މާލޭގައި މީހުން އޮޅުކޮށްގެން ގެންގުޅޭ ބުޅާތަކަށް ފަރުވާ ކުރާ ކަމަށާއި ބުޅާ ފަދަ ތަކެތި ބަލައިދޭ ކަމަށް ބުނެ ބަޔަކު މީހުން ރާވައިގެން ބޮޑެތި އޮޅުވާލުންތަކެއް ހިންގަމުން އަންނަކަން ފަޅާއަރައިފިއެވެ.

"ކެޓް ހައުސް މޯލްޑިވްސް" ގެ ނަމުގައި ހިންގަމުން އަންނަ މި ޕޭޖާއި ބެހޭ ގޮތުން ގިނަ ބަޔަކު އަންނަނީ ވާހަކަތައް ދައްކަމުންނެވެ. އެގޮތުން އެތަނަށް ފަރުވާ އަށް ގެންދާ ބުޅާތަކަށް ފަރުވާ ނުދީ، ބޮޑު އަގު ނަގައި އިތުރަށް އަނިޔާ ދޭ ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ޕޭޖު ހިންގަމުން އަންނަނީ ޒުވާން އުމުރުގެ އަންހެން ކުއްޖަކާއި އިތުރު ބަޔަކާ ގުޅިގެންނެވެ.

އެތަނުން ހިދުމަތް ހޯދި މީހަކު "ވަގުތު" އަށް ބުނީ، ކަންކަން ވެފައިވަނީ ހީކުރި ވަރަށްވުރެ ވެސް ގޯސްކޮށް ކަމަށާއި 7 ދުވަސް ވަންދެން އެމީހުންނާއި ބުޅާ ހަވާލު ކުރުމަށް އިތުރަށް ވީ ގޯސް ކަމަށެވެ.

އަދި އިތުރު މީހަކު ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އެމީހުންނާއި ހަވާލު ކުރި 7 މަހުގެ ބުޅަލެއް ވެސް މަރުވެފައިވާ ކަމަށެވެ.

އެކަމާއި ގުޅިގެން ޝަކުވާ ކުރަމުން އަންނަ މީހުން ބުނީ، ބުޅަލަށް ފަރުވާ ދޭ ކަމަށް ބުނެ ވެޓެއް ހުޅުވައިގެން އުޅޭއިރު، އެމީހުންގެ އަތުގައި އެކަމާއި ބެހޭ އެއްވެސް ކަހަލަ ސެޓްފިކޭޓެއް ވެސް ނެތް ކަމަށާއި އެއީ އިދާރާތަކުން ހުއްދަ ނުނަގައި ކުރަމުން އަންނަ ކަމެއް ކަމަށެވެ.

މާލޭގައި ގިނަ ބަޔަކު އޮޅުކޮށްގެން ބުޅާ ގެންގުޅޭތީ އާއި ބުޅަލަށް ފަރުވާ ދެވޭނެ ވަސީލަތްތައް ގާއިމުވެފައި ނުހުންނާތީ އޮޅުވާލައިގެން މީހަކު ކުރަމުން ގެންދާ މަސައްކަތަކީ ބައެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ހޯދަން ކުރާ ކަމެއް ކަމަށް ގިނަ ބަޔަކު ވަނީ ތުހުމަތު ކޮށްފައެވެ.

މިކަމާއި ގުޅިގެން “ވަގުތު” އަށް މައުލޫމާތު ދެމުން އެތަން ހިންގާ ފަރާތުން ބުނީ، އެތަނުން ބުޅަލުގެ މާބޮޑެތި ސާޖަރީތައް ނުކުރާ ކަމަށާއި ކުދި ކުދި ހިދުމަތް ދޭ ކަމަށެވެ. އަދި އެތަނަށް ގެނައި ދެ ބުޅާ ނިޔާވެފައިވަނީ އެމީހުންގެ އަތުން ނޫން ކަމުން ބުޅަލުގެ ވެރިފަރާތަށް އެކަން އަންގާފައިވާނެ ކަމަށެވެ.

”ސަރުކާރު ކްލިނިކް އަކުން ސާޖަރީ ކުރި 2 ބުޅާ މަރުވީ” އެފަރާތުން ބުންޏެވެ.

މަކަރާއި ހީލަތުގެ މައްސަލަތައް ރާއްޖޭގައި ގިނަވެފައި ވީނަމަވެސް މީގެ ކުރިން މިފަދަ ކަމެއް ހިނގިކަން އެނގިފައެއް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ރަދީފު

    ތިވާނީ ސަރުކާރުގެ ކަމަކައް

    1
    2
  2. އިންސާފުއަރާ ހަމަކުރާނޭ ދުވަސް ކައިރިވެއްޖެ!

    ބުއްދި އާއި ބާރުދެއްވި އިންސާނާގެ ނުލަފާކަން. ކޮބާހޭ މިކަމާއިބެހޭ ސަރުކާރު އިދާރާތައް؟ އެއްވެސް ފިޔަވަޅެއް ނާޅާތޯ؟

    4
    1
  3. ކޮމެންޓު

    ވަރެއް ވެފަ މިތިބެނީ ދޮންމީހުން ކުރާ ކަމެއްވިއްޔާ ވާނެ ކުރަން. މެގޭ ބޭބީ އޯ

    6
    9
  4. ބުރުގާ

    އިންސާނުނައް ސަހަލު ބޭސްފަރުވާ ނުލިބޭ ގައުމެއްގަ، ކިހިނެތް ބުޅަލަކައް ބޭހެއް ލިބޭނީ؟؟ ކުޑަކޮއް ސިކުނޑިބޭނުން ކޮއްލިޔަސް މިވަރު އިނގޭނެ ދޯ. ފުކެއް ބޮޑުވަރު

    14
    2