ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެންބަރު އަދި ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ޖުމްހޫރީ ޕާޓީ އިން އިސްތިޢުފާ ދެއްވައިފިއެވެ.

ޖޭޕީ އިން ވަކިވެވަޑައިގަތްކަން "ވަގުތު" އަށް ޔަގީންކޮށްދެއްވާ ރިޔާޒް ވިދާޅުވީ އެ ޕާޓީ އިން ވަކިވާން ނިންމެވީ ކުރިޔަށް އޮތް ދުވަސްތަކުގައި ސިޔާސީ ޕާޓީއެއް އުފައްދައިގެން ޤައުމަށާއި ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ބޭނުން ޖެހިފައިވާތީ ކަމަށެވެ.

ރިޔާޒް ޖޭޕީ އިން ވަކިވާން ނިންމަވާފައިވާއިރު އޭނާ އަކީ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އިސްވެ އުފައްދަވާ ޕާޓީ އަށް ސޮއިކުރައްވާ މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މެމްބަރެކެވެ. މީގެ ކުރިން ނާޒިމް ވަނީ އޭނާ ޕާޓީ އެއް އުފައްދަވަނީ އެކުވެރި ބައެއް މަޖިލީހުގެ ބައެއް މެމްބަރުންނާއި އެކު ކަމަށް ވިދާޅުވެފައެވެ.

ނާޒިމް އުފައްދަވާ ޕާޓީ އާއި މަޖިލީހުގެ ބައެއް އަމިއްލަ މެމްބަރުންވެސް ގުޅިވަޑައިގަންނަވާނެ ކަމަށް ބެލެވެއެވެ.
ނާޒިމް ވިދާޅުވީ ދާދި އަވަހަށް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ޕާޓީ އުފެއްދުމަށް ހުށަހަޅުއްވާނެ ކަމަށެވެ.

ނާޒިމް ވިދާޅުވި ގޮތުގައި ޕާޓީއަށް ކިޔާނެ ނަމެއް އަދި ފާސް ނުކުރެއެވެ. އީސީއިން ބަލައިގަންނާނެ ނަމެއް ޔަގީން ކުރުމަށް ފަހު އެ ކަންކަން ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

މީގެ ކުރިން ވެސް ނާޒިމްއާއި ރިޔާޒު ގުޅިގެން ޕާޓީއެއް އުފައްދަން އުޅޭކަމުގެ އަޑުތައް ފެތުރުނު ނަމަވެސް އޭރު އެ ދެބޭފުޅުންވެސް ވަނީ އެކަން ދޮގުކުރައްވާފައެވެ.

އެ ދެ ބޭފުޅުންވެސް މަޖިލީހަށް ހޮވިވަޑައިގަތީ ޖޭޕީގެ ޓިކެޓުގައެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނެފައި ވަނީ ޕާޓީއެއް އުފެއްދޭނީ މަދުވެގެން 3،000 މެންބަރުންގެ ސޮއި އީސީއަށް ހުށަހެޅުމުން ކަމަށެވެ. އެ ހިސާބުން ޕާޓީ ރަޖިސްޓްރީ ކުރުމުގެ ޖަލްސާ ބާއްވަން އީސީއިން ހުއްދަ ދޭނެއެވެ. އެ ޖަލްސާގައި މަދުވެގެން 300 މެންބަރުން ބައިވެރިވާން ޖެހޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ބަތަލުން

  އެމްޑީޕި ކޮންޓްރޯލްކުރާ ނޮވެމްބަރ 3 ގައި ދިވެހިލޭ އޮހޮރުވި ހާއިނުންތަކެއް، ގާތިލު ބައިގަނޑެއް ވެރިކަމުގަ ހުރުމާއިއެކު އެބާގީންނާ ދެކޮޅައް އިސްސަފުގަ ނާޒިމް އާއި ރިޔާޒު އެބަބޭނުންވޭ.

  4
  6
 2. ޙަސަނު

  ޑިމޮކްރަސީ މީ ބަލާއެއް ، ޕާރޓީ ތައް ހަދައިގެން އެ ޕާރޓީ ތަކަށް ދޭނެ ފައިސާ ދައުލަތުގަ ހުރޭ ، ޢާއްމު ރައްޔިތަކަށް ރިބާ އާއި ނުލާ ދޭނެ ފައިސާ ފޮއްޗެއް ނޯވޭ

  25
 3. ލުޓޭރުންގެ ސަރުކާރު

  ކަލޭ މެން ދެން މިގައު މަށް ކޮއްދޭނެ ޙިދު މަތެނެތް..އޮތް ޙިދު މަތެއްނަ މަ އިންޑިއާށް މިގައު މުދީ ނިން މައިގެން ތިތިބީ..2018ގަ ދިވެހިންނަ އޮޅުވާލާ ދޯކާދީގެން ތިތިބީ...އަނެއްކާވެސް އޮޅުވާލަނީ ތިއީ 2023ގަ ޕޕ މ ގެ ސަރުކާރެއް އަތުވެއްޖެނަ މަ މިސަރުކާރުން ހިންގާފަހުރި ވައްކަންތަކާ މިސަރުކާރުން ހަދާފަހުރި އެގްރި މަންޓްތައް އުވާލާނެތީ އެކަ މުން ރެކެން ސޯލިހުހަދާ ޕާޓީއެއް އިންޑިއާގެ އެހީގަ..އަދި މިސަރުކާރު އަންނަން ވޯޓުން ކޮއްގަހުރި ވައްކަންވެސް ފޮރުވަން..

  12
 4. ބަކުރު

  ވޯޓުން ވަށްކަންކޮށްގެން ބައިއެޅިމީހުން ފަޅާއަރަނީތޯ ..... ދުވަސްކައިރިވާވަރަކަށް ޕާޓީ އުފަށްދާމީހުން ގިނަވާނެ އެމީހުން އެއްތަންވެ ސައްލާކުރާނެ ރަށްޔަތުންގެ ބޯކާލާނެ

 5. އިބްރާހިމް

  އިންތިހާއަށް ދޮގު ހައްދަވައި ފިތުނަ އުފައްދަވާފައިވާ ބޭފުޅެއް ރިޔާޒަކީ. ރާއްޖެއަށް ރަނގަޅު އެދޭނެކަމަށް ޤަބޫލް ނުކުރަން.