައި ސޮއިކުރުން 31 ޖުލައި.
H11ގެ އެއްބަސްވުމުގައި ސޮއިކުރުން 2 އޮގަސްޓް.
H14ގެ އެއްބަސްވުމުގައި ސޮއިކުރުން 4 އޮގަސްޓް.
H6ގެ އެއްބަސްވުމުގައި ސޮއިކުރުން 5 އޮގަސްޓް.
H8ގެ އެއްބަސްވުމުގައި ސޮއިކުރުން 7 އޮގަސްޓް.
H2ގެ އެއްބަސްވުމުގައި ސޮއިކުރުން 10 އޮގަސްޓް.
H7ގެ އެއްބަސްވުމުގައި ސޮއިކުރުން 12 އޮގަސްޓް.
H1ގެ އެއްބަސްވުމުގައި ސޮއިކުރުން 14 އޮގަސްޓް.
H3ގެ އެއްބަސްވުމުގައި ސޮއިކުރުން 15 އޮގަސްޓް.

އެޗްޑީސީން ވިދާޅުވެފައިވާގޮތުގައި މި އެއްބަސްވުންތަކުގައި ސޮއި ކުރުން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ހުރަވީ ސްކޫލުގެ ހޯލުގައެވެ.

މިތާރީހުތަކުގައި އެއްބަސްވުމުގެ ކަންކަން ކުރިއަށް ގެންދަން ހަމަޖައްސާފައިވީނަމަވެސް، ޓަވަރުތަކުން ފްލެޓް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން އެއްބަސްވުމުގައި ސޮއިކުރަން ތާވާލު ކުރެވޭނީ އެއްބަސްވުން ތައްުޔާރު ކުރަން ކޮންމެހެން ބޭނުންވާ މައުލޫމާތު ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް ކަމަށް އެޗްޑީސީން ވަނީ ވިދާޅުވެފައެވެ.

އޭގެ ތެރޭގައި ހިމެނެނީ ފްލެޓް ލިބިފައިވާ ފަރާތްތަކުގެ މައުލޫމާތު ފޯމު، ފްލެޓްގެ ވެރިފަރާތުގެ ބަދަލުގައި އެއްބަސްވުމުގެ ޒިންމާ އަދާ ކުރާނެ ފަރާތް ހަމަޖައްސާ ފޯމުއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސިޑް

    ކިހިނެއްތޯ އެޗް11 ގެ ފްލެޓް ލިސްޓް ތި އާއްމު ކުރައްވަނީ؟ ފުރަތަމަ ފްލެޓް އަށް ވީ ނުވީ އެއްވެސް ނޭނގޭ... އެއްފަހަރު އަޑު އިވުނު އެކެޓެގަރީ ނީއްނާނެޔޭ ދެން

    • ކަޅު ބުޅާ

      އެޗް11 ޢެއީ ޓަވަރު ކެޓެގަރީއެއް ނޫން